ދެމަފިރިން އެއް ކޮޓަރިއެއްގައި، އެއް އެނދެއްގައި ނިދުން އެއީ ޒަމާނުއްސުރެ ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް މީހުން އަމަލު ކުރަމުން އަންނަ ގޮތެވެ. ނަމަވެސް ކޮންމެ ކަމެއް ވެސް ދިރާސާކޮށް، ރިޕޯޓްތައް ތައްޔާރުކުރާ މިޒަމާނުގައި މިކަން ވެސް މިއޮތީ ބަދަލު ކުރަން ޖެހިފައެވެ.
ޔުނިވަސިޓީ އޮފް ލީޑްސް އާއި ސައިލެންޓްނައިޓް އިން ކުރި ދިރާސާ އަކަށް ފަހު ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ ދެމަފިރިން ނިދަން އެންމެ ރަނގަޅީ ވަކިން، ދެކޮޓަރިއެއްގައި ކަމަށެވެ.
ދެމީހުން ދެކޮޓަރިއެއްގައި ނިދުމުން އޮންނާނެ އެންމެ ބޮޑު ފައިދާ އަކީ ކޮންމެ މީހަކަށް ވެސް ކޮޓަރީގެ ފިނިހޫނުމިން ބޭނުން ވަރެއްގައި ބެހެއްޓުމުގެ ފުރުސަތު ލިބުމާއި، ބައިވެރިޔާ ގުގުރި ދެމުން ފަދަ ކަމެއް ކޮށްގެން އުނދަގުލެއް އިހްސާސް ކުރަން ނުޖެހުމެވެ.
މީގެ އިތުރުން އެނދުން ބޭނުން ވަރެއްގެ ޖާގަައެއް ކޮންމެ މީހަކަށް ވެސް އެކަނި ނިދާނަމަ އޮންނާނެ ކަމަށް ދިރާސާ ރިޕޯޓްގައި ވެއެވެ.
ކިންގް ސައިޒް، ނުވަތަ ސްޕަ ކިންގް ސައިޒްގެ އެނދު ހުރި ނަމަވެސް ވަރަށް މަދު ދެމަފިރިއަކު ނޫނީ އެހައި ބޮޑު އެނދު ނުގަންނަ ކަމަށާއި އެހެންކަމުން އެނދުން އެކަށީގެންވާ ޖާގަައެއް ނުލިބުމަކީ ވެސް ބައެއް މީހުން ހިތުގެ އަޑިން ކުރާ ޝަކުވާއެއް ކަމަށް ދިރާސާ ރިޕޯޓްގައި ބުނެފައިވެއެވެ.
މިދިރާސާ ކުރި ސައިންސްވެރިން ބުނީ މިކަމުގައި ވެސް އެންމެ މުހިންމު ކަމަކީ ދެމަފިރިން ވާހަކަދައްކާ މަޝްވަރާ ކުރުމެވެ. ދެމަފިރިން ވަކިން ނިދަން ފެށުމުން ދެން ދިމާވާ އެހެން ކަންކަމާއި، ކުރަން ޖެހޭ އެހެން ކަންތައް ކުރާނެ ގޮތެއް މަޝްވަރާ ކޮށްގެން ހޯދަން ސައިންސްވެރިން ވަނީ ލަފާދީފައެވެ.
ބައެއް މީހުންނަށް މިއީ ޖޯކެއް ފަދަ ދިރާސާއަކަށް ވީނަމަވެސް ބައެއް މީހުން ވަަނީ މިދިރާސާ އަކީ ވަރަށް މުހިންމު ދިރާސާއެއް ކަމަށް މީސް މީޑިއާގައި ބުނެފައެވެ. ދިރާސާ އަށް ތާއިދު ކުރާ ފަރާތްތަކުން ބުނެފައި ވަނީ ނިދުމަށް މިފަދަ ބަދަލެއް ގެންނަން ޖެހިފައިވާތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށެވެ.
މިހާރު އުފެދޭ ސުވާލަކީ އެއްވެސް ދެމަފިރިއަކު މިގޮތައް އަމަލު ކޮށްފާނެ ހެއްޔެވެ؟
މިއުޅެނީ ދެމީހުން އެކީގަ ނިދާނެ ތަންކޮޅެއްވެސް ނެތިގެން
މިޙާރު އެންމެ ރަނގަޅީ ދެމީޙުން އެއްފަޙަރާ ފޮޑި ޖެނުން??
