އިންސާނުންނެކޭ އެއްވަރަށް ޖަނަވާރުންވެސް ލަކްސްޒަރީ ދިރިއުޅުމަކަށް ގެނެސް އެ ފެންވަރުގެ ހިދުމަތްތަކެއް ޖަނަވާރުންނަށް ހޯދައިދޭން އިންސާނުން އަބަދުވެސް މަސައްކަތް ކުރެއެވެ. ގޭގައި ގެންގުޅޭ ބުޅަލާއި ދޭތެރޭ އެ ބަހައްޓާ އަޅާލުމާއި އޭތި ގެންގުޅޭ ގޮތާއި އެއަށް ދޭ ހިދުމަށްތަކަކީވެސް ފާހަނގަ ކޮށްލެވޭފަދަ ހިދުމަތްތަކެކެވެ. މިފަދަ ގޮތަކަށް އަދި މިއަށްވުރެ ފުރިހަމައަށް ހިދުމަތް ދެވޭގޮތަށް މިވަނީ ފަސްތަރީގެ ހޮޓަލެއް ބިނާކޮށްފައެވެ، މި ހޮޓަލުގައި ހިދުމަތް ދެނީ އަސްތަކަށެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަ އަލް ޝަގަބް ނަމަކަށް ކިޔާ ފަސްތަރީގެ ހޮޓަލަކީ އަސްތަކަށް ލަކްސަރީ ފެންވަރުގެ އެތަކެއް ޚިދުމަތެއް ލިބޭގޮތަށް ހަދާފައިވާ ބޮޑު ހޮޓަލެކެވެ. މި ހޮޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ޕޫލް ޚިދުމަތާއި ހޮޓް ޓަބް(ހޫނު ފެނުގައި ޕޫލް) ޚިދުމަތާއި ،މަސާޖް ކުރެވޭނެ ގޮތްތަކާއި، އަރާމުކޮށް ނިދާލެވޭނެ އިންތިޒާމު ހަމަޖެހިފައި ވެއެވެ. އިނގިރޭސިވިލާތުގެ ފޮޓޯގްރާފަރެއް ކަމަށްވާ ސައިމޮން އުރްވިން މި ހޮޓަލަށް ވަދެ ފޮޓޯނަގާލުމުގެ ފުރުސަތު ލިބުނު އިރު މި ހޮޓަލަކީ 700 އެއްހާ އަސް ގެންގުޅޭ ހޮޓަލެކެވެ. މިތަނުގައި އެކި އުމުރުތަކުގެ އަސްތައް އުޅޭއިރު ދުނިޔޭގެ އަހުގެ ރޭސްތަކުގައި ވާދަކުރާ ޗެމްޕިއަން އަސްތައްވެސް މިތަނުގައި ތިބެއެވެ.

ސައިމޮން އުރްވިން ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނީ ފަސްތަރީގެ ހޮޓަލުގައި ތިބި އަސްތައް އުޅެނީ ވަރަށް އިއްޒަތުގައި ކަމަށާއި އެތަނަކީ ކުޅިވަރު ކުޅުމަށްވެސް އެންމެ އެކަށީގެންވާ ތަން ކަމަށެވެ. އަދި އަސްތައް އެތަނުގައި ދިރިއުޅެނީ އެތައް މިލިއަން ޑޮލަރުގެ އަގުހުރި ހިދުމަތްތައް ލިބިހެން ކަމަށެވެ. އެ އަސްތަކުގެ ފައިގައި ލައްވާ ބޫޓުތައްވެސް ކޮންމެ 6 ހަފްތާއަކުން ބަދަލުކުރާއިރު އެ އަސްތަކަށް ކާއެއްޗިސް ގެންނަނީ އޮސްޓްރޭލިޔާއިން އިން ކަމަށް އޭނާ ބުންޏެވެ. އަދި އަސްތައް ނިދުމަށް ބޭނުންކުރާ ގޮދަޑި ގެންނަނީ ނެދަލެންޑުންކަން އޭނާ ފާހަފަ ކުރި އެވެ.

އަސްތައް ފެތަން ބޭނުންކުރާ ސުއިމިން ޕޫލް

މި ސުއިމިން ޕޫލަކީ އަސްތައް ފަތައި މަޖާކޮށްލަން ބޭނުންކުރާ ސުއިމިން ޕޫލެކެވެ.

ފޮޓޯ: ސައިމޮން އުރްމިން
ފޮޓޯ: ސައިމޮން އުރްވިން

އަސްތައް ދުވަން އޮންނަ ހުސްބިމުގެ ބޮޑުމިނުގައި ގާތްގަނޑަކަށް މިލިއަނެއްހާ ސްކުއާ މީޓާސް ހުންނާނެ އެވެ. ދުވާ ސަރަހައްދުގައި އިހުގެ އޮޓޮމަން ބިނާއެއް ހުރެއެވެ.

ފޮޓޯ: ސައިމޮން އުރްވިން

މިއީ އަލް ޝަގަބް ހޮޓަލަށް ވަންނަ ދޮރުމަށްޗެވެ. އަސްތަކަށް ހާއްސަކޮށްފައިވާ މި ހޮޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި އުމުރުން 6 އަހަރުން ފެށިގެން މަތީގެ ކުދީންނަށް އަސްދުއްވަން ދަސްކޮށްދިނުމާއި މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް މިތަނުގެ ތަންތަން ބަލާލުމަށް ހިލޭ ޓުވާއެއްވެސް ބުކް ކުރެވެއެވެ.