ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭ އޮންލައިން" އިން ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ބަނޑު ހިންދުމަށް ޚާއްސަ "ލޭންސްލޭ ސްލިމިންގް ކޮފީ" އަކީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންގެ އިތުބާރާއި ޔަޤީންކަން ހޯދާފައިވާ މޮޅު ކޮފީއެކެވެ.

"ލިބޭ" އިން ބުނެފައިވާ ގޮތުގައި ހަށިގަނޑުގެ ބައްޓަން ރީތިކޮށްދިނުމާއި އެކު މަދު ދުވަސްކޮޅެއްގެ ތެރޭގައި ބަނޑު ހިންދާލުމަށް އެހީވެދޭ މި ކޮފީ ބޭނުންކުރާ ގިނަ ފަރާތްތަކުން މިހާތަނަށް، ކޮފީ ބުއިމުން އަންނަ ހެޔޮ ބަދަލާއި އެފަރާތްތަކުގެ ތަޖުރިބާ ވަނީ އެފަރާތާއި ޙިއްސާ ކޮށްފައެވެ. އެގޮތުން މިއީވެސް ލޭންސްލޭ ކޮފީ ތަޖުރިބާކޮށްފައިވާ ފަރާތެއްގެ ވާހަކައެވެ.

އުމުރުން 25 އަހަރުގެ ނަޒާހަތު ބުނިގޮތުގައި އޭނާ ލޭންސްލޭ ކޮފީ ބޭނުންކުރަން ފެށީ، ޑައެޓް ކުރުމާއި ކެއުމަށް އެނޫންވެސް މިންގަނޑުތައް ކަނޑައަޅައި ކެއުން "ލިމިޓް" ކުރުން ފަދަ އެތައް މަސައްކަތެއް ކޮށްގެންވެސް އެދެވޭ ބަދަލެއް ނައިސް އެތައް ދުވަހެއް ވެފައި ވަނިކޮށެވެ. ނަމަވެސް ލޭންސްލޭ ކޮފީ ބޭނުންކުރަން ފެށިތާ ގިނަ ދުވަސްތަކެއް ނުވަނީސް އޭގެ ފައިދާ ފެންނަން ފަށާފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެންމެ ފުރަތަމަ މި ކޮފީ ބޭނުންކުރަން ފެށީ، ގިނަ ބަޔަކު މި ކޮފީ ބޮއެގެން އެދެވޭ ނަތީޖާ ފެންނަ ކަމަށް ބުނުމުން ޓެސްޓަކަށް. އެކަމަކު މި ކޮފީ ބޭނުންކުރަން ފެށުމާއެކު އަހަންނަށްވެސް ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތައް ސާފުވި. މި ކޮފީއަކީ އިތުބާރު މޮޅު ކޮފީއެއްކަން އަހަންނަށް ޔަޤީން ކުރެވުނު ހިސާބަކީ އެއީ." ނަޒާހަތު ކިޔައިދިނެވެ.

މީގެ އިތުރުން އޭނާ ބުނެފައިވަނީ، ލޭންސްލޭ ކޮފީ ބޭނުންކުރަން ފެށުމުން އޭނާގެ ހަންގަނޑަށްވެސް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމަށާއި، ހަންގަނޑު ހަލާކުވެފައިވާ ބައިތަކަށް ފަރުވާލިބި އެކީހެން ރަނގަޅު ވެފައިވާ ކަމަށެވެ. ޚާއްސަކޮށް މި ކޮފީ ބުއިމުގެ ސަބަބުން އޭނާގެ މޫނުގެ ހަންގަނޑު ރީތިވެގެންދިޔަކަން ފާހަގަވިކަމަށް ނަޒާހަތު ބުންޏެވެ.

