އާދަޔާއި ހިލާފު ކަންކަން ކުރުމުގެ ގާބިލްކަން ލިބިފައިވާ މީހުން މަދުން ނަމަވެސް ދުނިޔޭގައި އުޅެއެވެ. އެގޮތުން އިންސާނާގެ ބުއްދިއަށް ޤަބޫލު ކުރަން ދަތި ކަންކަން ކުރާ މީހުންވެސް ދުނިޔޭގައި އުޅެއެވެ. ބައެެއް ފަހަރު އެފަދަ އާދަޔާއި ހިލާފު ކަންކަން އެފަދަ މީހުންނަށް ކުރެވެނީ އެމީހުންގެ ދަސްކުރާ ހުނަރެއްގެ ސަބަބުންނެވެ. އަނެއްބައި މީހުންނަށް އާދަޔާއި ހިލާފު ކަންކަން ކުރެވެނީ އުފެދުމުގައިވެސް އެ ކަމެއް ކުރުމުގެ ޤާބިލްކަން އެމީހެއްގެ ހަށިގަނޑުގައި ހައްވާފައި ވުމުންނެވެ.

އެމެރިކާގެ ރައްޔިތެއްކަމަށްވާ ޖޭމްސް ކީތޮން އަކީ ފާހަގަކޮށްލެވޭ ފަދަ އާދަޔާ ހިލާފު ބާރެއް ލިބިފައިވާ މީހެކެވެ.

44 އަހަރުގެ ކީތޮން އަކީ އާދަޔާ ހިލާފު ހަންގަނޑެއް ލިބިފައިވާ މީހެކެވެ. އެއީ އޭނާގެ ހަންގަނޑުގައި ފަސޭހަކަމާއި އެކު ފުޅިއާއި ދަޅު ފަދަ ތަކެތި ތަތްކޮށްލެވޭތީއެވެ.

ކީތޮންއާ ބެހޭގޮތުން ޑޮކްޓަރުންނާ ހަވާލާދީ އެމެރިކާގެ މީޑިއާތަކުން ބުނެފައިވަނީ އެފަދަ ކުޅަދާނަކަމެއް އޭނާއަށް ލިބިފައިވަނީ އޭނާގެ ހަށިގަނޑަށް ލިބިފައިވާ ހޫނެއްގެ ސަބަބުން ކަމަށެވެ. އަދި އާދައިގެ މީހެއްގެ ގައިގައި ހުންނަ ހޫނުމިނައްވުރެ ކީތޮންގެ ގައިގެ ހޫނުމިން އެތައް ގުނައެއް މަތިކަމަށް ނޫސްތަކުން ބުނެފައިވެ އެވެ.

އެމެރިކާގެ ނޫސްތަކަށް މައުލޫމާތު ދެމުން ކީތޮން ބުނީ، އޭނާގެ ގައިގެ ހަންގަނޑުގައި އެއްޗެހި ތަތްލާކަން އޭނާއަށް ފާހަގަ ކުރެވުނީ އުމުރުން އެންމެ ހަތް އަހަރުގައި ކަމަށާއި އެ އުމުރުގައި އޭނާގެންގުޅުނު ކުޅޭތަކެތި އޭނާއަށް ތަތްކޮށްލެވޭތީ ކަންބޮޑުވެ ހައިރާންވި ކަމަށެވެ.

ލިބިފައިވާ އާދަޔާ ހިލާފު ހުނަރުގެ ބޭނުން މިހާރު ކީތޮން ހިފަނީ އާންދަނީ ހޯދުމަށެވެ. އެގޮތުން މަގުމަތީ ޝޯވް ތަކާއި ހަފްލާތަކުގައި ބަލަންބޭނުންވާ މީހުންނަށް ހުނަރު ދައްކައިގެން ހަފްތާއަކު، ތިން ހާސް ޑޮލަރާއި އަށްހާސް ޑޮލަރާ ދެމެދުގެ އަދަދަކަށް އާމްދަނީ ހޯދާކަމަށް އޭނާ ބުނެފައިވެ އެވެ.

ކީތޮން ވަނީ އެއްފަހަރާ އެންމެ ގިނަ ދަޅު ގައިގައި ތަތް ކޮށްގެން ދުނިޔޭގެ ރެކޯޑް ފޮތުންވެސް ޖާގަ ހޯދައިފައެވެ. އަދި މިއަދު ކީތޮން ވެގެން ގޮސްފައިވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު މީހަކަށެވެ. އަދި ލިބިފައިވާ އާދަޔާ ހިލާފު ބާރުވެގެން ދިޔައީ ކީތޮން އަަށް އާމްދަނީ ލިބުމުގެ މައި ދޮރާށްޓަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    އަށްޓަމަހެއްތާ. ހެހެހެ.

  2. ހުސޭނުބޭ

    ރޯދަމަހާ ދިމާކޮށް މީނަ ރާއްޖެ ގެންނަންވީނު! މެހި މަދުކުރަން ގެންގުޅޭ ކަރުދާސްގަނޑުގެ މަދަލުގައި ބަދިގެ ތެރޭގައި އެލުވާފައި ބާއްވަން.