އައިސް ކުރީމްއަކީ ގިނަ ބައެއްގެ "ފޭވްރިޓް" އެވެ. އެހެންނަމަވެސް އައިސް ކުރީމް ބޯ ކޮންމެ މީހެއްގެވެސް އެއްޝަކުވާއެއް އޮވެއެވެ. އެއީ މާއަވަހަށް އައިސް ކުރީމް ދިޔާވުމެވެ.

ސައިންސްވެރިން މިވަނީ މިކަމަށް ހައްލެއް ހޯދާފައެވެ. ބީއެސްއައިއޭ ނަމަކަށް ކިޔާ ޕުރޮޓީންއެއްގެ އެހީގައި އައިސް ކުރީމް ދިޔާނުވެ ގިނަ އިރު ބެހެއްޓޭނެ ގޮތް ސައިންސްވެރިން މިވަނީ ހޯދާފައެވެ.

މި ޕުރޮޓީން ހޯދާފައިވަނީ ޔުނިވަރސިޓީ އޮފް ޑުންޑީ އަދި ޔުނިވަރސިޓީ އޮފް އެޑިންބާރގްއާއި ގުޅިގެން ކުރިޔަށް ގެންދިޔަ ދިރާސާއެއްގައެވެ. މިދިރާސާ ކުރުމަށްފަހު އެެޔުނިވަރސިޓީގެ ތަޙްލީލު ކުރާ ޓީމްއިންވަނީ ހޫނަށް "ރެސިސްޓް" ވާ ޕުރޮޓީންއެއް ހޯދާފައެވެ. އަދި މިފޮރޮޓީން އައިސް ކުރީމްގައި ބޭނުން ކުރުމުގެ ސަބަބުން ގިނަ އިރު އައިސް ކުރީމް ދިޔާނުވެ ހުރެއެވެ.

އައިސް ކުރީމް ތެރެއަށް ބީއެސްއައިއޭ އެތް ކުރުމުގެ ސަބަބުން އައިސް ކުރީމްގައި ހުންނަ ފެނާާއި ފެޓްގެ ބާވަތްތަކާއި މި ޕުރޮޓީން ގުޅި ގިނަ ވަގުތު ދިޔާނުވެ އައިސް ކުރީމް ބެހެއްޓުމަށް އެހީތެރިވެއެވެ. އަދި ބީއެސްއައިއޭ ބޭނުން ކުރުމުގެ ސަބަބުން އައިސް ކުރީމް އިތުރަށް މަޑުވެ އައިސް ކުރީމް ބުއިމަށް ފަސޭހަވެއެވެ. ނަމަވެސް ބީއެސްއައިއޭގެ ސަބަބުން އައިސްކުރީމްގެ ރަހަށް އެއްވެސް ބަދަލެއް ނާދެއެވެ.

ކިޔުންތެރިންގެ ހިޔާލު