މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެކްޓިން އަށް ނުކުތް ފުރަތަމަ ފިލްމް "ބީވީމާ"ގެ ޓީޒާ ދައްކާލައިފިއެވެ.

ޑާކްރެއިން އެންޓަޓޭންމެންޓްސްގެ ފިލްމް "ބީވީމާ"ގެ ޓީޒާ ދައްކާލިއިރު ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ނިންމާފައެވެ. މި ފިލްމުގެ ޓީޒާއިން ފެށިގެން އަންނަނީ "ފޮގޮޓް މީ ނޮޓް ރާނިޔާ" މިހެން ޔުނީފޯމެއްގައި ލިޔަނިކޮށެވެ. ޓީޒާ އިން ވަނީ ދެ ދުވަސްވަރެއްގެ މަންޒަރުތައް ރީތިކޮށް ދައްކާލަދީފައެވެ.

މި ފިލްމް ލިޔެ ޑައިރެކްޓް ކޮށްފައިވަނީ އަހްމަދް ޒަރީރް އެވެ. މި ފިލްމުގައި މަޝްހޫރު ތަރިން ކަމަށްވާ އައިމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ)، އަލީ ޝަޒްލީމް އަދި އައިޝަތު ޔާދާ ފެނިގެންދެއެވެ.

މީގެއިތުރުން، ކާސްޓުންގެ ތެރޭގައި ދެން ހިމެނެނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފުވާ އަދި މޯލްޑިވިއަން އައިޑިލް އިން ވިދާލި އަމާން އާއި ޒަކިއްޓެގެ ކޮއްކޮ އާދަމް ޒިދާން (ނާނަ) އެވެ. މީގެއިތުރުން ވެސް ބީވީމާއިން ފިލްމީ ދާއިރާއަށް އާ އެތައް މޫނެއް ފެނިގެންދާނެއެވެ.

"ލީނާ" އާއި "އަނދިރިކަން" ފަދަ ފިލްމުތަކުގެ ސްކްރީންޕްލޭ ލިޔުނު ޒަރީރު ޑައިރެކްޓްކުރާ "ބީވީމާ" އަކީ އޭނާ ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަހުމަދު

    އަޝްފާގެ ފުރަތަމަ ފިލްމް ބަލާލަން އިންތިޒާރުގައި.

    3
    13
  2. ބީވީމާ

    މިއީ ސައުތު އިންޑިއަން ފިލްމެއްކަމަށްވާ 96 ގެ ކޮޕީއެއް.ދިވެހި ފިލްމް އިންޑަސްޓްރީގެ މީހުންނަށް އިނގޭނީ އަބަދުވެސް ކޮޕީ ކުރަން

    6
    1
    • އަލީ

      ސައުތު އިންޑިއާގެ ފިލްމްތައް ކޮޕީ ކުރޭ ބޮލީވުޑުންވެސް، ދެން ކޮބާ މައްސަލައަކީ؟

  3. މަޖީދާ

    ބުރުގާ ކޮބާ ؟

    • ހަސަން

      ބުރުގާ ބޭލިތާ ކިތަންމެ ދުވަހެއް

  4. ބޮކަރު

    މަހުސަރު ކުރެއްވޭނެ ކަން ވުސްނުމު ގަ ނެތްނަމަ ކޮންމެ ކަމެއް ވެސް ކޮށްފާނެ

  5. ހައްޖަ

    އަޝްފާ އެވަނީ ސްޕޮއިލްވެފަ. ކުރިން ހުރީ ބުރުގާވެސް އަޅައިގެން. ބުރުގާ ބޭލުމަކުން ދެން އިތުރަށް ޒުވާނެއް ނުވާނެ. އެ ދުވަސް މާޒީވެއްޖެ. ދެން ދުވަހެއް ދުވަހަކަށް ދާނީ މުސްކުޅިވަމުން ރޫ ގިނަވަމުން ކައްވަޅާ ދިމާލަށް. ކައިވެނި ރޫޅި ދުވަސް ގޮއްސައި. އަހަރުން ތި އަށްފާ ފިލްމެއް ނުބަލާނަަށް