"ވަކިން ލޯބިންގެ" އައްޑޫ ޕްރިމިޔާ އަށް އެ ފިލްމްގެ ލީޑް ތަރިން ކަމުގައިވާ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އައްޑޫ ސިޓީ އަށް ދިޔުމަށް ހަމަ ޖެހިއްޖެއެވެ.

މާލޭގައި މިއަންނަ މާޗް މަހު 5 ގައި ޕްރިމިއަރ ކުރާ މި ފިލްމް އައްޑޫގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ މާޗް 8 ގައި މަރަދޫ ބޮޑޮގޭގައެވެ. އަދި މާޗް 9 ގައި މީދޫގައި ޕްރިމިއަކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

https://www.facebook.com/mogerdre/posts/1960963520598467

މި ފިލްމްގެ އައްޑޫ ޕްރިމިއާގައި މަޖޫ އާއި ޖުމައްޔިލްގެ އިތުރުން ފިލްމްގެ ޑައިރެކްޓަރ އަލީ ޝިފާއުވެސް ބައިވެރިވާނެއެވެ. އަދި ޕްރިމިއާ ނައިޓްގައި އެ ފަންނާނުން ނާއި އެކީގައި ސެލްފީ ނެގުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.

"ވަކިން ލޯބިން"ގެ ހަތަރު ޝޯއެއް އައްޑޫގައި ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މަރަދޫގައި ޖުމްލަ 3 ޝޯ އާއި މީދޫގައި އެއް ޝޯ އެވެ. މި ފިލްމްގެ ޓިކެޓް މިހާރު އައްޑުގައި ވަނީ ވިއްކަން ފަށާފައެވެ.

"ވަކިން ލޯބިން" ކުޅުދުއްފުށީގައި މާޗް 6 ވަނަ ދުވަހު ޕްރިމިއާ ކުރާއިރު އެރަށަށްވެސް މަޖޫ އަދި ޖުމައިލް ދިޔުމަށްވަނީ ހަމަޖެހިފައެވެ. އަދި ކުޅުދުއްފުށީގައިވެސް އެފަންނާނުންނާއި އެކު ސެލްފީ ނެގުމުގެ ފުރުސަތު ލިބޭނެކަމަށް މައުލޫމާތު ލިބެއެވެ.

މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު ޕްރޮޑިއުސްކޮށްފައިވާ "ވަކިން ލޯބިން"ގެ ޓިކެޓް މިހާރު އޮލިމްޕަހުން ވިއްކަމުންދާއިރު، ފިލްމަށް އޮތް ތަރުހީބު ވަރަށް ބޮޑުކަމަށް މައުލޫމާތު ލިބެއެވެ.

މިއީ އާއިލާ ތެރޭ ހިނގާ އެކިއެކި ކަންތަށްތައް ދައްކުވައިދޭ ދިވެހިންނަށް ކަމުދާނެހެން އުފައްދާފައިވާ ފިލްމެކެވެ.