ލައްބަ އަޅުގަނޑުމެން ދެމަފިރިން ނިދަނީ އަބަދުވެސް 2 ކޮޓަރީގަ މީގެސަބަބުން ހަމަނިދިލިބުމާއިއެކު ބައްދަލުވުމަށް ވަގުތުހޯދުމާއި ދިރިއުޅުމުގެއެހެން ކަންތައްތަކާއިބެހޭގޮތުން މަޝްވަރާކުރެވޭ
އިސްލާމްދީނުގައި ނޯވޭ ދެމަފިރިން ދެކޮޓަރީގައި ނިދާށޭ.މި ޖާހިލު ބައިގަނޑު ބުނާގޮތަށް އުޅޭކަށްނޫން އަހަރެމެން މިދުނިޔޭގައި މިއުޅެނީ.
އިސްލާމްދީނުގަ ނޯވޭ ފޯނު ގެންގުޅޭކަށް ވެސް
ނުކުޅޭށޭ އޮވޭތަ
ކުޅޭށޭ އޮވޭތަ؟
މިއުޅެނީ ކުދިން ވަކިން ނިންދަވާނެ ތަނެއް ނުލިބިގެން?
މިޙާރު އެންމެ ރަނގަޅީ ދެމީޙުން އެއްފަޙަރާ ފޮޑި ޖެހުން??
ދެމަފިރިން ދެމީހުންވެސް ކައިވެނިން ބޭރުން ގުޅުންތައް ބާއްވާ ޤައުމުތަކުގައި ތިކަހަލަ ދިރާސާތައްހެދުމުން ނުކުންނާނެ ނަތީޖާއަކީ ތިއީ!
ވަރަށް ބޮޑު ތެދެއް . ހަމަ ޔަގީން ނުންވެސް ދިވެހިންގެ ތެރޭގައި ވެސް އެބަތިބި ތިފަދަ މީހުން. އަހަރެންވެސް ފިރިމީހާ އާއި ދެމީހުން 2 ރޫމްއެއްގައި ނިދާތާ 3 އަހަރު ވެއްޖެ. އެއްވެސް މައްސަލައެއް ނެތް އަދި ޖެހިފަ. ވަގުތަކީ އެއްތަނެއްގަ ނިދީމަ ލިބޭނެ އެއްޗެއްނޫން. އެންމެ މުހިންމީ އަންޑަންސްޓޭންޑން
ދެން ބުނެފާނެ މީހުންނާ އިނުމުގެވެސް އެއްވެސް ބޭނުމެއްނެތޭ. ކުރި ދިރާސާ އަކުން ދައްކައިފިޔޭ އިނދެގެން ދަރިން ހޯދީމަ އެއީ ކަހެރުވަކު ބޭރު ތޮށިގަނޑޭ. މީހުންނާ ނީންދެ ދަރިން ހޯދީމަ އެ ކުދިން މާބޮޑަށް އުފާވެ އެކުދިންގެ މައިންބަފައިންނާ އެކު މާ ގިނަ ވަގުތު މޫދު ކައިރީ ހޭދަ ކުރަން ލިބެޔޭ. ބައެއްމީހުން މިކަހަލަ ޒާތްޒާތުގެ ތާކުންތާކު ނުޖެހޭ ވާހަކަތައް ގަބޫލުކުރާތީ ހިތާމަޔަކީ!
ދެމެފިރިން އެއްކޮށް ނިދާ ލެވޭވަރު ޖާގައެއް ނުލިބޭ އިރު ކިހިނެތް ތިކަން ތިގޮތަަށް ކުރާނީ.
ލާދީނީ ދިރާސާ
ދުވަސްކޮޅެއް ފަހުން ތިޔަ ކަހަލަ ރިސާރޗެއް ހަދާފައި ބުނެފާނެ. އެއްގެއެއްގައި އުޅުމަކީވެސް ގޯހެކޭ. އުޅެންވާނީވެސް ދެގޭގައޭ.
....ދެން ބުނެފާނެ މީހުންނާ އިނުމުގެވެސް އެއްވެސް ބޭނުމެއްނެތޭ. ކުރި ދިރާސާ އަކުން ދައްކައިފިޔޭ އިނދެގެން ދަރިން ހޯދީމަ އެއީ ކަހެރުވަކު ބޭރު ތޮށިގަނޑޭ. މީހުންނާ ނީންދެ ދަރިން ހޯދީމަ އެ ކުދިން މާބޮޑަށް އުފާވެ އެކުދިންގެ މައިންބަފައިންނާ އެކު މާ ގިނަ ވަގުތު މޫދު ކައިރީ ހޭދަ ކުރަން ލިބެޔޭ. ބައެއްމީހުން މިކަހަލަ ޒާތްޒާތުގެ ތާކުންތާކު ނުޖެހޭ ވާހަކަތައް ގަބޫލުކުރާތީ ހިތާމަޔަކީ!
