އުބާ ރައިޑް އިން ނެގި ދަތުރެއްގައި ދިމާވި ބިރުވެރި ކަމެއްގެ ވާހަކަ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ސޯނަމް ކަޕޫރް މި ވަނީ ހިއްސާކޮށްފައެވެ.

އޭނާ ބުނީ، ލަންޑަނުގައި އޭނާ އުބާ އެޕް މެދުވެރިކޮށް ނެގި ދަތުރުގައި ކާރު ދުއްވަން އިން މީހާ ކަންތައް ކުރިގޮތުން އޭނާ ހުރީ ބިރުން ހަލާކުވެފައި ކަމަށެވެ. އޭނާ މިހާރު ވަނީ އެ އެޕް ބޭނުންކޮށްގެން ދަތުރު ނުނެގުމަށް އެދިފައެވެ.

އުމުރުން 34 އަހަރުގެ ސޯނަމް ބުނީ، އޭނާ އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ ހަމާގައި ނޫން ކަމަށާއި،އޭނާ ދިޔައީ ހަޅޭލަަވަމުން ކަމަށެވެ. އަދި އެކަމާއި އޭނާހުރި ވަރަށް ބިރުން ކަމަށް ސޯނަމް ބުނެފައި ވެއެވެ.

ސޯނަމް ޓްވިޓާ މެދުވެެރިކޮށް އެކަން އާއްމުންގެ ސަަމާލުކަަމަށް ގެނައިިރު އިތުރަށް އޭނާ ބުނެފައި ވަނީ، އެ ޑްރައިވަރުގެ ކަންތައް ހުރިގޮތުގެ ވާހަކަ އޭނާ އެޕް މެދުވެރިކޮށް ކިޔާދިންއިރު، ޖަވާބުގައި އައީ އޮޓޯމެޓިކް ރިޕްލައިތަކެއް ކަމަށެވެ. އަދި އެ ކުންފުނިން ސިސްޓަމް އަޕްޑޭޓް ކުރުމަށްވެސް ސޯނަމް ވަނީ އެެދިފައެވެ.

އޭނާ ވަނީ އެންމެ ރައްކާތެރި ގޮތަކީ ޕަބްލިކް ޓްރާންސްޕޮޓޭޝަން ނޫނީ ކެބް ބޭނުން ކުރުން ކަމަށެވެ.

ސޯނަމްއަށް މިގޮތަށް ކަންތައް ދިމާވެފައި ވަނީ، އޭނާގެ ދެ ލަގެޖްގައި ގެއްލިގެން ބްރިޓިޝް އެއާލައިނާއި ގުޅޭ ޝަކުވާތަކެއް މީސް މީޑިއާއަށް ފެންމަތި ކުރި ފަހުންނެވެ.