ދިވެހިންގެ ތެރޭގައި ވެބް ސީރީޒްއަކީ މަޝްހޫރު އެއްޗެކެވެ. ދިވެހިން ވެބްސީރީޒްތަކަށް ހުންނަ ފޯރިއާއެކު ދިވެހި ސިނަމާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މިދާއިރާގެ އެކި މަސައްކަތްތަކަށް ލޯބިކުރާ ފަރާތްތަކުގެ ލޯތައްވެސް މިހާރުމިވަނީ ވެބްސީރީޒް އުފެއްދުމާދިމާލަށް އަމާޒު ހިފާފައެވެ.

އެންމެ ފުރަތަމަ އުފެއްދި ދިވެހި ވެބްސީރީޒް "ހުވާ"އަށް އާންމުންގެ ބޮޑު މަގްބޫލުކަމެއް ލިބިގެންދިޔައެވެ. އެޕިސޯޑަކަށްފަހު އެޕިސޯޑަކަށް އިންތިޒާރުކުރަމުން ދިޔަ ދިވެހިންގެ އަދަދުވަނީ އިތުރުވެފައެވެ. ހުވާ ސީރީޒް އަކީ ފާތިމަތު ނުހުލާގެ ވާހަކައަށް ފައިސަލް ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒްއެކެވެ.

"ހުވާ"ގެ ފުރަތަމަ ސީޒަން

އާއިލީ ކަންތައްތަކެއްގެ މަށްޗަށް ބިނާކޮށް ފާތުމަތު ނަހުލާ ލިޔެފައިވާ މި ވާހަކަ ޔޫއްޕެ ސްކްރީނާހަމަޔަށް ގެނެސްދީފައިވާލެއް ވަރަށް ފުރިހަމައެވެ. އެގޮތުން ވަރަށް ލޯބިން ދިރިއުޅެމުން އައި އާއިލާއަކަށް ދިމާވާ ތަފާތު ގިނަ ކަންތައްތަކެއްގެ ސަބަބުން މުޅި އާއިލާތެރޭގައި ހިނގައިދާ އެތައް ހަމަނުޖެހުންތަކަކާއި މުޅިއާއިލާއިން ކުރިމަތިލަމުން އަންނަ ގޮތް ޑްރާމައި ވަރަށް ރަނގަޅަށް ގެނެސްދީފަވެއެވެ. ފުރަތަމަ ސީޒަން ނިންމާލާފައިވަނީ މި އާއިލާއަށް ދިމާވި ހުރިހާ ކަންތައްތަކެއް ހައްލުވެ މުޅި އާއިލާގެ އެންމެން ހިތް ދެމިލާ އުފާވެރި މަންޒަރަކާއެކުއެވެ.

ފުރަތަމަ ސީޒަންގައި ފެނުނު މެއިން ކާސްޓުން

ޔޫސުފް ޝަފީއު (ޔޫއްޕެ)

ޝީލާ ނަޖީބު

މުހައްމަދު ފައިސަލް

މަރިޔަމް އައްޒަ

އައިމިނަތު ރިޝްފާ

އާއި އަލީ އާޒިމް (ދޮން އައްޔަ)

އިރުފާނާ އިބްރާހީމާއި އިބްރާހީމް

އިބްރާހީމް ޖިހާދު (ޖިމީ)

އަބްދުﷲ ޝާފިއު (ފުބޫ)

އަހުމަދު އީސަ (އާނަންދު)

ރަވީ ފާރޫގު

"ހުވާ"ގެ ދެވަނަ ސީޒަން

އާރިފާ އިބްރާހީމް

ހަސަން މަނިކު (ރޯނު)

"ހުވާ"ގެ ދެވަނަ ސީޒަން

މިދިޔަ އަހަރު ގެނެސްދިން ސީރީޒްގެ ވާހަކަ ދެވަނަ ސީޒަންގައި ކުރިއަށް ދާނެގޮތަށް ބަލާއިރު މީގެ ކެރެކްޓާތައް ނިއުޅެވެމުންދާ ގޮތް ޝައުގުވެރިގޮތަކަށް ގެނެސްދެވޭނެކަމަށް ނަހުލާ ބުންޏެވެ. މި ފަހަރު ވެސް ބެލުންތެރިން ބޭނުންވާގޮތަށް ރީތި ޑައިލޮގް ތަކަކާއެކު އަސަރުން ފުރިގެންވާ ގިނަ މަންޒަރުތަކެއް ހުވާއިން ފެނިގެންދާނެއެވެ.

