މީސް މީޑިއާގައި އަނބިމީހާ ކުރާ ޕޯސްޓެއްގެ ސަބަބުން ފިރިމިހާ އަށް އޭނާގެ އަނބިމީހާ ވަރި ކުރެވިދާނެ ކަމަށް ތުރުކީގެ އަންކާރާގެ ކޯޓަކުން ނިންމައިފިއެވެ.

ފިރިހެނަކު އޭނާގެ އަނބިމީހާ ވަރި ކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ބުނެ ކޯޓަށް ހުށަހެޅި މައްސަލައެއް ނިންމަމުން ކޯޓުން ކުރި ޙުކުމުގައި ބުނެފައި ވަނީ ފޭސްބުކް ނުވަތަ ޓްވިޓާ ފަދަ މީސް މީޑިއާތަކުގައި ފިރިމީހާގެ ޙައްޤަކަށް އުނިކަން އަންނަ ގޮތައް އަނބިމީހާ ވާހަކަ ދައްކައިފިނަމަ އެއީ ވަރި ކުރެވިދާނެ އެކަށީގެންވާ ސަބަބެއް ކަމަށެވެ.

މިމައްސަލައިގައި ފިރިމީހާ ވަނީ އޭނާ އަނބިމީހާ ވަރިކުރަން ޖެހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވެސް އެދިފައެވެ. ނަމަވެސް ކޯޓުން ނިންމީ ދެމަފިރިންގެ ކައިވެނި ރޫޅުމުގައި ދެމަފިރިންގެ ވެސް ޒިންމާ އުފުލަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންކަމުން ކައިވެނި ރޫޅުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ނުޖެހޭނެ ކަމަށެވެ.

މިމައްސަލަ ފުރަތަމަ ނިންމީ އަންކާރާގެ ފެމެލީ ކޯޓުންނެވެ. އެމައްސަލަ ފިރިމިހާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވެސް ނިންމީ ފެމެލީ ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު