އިނގިރޭސިވިލާތުގެ ސްކޫލަކަށް އެއްމާބަނޑު 18 ކުދިން ވައްދައިގެން އެ ކުދިިންގެ ވާހަކަތައް މިހާރު ނޫސްތަކުން އަންނަނީ ދައްކަމުންނެވެ.

ގްރޭޓާ މެންޗެސްޓަރގެ ސްޓޮކްޕޯޓް ވިލޭޖުގައި ހުންނަ މި ސްކޫލްގެ ސްޓާފުންވެސް އެކަމާއި ތިބީ ހައިރާންވެފައެވެ. އެ މީހުންނަށް ހައިރާންކަން ލިބުނީ އެ ސްކޫލަށް އެއްގަޑިއެއްގައި އެއްމާބާނޑު 12 ކުދިން ކިޔަވަންދާއިރު، ފަހުން އިތުރު އެއްމަބަނޑު ހަ ކުދިން އެ ސްކޫލަށް ވެއްދުމުންނެވެ.

އެ ސްކޫލްގައި މިހާރު އެއް ވައްތަރު ނުޖަހާ އެއްމާބަނޑު 16 ކުދިން ތިބޭއިރު، އެއް ވައްތަރު ޖަހާ ތިބެނީ ދެ ކުއްޖެކެވެ.

އެ ސްކޫލްގެ މުވައްޒަފުން ބުނާގޮތުގައި، މިއީ އިނގިރޭސިވިލާތުގައި ތުއްތު ކުދިންގެ ސްކޫލަކަށް މިހާ ގިނަ އެއްމާބަނޑު ކުދިން ކިޔަވަން ދާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މިއީ ރެކޯޑެކެވެ.

އެ ކުދިންނަށް ކިޔަވާ ދިނުމަށް ކޮންމެ އެއްބަނޑު ދެ ކުއްޖަކަށް މުވައްޒަފަކު ހަމަޖައްސާފައި ވެއެވެ. އޭގެ ތެރެއިން ދެ ކުއްޖަކު ފިޔަވާ ހުރިހާ ކުދިން ވަކިކުރަން އިނގޭތީ އެކުދިންގެ ޔުނީފޯމްގައި ނަން ކާޑެއް ތަތް ކުރަން ނުޖެހޭ ކަމަށް ސްކޫލުން ބުނެއެވެ.

މީގެ ކުރިންވެސް އެ ސްކޫލަށް އެއްމާބަނޑު ކުދިން ވައްދާފައި ވެއެވެ. ނަމަވެސް މިއީ މިހާ ގިނަ އަދަދެއްގެ ކުރިން އެެއްފަހަރާ އެސްކޫލުން ކިޔަވަމުންދާ ފުރަަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    އިންޑިޔާގެ އަވަށެއް އޮންނާނެ އެތަނު ސްކޫލްގައި ތިއަށްވުރެ އެއްމާބަނޑު ކުދިން ގިނަ ސްކޫލެއް އެތާ ހުރޭ! އެ އަވަށުގެ މެޖޯރިޓީއަކީވެސް މުސްލިމުން! މިހާރު އެ އަވަށުގެ ނަން ހަދާނެއް ނެތް!

    11
    3