ޒީނަތްތެރިވުމުގައި އާންމުކޮށް ބޭނުންކުރާ އެއްޗެއްސަށް ވުރެ ސެންޓަކީ އަގުގެ ގޮތުން މަތީގައި އުޅޭ އެއްޗެކެވެ. ނަމަވެސް ސެންޓުފުޅިއެއްގެ އަގަކީ އެެއް މިލިއަން ޑޮޮލަރު (16 މިލިއަން ދިވެހި ރުފިޔާ) އޭ ބުނުމުން އެކަންވާނީ ގަބޫލު ކުރަން ދަތި ވާހަކައަށެވެ.

ނަމަވެސް ދުނިޔޭގެ އެންމެ އަގުބޮޑު ސެންޓު، ޑީކޭއެންވައި ގޯލްޑް އަކީ އެއް މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ސެންޓެކެވެ. އެ ސެންޓުގެ އަގު އެހާ ބޮޑުވަނީ އެއިން ދުވާ މީރު ވަހުންނެއް ނޫނެވެ. ނުވަތަ އެ ސެންޓު ހެދުމުގައި ބޭނުންކޮށްފައިވާ ތަކެތީގެ މޮޅުކަމަަކުންވެސް ނޫނެވެ.

ޑީކޭއެންވައި ގޯލްގް ދުނިޔޭގެ އެންމެ އަގުބޮޑު ސެންޓަށް ވަނީ އެ ސެންޓު އެޅުމަށް ހަދާފައިވާ ފުޅީގެ ސަބަބުންނެވެ. އެތަކެއް ޖަވާހިރެއްގެ އިތުރުން ރަނާއި ރިހިން ޖަރީކޮށްފައިވާ އެ ފުޅި ހެދުމަށް 14 ކެރެޓުގެ ރީނދޫ އަދި ހުދު ރަން ބޭނުންކޮށްފައިވާއި މަދުން ނޫނީ ނުފެންނަ 3000 ހެއްހާ ގައުކޮޅު ވަނީ ބޭނުންކޮށްފައެެވެ.

އަދި އެ ފުޅި ހެދުމަށް ހަތަރު ރޯސްކަޓް ޑައިމަންޑް އާއި 15 ވިވިޑް ޕިންކް ޑައިމަންޑް ބޭނުންކޮށްފައިވެއެވެ. މިހުރިހާ ޖަވާހިރެއްގެ ސަބަބުން އެ ސެންޓުފުޅީގެ އަގު އެހެން ސެންޓުތަކަށް ވުރެއް އެތަށް ގުނައެއް އުފުލިފައިވާއިރު މި ސެންޓު އާންމުކޮށް ގަނެ އުޅެނީ ޝާހީ އާއިލާތަކަށް ނިސްބަތްވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުރަބޯ

    ބޭކާރު......!!!

  2. ނައިންޓީ

    ތި ގަންނާނީ މޮޔައިން