ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހު ނެރުނު އަމުރަށް ޖޯކް ޖަހާ ކަން ދޭހަވާ ގޮތައް ފޭސްބުކްގައި ޒުވާނުންތަކެއް އާންމު ކުރި ވީޑިއޯ އަކަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ.

ހުވަދޫ ޒުވާނުންތަކެއް ތައްޔާރުކޮށް ހުވަދޫ ބަހުން ވާހަކަ ދައްކާ މަންޒަރު ފެންނަ ވީޑިއޯ ގައި ފުރަތަމަ ފެންނަނީ "ޙުކުމް އިއްވާތަނެވެ." މިވީޑިއޯ ތައްޔާރުކޮށްފައި ވަނީ "ސްޓޫޑިއޯ 33" އިންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި "ހައުސް ކޯޓުން" ޙުކުމް އިއްވަނީ "ދެފަނޑިޔާރުންނެވެ." އެ ޙުކުމުގައި ވަނީ ހަތް އަހަރުގެ ކުރިން ކޮށްފައިވާ ޙުކުމެއް ބާތިލްކޮށް އަދި ޙުކުމާއި ހިލާފު ނުވުމަށް ވެސް އަމުރު ކޮށްފައެވެ.

ޙުކުމުގެ ސަބަބުން ގިނަ ބަޔަކު "މުޒާހަރާ" ކުރާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ. އަދި "ސަރުކާރުން" ޙުކުމަށް ތަބާވާނެ ކަމަށް ވެސް ވީޑިއޯގައި ސަރުކާރު ތަމްސީލް ކުރައްވާ ބޭފުޅާ ވިދާޅުވެއެވެ.

އޭގެ ފަހުން "ދެފަނޑިޔާރުން ޕާޓީ ކުރައްވަން" ތިއްބަވާ ތަނާއި ލިބުނު ފައިސާ ރައްކާ ކުރި ތަނަކާއި ބެހޭ ގޮތުން ވާހަކަދައްކަވާ މަންޒަރު ވެސް ފެނެއެވެ. އެއްބޭފުޅަކު ވިދާޅުވަނީ ފައިސާތައް ރައްކާ ކުރީ ގޮދަޑި ދަށުގައި ކަމަށެވެ. ނަމަވެސް "އިސް ފަނޑިޔާރު" ވިދާޅުވަނީ އެއީ ފައިސާ ރައްކާ ކުރަން ރަނގަޅު ތަނެއް ނޫން ކަމަށާއި ފައިސާ ރައްކާ ކުރަން ޖެހޭނީ ރުނބައެއްގައި ކަމަށެވެ.

މިބަހުސްގައި "ދެފަނޑިޔާރުން" ތިއްބަވަނިކޮށް "ފުލުހުން" އައިސް ދެބޭފުޅުން ހައްޔަރު ކުރެއެވެ. ކޮންމެ ފުލުހަކަށް ވެސް ފަޅުރަށެއް ދޭނެ ކަމަށް ފަނޑިޔާރު ވިދާޅުވަމުން ގެންދަވަނިކޮށް އޭނާ ހައްޔަރުކޮށްގެން ގެންދެއެވެ.

މިވީޑިއޯ މިހާރު ވަނީ ދިހަ ވަރަކަށް ހާސް މީހުން ބަލާފައެވެ. ވީޑިއޯ އާންމު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.

https://www.facebook.com/Studio33Thinadhoo/videos/1747189415302856/?_rdc=1&_rdr

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޚޖސ

    ތީ އިދިކޮޅުން ކުރި ކަމެއްނަމަ ތިކަން ކުރިބަޔަކު ތިބޭނީ ޖަލުގަ. އިންސާފުގެ ކަންފުޅެއްވެސް އޮތް ގައުމެއް ނޫން ދިވެހިރާއްނެ އަކީ

    • އިންމަބެ

      އިދިކޮޅުން ބޯކޮއް އެބަހުރި އެއްޗެހި ނެރިފަ.. ކަލޭމެނަށް އެއްޗެއް ބުނަން ކެރޭނީ މަކަމައް އެކަނި.. ކިތަންމެ ނުބައި ކަމެއް އަންނިބޭ ކުރިޔަސް އެއީ އަލިފެއް، އަދި އެބައިންގަނޑު ކުރިއަސް އެއީ ހަމަ އެއްވަނައިގެ ކަމެއް.

  2. ޢާދަންބެ

    . މިގައުމުގަ ކަންކަންހިނގަމުންދަނީ ތިކަަހަލަ ޖޯކު ގޮތަކަށް ކަން ތި ވީޑިއޯއިންވެސް ހާމަ ވެގެން ތިދަނީ ތިކަަހަލަ ކިތައްމެ ވީޑިއޯއެތް މި ގައުމުގަ ކަންކަން ހިނގަމުން ދާ ގޮތަށް ކުޅެވިދާނެ

  3. ދަނޑިމަގޫސަރުކާރު

    އުއްމީދަކީ ތިޔަ ދެ ޚާއިނުންނާއި ތިޔަކަމުގަ ބައިވެރިވީ އެންމެން މި ޤައުމުގެ އެންމެ މަތީ ކޯޓުގެ ޙުރުމަތް ކެނޑީތީ ޖަލަށްލުން. ވ ސަލާން

  4. އަހްމަދު

    މީ ދުނިޔެއޭ އިންސާފެއް ނޯންނާނެތީ ދޯ އިންސާފުގެ ދުވަހެއް އެކަލާނގެ ލެއްވެވީ.އެހެން ނޫންނަމަ ކީއްކުރާ ނަރަކައެއް. ނަރައަށް ދާނެ މީހަކު ނެތިއްޔާ

  5. .ސިޔާސީ

    .ކަންކަން މާސިޔާސަ ކުރާނެ ކަމެއް ނެތް. ތިޔައީ މާފުންކޮށް ވިސްނާން ޖެހޭ ކަމެއް.

  6. ވަާވް

    ސަޅި ވީޑިއޯއެއް!

  7. ހަހަހަހަހަހހަހ

    މަ ވާ ހަލާކު ވެއްޣެ ހީހީ

  8. ާނައްތު

    އެއީ ކޮމެޑީ ފިލްމު ހަދާ ބައެއް.އެކުދިންގެ މަސައްކަތަށް ހަމަސާބަސް