ފޮޓޯ އިން ތިޔަ ފެންނަނީ "ސުޕާ ޓޯޓޮއިސް" ގެ ނަމުން މަޝްހޫރުވެފައިވާ ޑިއޭގޯ ނަމަކަށް ކިޔާ ކަހަނބެކެވެ. މި ކަހަނބަކީ ޖަނަވާރުތަކަށް ލޯބި ކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ކަހަނބެކެވެ. ސަބަބަކަށް ވެފައި ވަނީ އޭގެ ނަސްލު ދުނިޔެ އިން ނެތިގެން ދިއުމުގެ ބިރު އުފެދިފައި ވަނިކޮށް ޑިއޭގޯ އޭނާގެ ފަރާތުން 800 ކަހަނބު އުފަން ކޮށްދީފައި ވާތީއެވެ.

ޑިއޭގޯ މި ހުރިހައި ދުވަހު ގެންގުޅެމުން އައީ އެމެރިކާގެ ސެންޓާ ކްރޫޒް ރަށުގައެވެ. އެ ރަށުގައި ސަތޭކަ އަށް ވުރެން ގިނަ އެހެން އަންހެން ކަހަނބުތަކާއި އެކު ޑިއޭގޯ ވަނީ ޖިންސީ ގުޅުން ހިންގާފައި ކަމަށް ޑިއޭގޯ ދިރިއުޅުނު ޕާކުގެ ޑައިރެކްޓަރު ވަނީ މައުލޫމާތު ދީފައެވެ.

ނެތި ދިއުމުގެ ބިރު ހީވެފައި ވަނިކޮށް ޑިއޭގޯގެ ބުރަ މަސައްކަތުން މިހާރު އޭނާ ނިސްބަތްވާ ކަހަނބުގެ ބާވަތުގެ އަދަދު ވަނީ 5000 އާއި ގާތް ކޮށްފައެެވެ. ޑިއޭގޯ ފާހަގަ ކުރެވިފައި ވަނީ އެހެން އަންހެން ކަހަނބުތަކާއި އެކު ޖިންސީ ގުޅުން ހިންގުމަށް ލޯބި ކުރާ ޖަނަވާރެއްގެ ގޮތުގައި ކަމަށް އޭނާ ބަލަހައްޓަމުން އައި ޕާކުގެ އިސް ފަރާތްތަކުން ވަނީ ބުނެފައެވެ.

ޑިއޭގޯ އޭނާ ކުރަން އައި މަސައްކަތް ވަރަށް ފުރިހަމަ ކަމާއި އެކު ކޮށްފައި ވާއިރު، މި އަހަރުގެ މާޗް މަހުގެ ތެރޭގައި ޑިއޭގޯ އޭނާ ނިސްބަތްވާ އަސްލު ޕާކަށް ބަދަލު ކުރެވޭނެއެވެ. އެ ޕާކު ހުންނަނީ އެމެރިކާގެ އެސްޕަނޯލްގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރީތި ދިވެހިބަސް

    ޖިންސީ ގުޅުން ހިންގިކަމަށް ލިޔުމުގެ ބަދަލުގައި ޖޯޑުވި ކަމަށް ލިޔުނު ނަަމަ ތަންކޮޅެއް ރީތިވީސް ކަމުގައި ދެެކެން
    ދޫނިސޫފާސޫފި އަދި ޖަނަވާރު ޖިންސީގުޅުން ހިނގުމަށް ބައެއް ރަށްރަށުގައި "ޖޯޑުވުން" މިބަސް ބޭނުންކުރާތީ އަޑުއަހަން

    51
    2
    • އެބުނާހެން

      އަސްލުވެސް އެހެން ލިޔެފަ އޮތީމަ ވ އޯކްވަރޑް

      29
      1
  2. ާސުރެން ސުރެން

    މިކަހަނބަށްވެސް ނޯބެލް އިނާމު ދޭވާނެ

    22
    1
  3. ކަރަންޓޭ

    އިންސާނުން ވެސް ޖޯޑުވަނީ ހަމަ...