އަދި ބުނާނެ ދެމަފިރިން ކައްކައި ކާންވެސް ޖެހޭނީ ވަކިންނޭ އާނއެހެންޏާ ދެމީހުންދެއެއްޗެއް ކާންވެސް ބޭނުންވާ ފަހަރު ދިމާވެދާނެ، އަދި އެކަކު ކައްކާ އެއްޗެހި އަނެކަކަށް މީރުވެސް ނުވެދާނެ އެހެންވީމާ މިފަދަ ޙާލަތްތަކުގައި ދިމާވާނީ އަނބިމީހާޔާހުރެ ފިރިމީހާއަށް މީރުކޮށް ނުކެވި އަދި ފިރިމީހާޔާހުރެ އަނބިމީހާއަށް މީރުކޮށް ނުކެވި ހުރުންފަދަ ކަންކަމާހެދި ދެމަފިރިން ވަކިންކައްކަންޖެހޭނީ
އާ ވާހަކައެއް ނޫން. ފުދިގެބް އުޅޭ މީހުންނައް ކޮއްމެ މީހަކައް ވަކި ކޮޓަރި ހުރޭ
އެންމެ ރަނގަޅު ގޮތަކީ ދެމީހުން ދެ ގައުމެއްގައި ނިދުން. އޭރުން މަޝްވަރާވެސް މާގަދައައް ކުރެވޭނެ.
އެމީހަކުބޭނުންތާކު ނިދަން ވީނު. ރުއްމަގު އަޅޯވަށީގައިވެސް ބައެއް މީހުންނިދާ.
???
މިއުޅެނީ ނިދާނެ އެނދެއްވަރުގެ ތަންކޮޅެއްވެސް ނުލިބިގެން
ތިޔަ ދިރާސާ ކުރި ސަިއންސް ވެރިންނަކީ ވަގު ބިޓު ގެންގުޅޭ ބައެއް... މިދިރާސާގެ ބޭނުމަކީ ޢާއިލާތައް ރޫޅާލުން....
ކޮބާ ބުއްޅަބޭ
މިފަދަ ދިރާސާގެ ބޭނުމަކީ ވަގުރުކު އަޅަށް ދިއުން.
ކައިވެނިނުކޮށް އުޅެންވީ އޭރުން ތިހުރިހާކަމެއްކުރާކަށް ނުޖެހޭނެ.
ޢަޅުގަނޑު އަބަދުވެސް ނިދަނީ އަނހެނުންނާ ވަކިން. ދިރާސާ ކުރުމުގެ މާ ކުރިންވެސް. ދަރިފުޅުމެނަށްވެސް މިކަން އެނގޭނެ. މަންމަ ކޮޓަރި ބައްޕަ ކޮޓަރި ވަކިވާނެ.
އެހެންވީމާ ކަލޭ މީހަކާއިންއިރުވެސް ތަންދޮރު އޮޅޅުންފިލާވަރުގެ ދަރިންވެސް ކަލޭގެ ތިބީދޯ
ތިކަމަށް ތާއީދު
އޭރުންތާ އެހެންމީހުންނާ ގުޅުން ހިންގަން ފަސޭހަވާނީ.. އެގަމާރުތަކަށް ނޭނގުނުތަ އެއްކޮޓަރީގަ 2އެނދު ބެހެއްޓޭކަމެއް.. މީ ލާދީނީ ދިރާސާ..އަޅުގަނޑުގެ ދިރާސާއިންދައްކައިފި ވަގު އަނބިން ވަގުފިރިން ގެންގުޅުމުން ދިރިއުޅުން އުޖާލާވެ މީހާ މުސްކުޅިނުވާކަމަށް.. ވަރަށް ސަލާމް އެބައިގަނޑަށް.
ތިޔައީ ރަނގަޅުގޮތެއްކަމަށް ފެނެޭ، ސަބަބު ވެސް ރަހގަޅު .ކޮޓަރީގެ ފިނި ހޫނުމިން ފަންކަ އެއާކޯނު ވެސް ކޮންމެ މީހަކީ ތަފާތު މިންވަރެއް ބޭނުންވާނެ މީހެއް .އޭގެ އިތުރުން ނިދީގަ ގުގުރި ދަމާ ގިނަބަޔކު ދުނިޔޭގަ އެބަތިބި . ނިދާފަ އޮންނަ މީހައަށް އޭނާ ގުގުރި ދަމާ އަޑު ނީވުނަސް އޭގެ އުނދަގޫ އެމިހާ އަށް އިހްސާސް ނުވިޔަސް ބައިވެރިޔަ އަށާ އެ ނޫންމީހުނަށް ގުގުރީގެ އުދަގޫ ފޯރައިގެން ނިދަން އުނދަގޫ ވާލެއް މަދެއްނޫން. ހުރިހާގޮތަކުން ވެވޭ ހައްލެއްގެ ގޮތުގާ ފެމެލި ރޫމްގެ ދެކޮޓަރި އެއި ދެމަފިރިންނަށް ލިބިގެންދާނެ ރަނގަޅު ހައްލެއްކަމަށް ދެކެން.