ޕާކިސްތާނަށް ނިސްބަތްވާ އާސިފް ރަފީގް ހީކުރީ، އޮޅުވާލައިގެން ހުރިހާކަމެއް ކުރެވިދާނެ ކަމަށެެވެ. މިފަހަރު އޭނާއަށް އެކަމެއް ނުވިއެވެ. އޭނާ ވަގަށް ކުރަން އުޅުނު ތިން ވަނަ ކައިވެނި ނުކުރެވުނެވެ. ފުރަތަމަ އަނބިމީހާއަށް އައިސް އެ ހަފްލާ ހަރާބުކޮށްލައިފިއެވެ.

ރަފީގް އާއި އޭނާގެ ފުރަތަމަ އަނބިމީހާ މަދީހާއާ ދެ މީހުން 2014 ވަނަ އަހަރު ކައިވެނި ކުރި ފަހުން، ރަފީގު އެހެން މީހަކާއި ކައިވެނި ކުރި ކަމަށް މަދީހާ ބުންޏެވެ. މަދީހާ ބުނީ، އެކަން ކުރީ، އޭނާގެ ހުއްދަ ނުހޯދައި ކަމަށެވެ.

ރަފީގް ފަހުން ކައިވެނި ކުރީ ޖިނާހް ޔުނިވާސިޓީގެ ދަރިވަރަކާއެވެ.

މަދީހާ ވަނީ، ރަފީގު ދެވަނަ ކައިވެންޏެއް ކުރިކަން ފަޅާ އަރުވާލާފައެވެ. އަދި އެކަމަށް ރަފީގު މައާފަށްވެސް އެދުނެވެ. މަދީހާ މައާފްކޮށްދިނީ، ދެވަނަ އަނބިމީހާ، އެ އަންހެން މީހާގެ މައިންބަފައިން ކައިރިއަށް ފޮނުވާލުމުން ކަމަށް ވެއެވެ.

ނިޒާމްއާބާދުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ އޮތް ރަފީގުގެ ތިން ވަނަ ކައިވެނީގެ ހަފްލާއަށް ދިޔައީ، މަދީހާ އާއި އޭނަގެ އާއިލާއެވެ. އެ ހަފްލާއަށް ގޮސް، އެމީހުން ރަފީގުއަށް އަނިޔާކޮށް އޭނާ ލައިގެން ހުރި އަންނައުނުވެސް ވީދާލިއެވެ. އެންމެ ފަހުން އޭނާ އޮރިޔާން ނިވާ ކުރަން ޖެހުނީ އެ ހަފްލާގެ މޭޒު މަތީގައި އަޅާފައިވާ ފޮތިން ކަމަށް ވެއެވެ.

އެ މައްސަލަ މިހާރު ފުލުހަށްވެސް ހުށަހަޅާފައި ވެއެވެ. ރަފީގު ބުނީ، އޭނާ ފުރަތަމަ އަނބިމީހާ ވަރިކުރިތާ ދުވަސްކޮޅެއް ވެއްޖެ ކަމަށެވެ. އަދި އެކަން ގާނޫނީގޮތުން ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މަދީހާ ބުނާގޮތުގައި، 2018 ވަނަ އަހަރު ވަގަށް ރަފީގު ދެވަނަ ކައިވެނި ކުރިއިރު، ތިން ވަަނަ ކައިވެނި ކުރަންވެސް އުޅުނީ އެހެންނެވެ.

އިސްލާމް ދީނުގައި ހަތަރު އަނބިން ހުއްދައެވެ. ނަމަވެސް އިތުރު އަންބަކު ހޮވާނަމަ، ފުރަތަމަ އަނބިމީހާގެ ހުއްދަ ހޯދަން ޕާކިސްތާންގެ ޤާނޫނު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ހުސެން

  ފުރަތަމަ އަބިމީހާ އެއްކަމަކު ﷲ ބާވާލެއްވި ގާނޫނު ބަދަލެއް ނުވާނެ އަންހެން ވެރިން ކިތަންމެ ނުރުހުނަސް ރުޅިއަޔަސް އިސްލާމް ދީނަކު ނޯވޭ ފުރަތަމަ އަބިމީހާ ގެ ހުއްދަހޯދުމެއް!!!

  74
  36
  • ކުރުނބާ

   ކަލެޔަށް ހާދަ ބޮޑަށް އިސްލާމް ދީން އެނގެޔޭދޯ. ކޮން ދީނެއްގަތަ އޮތީ އިހުސާންތެރިވާން ހެޔޮކޮށްހިތަން އޮޅުވާނުލާން ޝަހުވަތްތެެރިކަން މައިތިރިކުރަން އަނބިމީހާގެ މުދަލަށް ބަރޯސާނުވާން ހުރިހާ އަނބިދަރީންނަށް އަޅާލާން، މިއީ ހުސް ތިކަހަލަ މީހުންގައިގަ ނެތްސިފަ އެކަމަކު އަނގާފުޅާކޮށް އިސްލާމްދީނޭ ކިޔާ

