2016 ވަނަ އަހަރު ނެރުނު "ބާގީ" ގެ ތިން ވަނަ ބައެއް މި ފެށޭ މާޗު މަހު ނެރުމަށް ވަނީ ހަމަޖެހިފައެވެ.

ބޮލީވުޑްގެ މަޝްހޫރު ތަރި ޓައިގާ ޝުރޮފް އާއި ޝުރައްދާ ކަޕޫރާއިއެކު ފެނިގެންދާ މި ފިލްމުގެ ރަސްމީ ޓުރެއިލާ އިއްޔެ ވަނީ ދައްކާލާފައެވެ. މި ފިލްމުގެ ޑައިރެކްޓަރު އަހުމަދު ޚާން ބުނެފައިވާ ގޮތުގައި ބާގީ ގެ ފުރަތަމަ ބަޔާއި ދެވަނަ ބަޔަށް ވުރެން ތިން ވަނަ ބައިވެގެން ދާނީ ގިނަ ބަޔަކަށް ކަމުދާނެ އަދި ތަފާތު މަންޒަރުތަކެއް ދައްކުވައިދޭނެ ފިލްމަކަށެވެ.

މި ފިލްމުން ރޯނީ (ޓައިގާ) ގެ ކޮއްކޮގެ ރޯލުން ރިތޭޝް ދޭޝްމުކް (އާޔަން) ފެނިގެންދާނީ ފުލުހެއްގެ ރޯލުންއެވެ. އަދި ޓައިގާ ފެނިގެންދާނީ ސިފައިންގެ މީހެއްގެ ރޯލުންއެވެ.

މި ފިލްމުގައި ފެނިގެންދާނީ އާޔަން ސީރިޔާގެ ޓެރަރިސްޓުން ތަކެއްގެ އަތް ދަށުވާ މަންޒަރެވެ. އަދި ތައިގާ އޭނަގެ ކޮއްކޮ ސަލާމަތް ކުރަން ސީރިޔާއަށްދާ މަންޒަރެވެ.

ގިނަ ބެލުންތެރިނަށް ޓުރެއިލާއިން ކަމުދިޔަ ކަމަކަށް ފާހަގަވެފައިވަނީ ސުރައްދާގެ އެކްޓިންއެވެ. މިފިލްމުގެ އިތުރަށް ފެނިގެންދާނީ އަންކިތާ ލޮކަންޑޭ، ވިޖޭ ޝަރްމާ، އަޝުތޯޝް ރާނާ، ސަތިޝް ކޯޝިކް ގެ އިތުރުން ޗަންކީ ޕާންޑޭ ފަދަ ކުޅަދާނަ ފަންނާނުންނެވެ.

މި ފިލްމުގެ ޝޫޓުކޮއްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމަބަރު މަހު މޮރޮކޯ، އިޖިޕްޓް، ސަރްބިއާ، ތުރްކީ އަދި މުންބާއީގައެވެ. މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ މާޗު 6 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޛ

    އާޔަން އެއްނޫން . ވިކްރަމް

  2. އަޒާ

    ސުއްބޫ.. ވަންމޭން އާރމީ...؟؟؟