ބޮލީވުޑްގެ ރާނީ ކަރީނާ ކަޕޫރް އާއި ސައިފް އަލީ ޚާން ކައިވެނިކޮށްގެން އުޅޭތާ އަހަރުތަކެއް ވެއްޖެއެވެ. ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާއިރު، މި ދެ މީހުންގެ ލޯބީގެ ނިޝާނެއްގެ ގޮތުން ފިިރިހެން ދަރިއަކުވެސް އެބަހުއްޓެވެ.

ކަރީނާ އިނދެގެން އުޅޭ ސައިފްއަކީ މުސްލިމެކެވެ. އެކަމާއި މިހާރު މީސް މީޑިޔާގައި ވަރަށް ބޮޑަށް ވާހަކަދެކެވެމުންދާއިރު، ކަރީނާ އެކަމާއި ވަރަށް ބޮޑަށް ލަދު ގަންނަން ޖެހޭކަމަށް މީސް މީޑިޔާގައި ގިނަ ބަޔަކު ދަނީ ވާހަކަދައްކަމުންނެވެ.

މިގޮތަށް ގިނަ ބަޔަކު ވާހަކަދައްކަމުން ދަނީ، އިހާނެތި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އަށް އަހަރުގެ މުސްލިމް ކުއްޖާއަށް އިންސާފް ޙޯދައިދިނުމަށް ގޮވާލާ ކަރީނާ ކުރި ޕޯސްޓަށް ފަހުއެވެ.

ކަރީނާ އެ ޕޯސްޓުގައި ލިޔުނީ، އޭނާއަކީ ހިންދޫއެއްކަމަށާއި، ނަމަވެސް އޭނާ އާސިފާއަށް އިންސާފްހޯދަން ބޭނުންވާކަމަށެވެ.

2012 ވަނަ އަހަރު ކައިވެނިކުރި މި ދެމަފިރިންނަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަމަކީވެސް މުސްލިމް ނަމެއްކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ފަހަކަށް އައިސް އިންޑިއާގައި މުސްލިމުންނަށް ފުރައްސާރަ ކުރުމާއި މުސްލިމުންނަށް އަނިޔާ ކުރުން ވަނީ އިންތިހާއަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މުސްލިމް

  މުސްލިމް ނަމެއް ކީމަ މުސްލިމަކަށް ވަންޏާ ވާންވީ..! ފޮޓޯއިންވެސް އެކަން އެބަ އެނގޭތާ..! ވަﷲ އަޢްލަމް

 2. ޣާދިރު

  އަރަބި ނަމެއް މީހާއައް ކިއުމަކުން މުސްލިމް މީހަކައް ނުވާނެ.. މުސްލިމަކައް ވާނީ 5 ވަގުތު ނަމާދު ކުރާމީހުން..

 3. ޝިން

  ސައިފުގެ ނިއްކުރީގަ އެހެރީ ތިކިޖަހާފަ. މުޙައްމަދު، ފާޠިމަތު ކިޔަސް އެއި މުސްލިމަކަށް ނުވެދާނެ

 4. އ

  ތެދުމަގު ދައްކަވަނީ މާތްﷲ. މާތްﷲ ވަނީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބައެއްގެ މައްޗަށް އިމްތިހާނެއް ކަމުގާ ލައްވަވާފަ.

 5. ނަމަނަމަ

  މުސްލިމް ފިރިހެނަކަށްވެސް ކައިވެނި ކުރެވޭނީ ފޮތުގެ އަހުލުވެރިޔަކާ، ކަރީނާ އަކީ ހިންދޫ ދީނުގެ މީހެއް!! އެއީ ފޮތުގެ އަހުލުވެރިއެއް ނޫން!! ކިހިނެއް އިނގެނީ ސައިފް އަކީވެސް މުސްލިމެއް ކަމެއް؟؟ މުސްލިމް ނަމެއް ކިޔަކަސް އަދި މުސްލިމަކަށް ނުވޭ!! އެކަން މިދިވެހި ރާއްޖެ އަށް ވިސްނާލީމަވެސް އެނގޭ!! ކިތައް ކިތައް މީހުން ދިވެހިން ތަފާތު ނަން ނަމުގަ އިސްލާމް ދީނަށް ފުރައްސާރަކޮށް އާޓިކަލް ތައް ލިޔެ ސޯޝަލްމީޑިއާގަ ޕޯސްޓު ކުރަނީި!! ދެންވެސް ކިޔަންވީ މުސްލިމުންނޭތަ؟؟؟

 6. ހަސަންބެ

  ތި ގުއިމޯޑީ އަކީ ފައްކާމުސްލިމުންނަށް އިހާނެތިކޮން ހިތާ ބޮޑު ކާފަރެއް...ތިކަލޭގެ އަވަހަށް ނެތި ކުރައްވާށި!!1

 7. ކަންޒު

  ކާކު ބުނީ އޭނަ އަކީ މުސްލިމެކޭ . އޭނަގެ ނަން މުސްލިމް ނަމެއް އަމަލްތައް ހުރީ މުޝްރިކެއްގެ އަމަލްތައް

 8. އަހަންމާ

  ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެން ވާނީ މާތް ﷲ .. އެހެންވީމަ ތި ކަހަލަ ކޮމެންޓް ނުކުރޭ... ކިހިނެތް އިގޭނީ އޭނަ ސުވަރުގެ އަށް ގޮސް އަހަރަމެން ނަރަކައަށް ނުދާނެ ކަމެއް.

 9. ކްރޯޑް

  ބޮލީވުޑްގަ ތުބި ގިނަ މުސްލިމް ނަންކިޔާ މީހުންނަކީ ﷲފިޔަވައި އަޅުކަންކުރެވޭ އެހެން ފަރާތެއްވަ ކަން ގަބޫލުކުރާމީހުން އެފަދަމީހުނަކީ މުސްލިމުންނަކަށް ނުފުދޭނެ ސައިފް ސަލްމާނު ޝާހް ފަދަ މީހުން ފައްޅިއަށްދޭ ފިލްމް ކާމިޔާބު ވުން އެދި އަޅުކަންކުރެވޭ އެހެންފަރާތެއްވާކަމަށް ގަބޫލުކުރާތީތާ ފައްޅިއަށްދަނީ