   53
   10
   • ހުސެން

    އެހެންވީމަ ކުރުބަޔަށް މިރި ވެސް ނޭގުނުތާ ކުރުބަޔަކަށް ނޭގެނީތާ ފިރިމީހާ ދެވަނަ އަންބެއް ހޯދަންޏާ އަނބި މީހާގެ ހުއްދަހޯދަން ނުޖެހޭ ކަން މިމީހާގާހުރި ސިފަ ކަލެއަށް އެގެންޏާ ހަމަޔަގީނުވެސް ތިވާނެ އެންމެނަށް އެގޭ އަޖައިބަކަށް

    6
    7
  • ތެދެއް އެކަމަކު

   އިސްލާމްދީނުގައި އަނބިންގެ ހުއްދަހޯދަން ނުޖެހޭކަމަކު އޮވޭ އަދުލުވެރިވާން. ފާފަވެރިވާކަމެއް އެއީ ދެއަނބިންގެ މެދުގައި އަދުލު އިންސާފެއް ނުބާއްވައި އަނބިން ހިތުގައި ޖެހޭ ކަންތައްތައް ކުރުމަކީ. އެކަމަކު މިހާލަތުގައި އަނބިމީހާއަށް އޮތް ގޮތަކީ ކެތްތެރިވެ މާތްﷲއަށް ވަކީލުކުރުން. ފިރިމީހާ އަނބިމީހާގެ ހައްގުތަކަށް ކަމޭނުހިތާނަމަ އޮތީ ވަރިވުން.

   43
   6
   • ޢބްދުﷲ

    މިކިޔާ ނިމުނު އިރުވެސް ތިބުނާ ޢަދުލުވެރި ނުވެފަ އޮތްތަނެއް ނުފެނޭ... ކިހިނެއް ތިބާ އަށް އެކަން އެނގުނީ... މިތާނގަ ގޯހީ އަންހެން މީހާ

    4
    9
  • ހޫ

   ނިކަން އަންހެނުން ދޭބަލަ އެހެން ފިރިހެނަކާ އިންނަން ފިރިމީހާއަށް މަޑުން ހުރެވޭތޯ. ނުހުރެވޭނެ. ހަމަ އެގޮތައް އަނބިމީހާއަކަށް ވެސް ނުހުރެވޭނެ. މިކަމުން ފިތުނަވެރި ކަމާ ރުޅިވެރިކަން އުފެދޭނެތީ އަނބިމީހާގެ ހުއްދައާ ނުލައި ދެ އަންބަކަށް ނީންދެވޭނެ.

   14
   20
 2. އަލީއުޅޭގޮތް

  އަންހެނުންގެ މަކަރުވެރިކަމުގެ ވާހަކަ ގުރުއާނުގަ އެބައޮތް ވަރައްސާފުބަހުން ޔޫސުފް ސޫރަތުގަ ކޮންމެހެން ނުޖެހޭ ފުރަތަމަ އަނބިމީހާގެ ހުއްދަ ހޯދާކައް އިނދެފަ އެހެން ގެޔެއްގަ ބެހެއްޓީމަ ކިޔަމަން ތެރިކަމާއެކު ހުރުން ރަނގަޅުގޮތަކީ ނުވަތަ އެއްގެޔެއްގަ ހުރުންވެސް ރަނގަޅު އެކަކު ބަލިވީމަ އަނެއްއަނބިމީހާ ކައްކާ ދަރިންބަލާ ހަދާނީ ނަމަވެސް އަނބިންގެ ކިބުރުވެރިކަމާ ބޮޑާކަން އިންތިހާ ކިތަންމެ ފަގީރަސް އުޅެވޭނެ ނަފްސުގެ މުއްސަނދިކަން މީގައޮންނާނީ ނުޖެހޭ ގާސިމު އަނބި އައިޝާ އުޅޭހެން އުޅޭކައް އެމީހުންވެސް މަރުވީމަ ލާނީ ހަމަ ސަންދޯކައް ވީމާ ކިބުރު ވެރިކަން ދޫކޮއް 4 އަނބިން ގެނެސް ގެޔައް ވެއްދުމައް ހުރިހާ އަނބިްވެސް ފިރިމީހަޔައް ބާރު އަޅަންވީ

  3
  2
 3. އާން

  ލައްބަ ހުއްދަހޯދަން އިސްލާމް ދީނުގަ ނެތީ 2 3 4 އަނބިން ހަމަކުރަން ހުއްދައޮތީ އާންމުކޮން ތިކަމައް ވަކާލާތު ކުރާ ފިރެހެެެނުން އަނބިންނައް ދަރިންނައް ހަރަދެއްކުރަންނުޖެހޭ ބަލިވިޔަސް އޯގާތެރިވާކައް ނުޖެހޭ ނަމާދެއްވެސް ކުރަންނުޖެހޭ މަޔަކު ބަފަޔަކު ހާލު ބަލާލާނެވަގުތެއް ނުވޭ ބިޒީ ވ ވެސް ބިޒީ އަބަ ދުވެސް 4 އަނބިހަމަ ކުރަން ހިލޭއަންހެނުންނައްގުޅާ ސެޓުކުރެވޭތޯ ލާރި ފޮއްޗެއްލިބުނަސް ހިލޭއަންހެނުންނައް ނުވިތާކައް އަނބިމީހާޔައް އަނިޔާވެސް ކުރަނީ މީ އިސްލާމް ދީނުގަ ފިރެހެނުން އުޅެން އޮތްގޮތްބާ؟