https://www.facebook.com/1750964688277651/posts/3545652768808825/

ހުވާގެ ފުރަތަމަ ސީޒަން ހިތްހަމަޖެހިގެން ނިންމާލިނަމަވެސް ދެވަނަ ސީޒަންގައި އަނެއްކާވެސް އިންތިޒާރުކުރަން ޖެހޭނެ ކިތައްމެ ކަމެއް ފެނިގެންދާނެކަން މި ސީޒަންގެ ޓްރެއިލަރ އާންމުކުރުމާއެކު އެގިގެން ހިގައްޖެއެވެ. މި ސީޒަންގެ ޓްރެއިލައަށް ބަލާއިރު ފައިސަލްގެ އަޑުން ގެނެސްދޭ ޑައިލޮގަށް ގިނަބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މިޑައިލޮގުގައި ފައިސަލު ބުނެއެވެ. " އެންމެންނަށް ވެސް ހީވާނެ އަހަރެމެންގެ ދިރިއުޅުމުގެ ހުރިހާ ހާސްކަމެއްް ފިލައިގެން ގޮސް އަލުން އުފާވެރި ދުވަސްތައް ފެށުނީ އޭ. އެކަމަކު ކަންވީ އެހެނެއް ނޫން. އަހަރެމެންގެ ދިރިއުޅުމުގައި ހަނގުރާމަތައް އަދި މި ފެށުނީ،"

ދެވަނަ ސީޒަންގައި އާ މޫނުތަކެއް

"ހުވާ" ގެ ދެވަނަ ސީޒަނުން އާ ކެރެކްޓާތަކެއް ވެސް ތައާރަފުވެގެންދާނެއެވެ. ވާހަކައިގެ ކުރި ފަޅާ އިތުރު ދިމާލަކަށް ވާހަކަ މިސްރާބު ޖަހާނެއެވެ. ކުރީ ސީޒަނުގައި ރަވީ ފާރޫގް ކުޅުނު ރޯލުން މި ފަހަރު ފެންނާނީ އަބްދުﷲ މުއާޒް (މުއާ) އެވެ. މީގެ އިތުރުން އަހުމަދު އަޒްމީލް (އަޒޭ) އާއި އައިމިނަތު ރަޝީދާ ވެސް އާ ސީޒަނުން ފެންނާނެ އެވެ.

"ހުވާ"ގެ ދެވަނަ ސީޒަން ދައްކަން ފައްޓާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެސޮރު

    ހުވާ ނަހުލާ ވަރެއްނެއް.

    10
    4
  2. އީސާފު

    އޭ ފިލްމީ ތަރިންނޭވެ. ތިޔަކަން ހުއްޓާލައި ރަނގަޅު ހަރުދަނާ މުސްލިމް ޖީލެއް ބިނާކުރަން އުޅެމާތޯެވެ. ބުރުގާ ނާޅައި ގައިގޯޅިވެ ފިލްމުތައް ކުޅުމަކީ މުސްލިމުންގެ ކަމެއްނޫނެވެ. ދުނިޔޭގައި އުޅޭ ކުޑަ ހިނދުކޮޅުގެ ބޭނުން ރަނގަޅަށް ހިފަމާތޯއެވެ. ކޮންމެ ތާކަށްވަދެ އޮތަސް މަރުއައިސް ބައްދަލުކުރާނެއެވެ. ލަހެއްފަހެއް ނުވާނެއެވެ. ދެންއޮތް ޙަޔާތަކީ ފިލްމެއް ކުޅުމުގެ ފުރުޞަތެއް އޮތް ޙަޔާތެއްނޫނެވެ. ބިރުވެރިކަމުން އަމިއް ޖިސްމަށްވެސް ބަލައިނުލެވޭވަރުވާނެއެވެ.

    23
    1