އުމުރުން 77 އަހަރުގެ ފިރިހެނަކާއި، ފޭރެން އުޅުނު މީހަކާއި ކުރިމަތިލި ވީޑިއޯއެއް މިހާރު މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ސައުތް ވޭލްސް ފުލުހުން ފޭސްބުކްގައި އާއްމު ކުރި އެ ވީޑިއޯއިން ފެންނަނީ، އުމުރުން ދުވަސްވީ މީހަކު ކާރެއްގައި، އޭޓީއެމްއެއް ކައިރިއަށް، މަޑު ކުރުމަށްފަހު، އޭނާ އެ އޭޓީއެމްއިން ފައިސާ ނަގައިގެން، އެނބުރި ކާރަށް އަރަން ދިޔަގަޑީ މީހަކު އޭނާއާ ކުރިމަތިލާ ތަނެވެ.

އެ މީހާ އުޅުނީ އޭނާގެ އަތުން ފައިސާ ޖަހައިގަނެގެން ފިލާށެވެ. އެހެން ނަމަވެސް، އޭނާއަށް އެކަމެއް ނުވިއެވެ. އެއަށްވުރެ އުމުރުން ދުވަސްވީ މީހާ ހުށިޔާރެއެވެ.

ފުލުހުން ބުނީ، އުމުރުން ދުވަސްވީ މީހާ ކައިރިއަށް ފޭރެން ދިޔަ މީހާ ޑިމާންޑް ކުރަމުންދިޔައީ، ފައިސާ ދިނުމާއި، ޑެބިޓް ކާޑު ދިނުމަށް ކަމަށެވެ.

https://www.facebook.com/swpcardiff/videos/590189528496421/

ނަމަވެސް، އުމުރުން ދުވަސްވީ މީހާ އޭނާ ބޮކްސިންގ ހުނަރު، ފޭރެން އައި އެ މީހާއަށް ދައްކާލައި، އެ މީހާ ފައްސާލީ މާބޮޑު އުނދަގޫކަމެއް ނެތިއެވެ. ނަމަވެސް އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ.

އެ ސިޓީގެ ފުލުހުން ވަނީ އެއްވެސް މީހަކު، ފޭރެން އުޅުނު އެ މީހާއަކީ ކާކުކަން ދެނެގަނެވިއްޖެ ނަމަ އެކަން ފުލުހުންނަށް އެންގުމަށް އެދިފައެވެ.

ގިނަ މީހުން ދިޔައީ، އެ އުމުރުން ދުވަސްވީ މީހާގެ ހުށިޔާރުކަމުގެ ވާހަކަ ދައްކަމުންނެވެ. އަދި، އޭނާ ހުރީ ބިރުގަނެފައި ނޫން ކަމަށް އުއްމީދު ކުރާ ކަމަށްވެސް މީހުން ބުނެފައި ވެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ފިހާރައެއްގައި މަސައްކަތް ކުރަމުންދިޔަ މީހަކާއި، ވަގަކާއި ކުރިމަތި ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވިއެވެ. އެ ވީޑިއޯއިން ފެންނަނީ ބޭސްބޯލް ބެޓެއް ބޭނުން ކޮށްގެން، އެ ވަގާއި ކުރިމަތިލާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ކޮލޮނައިޒްޑް އިޔޫރަޕަކީ ފޭރުމުގެ ސަޤާފަތެއް އޮންނަ ތަނެއް ދެޓް ރަންސް އިން ދެއަރ ޑީ އެން އޭ