"ބަރުދަން ލުއިވުމަށްވުރެ އަހަންނަށް ލޭންސްލޭ ކޮފީ ޚާއްސަވީ، މޫނުގެ ހަންގަނޑަށް އައި ބަދަލުން. ކުރިން އެކި ގޮތްގޮތުން މަސައްކަތް ކޮށްގެންވެސް މޫނުގެ ހަންގަނޑު ރީތިކުރަން ކުރި މަސައްކަތް ވީ ބޭކާރު. އެހެންވެ އަހަންނަށް އެނގޭ އެބަދަލު ގެނެވުނީ މި ކޮފީންކަން،" ނަޒާހަތު ބުންޏެވެ.

ނަޒާހަތު ބުނެފައިވާ ގޮތުގައި، އޭނާ ލޭންސްލޭ ކޮފީ ބޭނުންކުރަން ފެށިތާ އަދި ވާނީ މަހެއްހައި ދުވަހެވެ. މި ދުވަސްކޮޅުގެ ތެރޭގައި ހީނުކުރާފަދަ ހެޔޮ ބަދަލެއް ހަށިގަނޑަށް އައިސް ބަރުދަން ލުއިވެފައިވާކަމަށް އޭނާ ބުންޏެވެ. ނަޒާހަތު ބުނިގޮތުގައި އޭނާ ލޭންސްލޭ ކޮފީ ބޯން ފެށިއިރު ބަރުދަން ހުރީ 84 ކިލޯގައި ކަމަށެވެ. ނަމަވެސް އެއްމަސް ދުވަސްތެރޭ 8 ކިލޯ ލުއިވެ، މިހާރު ހުރީ 76 ކިލޯ ކަމަށް އޭނާ ބުންޏެވެ.

ނަޒާހަތު ބުނެފައިވަނީ، އޭނާ އަށް މި ބަދަލުތައް ގެނެވުނީ ލޭންސްލޭ ކޮފީ ބުއިމާއެކު ސިއްހަތާއި މެދު ވަރަށް ބޮޑަށް ސަމާލުވެގެން ކަމަށެވެ. އެގޮތުން ލޭންސްލޭ ކޮފީގެ އެހީގައި ފަސޭހަ ކަމާއެކު ކެއުން މަދުކޮށް "ލިމިޓް" ކުރެވުނުއިރު، އާދަކޮށް ކަސްރަތު ކުރުމަކީވެސް އޭނާގެ ހަށިގަނޑަށް ބަދަލު އައުމުގެ ސަބަބެއް ކަމަށެވެ. ނަޒާހަތު ވަނީ މި ބަދަލު ގެނައުމަށް ލޭންސްލޭ ކޮފީ ބުއިމާއި އެކު ޤަވާއިދުން ޖިމަށްވެސް ދާން އާދަކޮށްފައެވެ.

ނަޒާހަތު ކުރިން ނަގާފައިވާ ދެ ފޮޓޯ (ކ) އާއި ފަހުން ނަގާފައިވާ ފޮޓޯ އެއް (ވ)

ލޭންސްލޭ ސްލިމިންގް ކޮފީ އަކީ ބަނޑު ހިންދާލައި ޒުވާންކަން ދެމެހެއްޓުމުގެ އިތުރުންވެސް އިތުރު އެތައް ބޭނުމެއް ހިފޭގޮތަށް ތައްޔާރުކޮށްފައިވާ އިތުބާރުހުރި ކޮފީއެކެވެ. އެގޮތުން މީހާ އިތުރަށް "ފިޓް" ކޮށްލާ ހަށިގަނޑުގައި ހަކަތަ އިތުރު ކޮށްދިނުމުގައިވެސް މި ކޮފީގައި ހިމެނޭ ބައިތައް މުޙިންމު ރޯލެއް އަދާކުރެއެވެ.

"ލިބޭ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ. އެ ފަރާތުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށްވެސް މި ޕްރޮޑަކްޓު ފަސޭހަކަމާއި އެކު ފޯރުކޮށްދެމުންނެވެ.

"ލިބޭ" އިން ލޭންސްލޭ ކޮފީ އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ނަމްބަރު 9759452 އަށް ގުޅައިގެން ނުވަތަ ފޭސްބުކް ޕޭޖަށް މެސެޖުކޮށްގެން އޮތް އިރު، އެފަރާތުން އަންނަނީ ހޯލްސޭލް އަދި ރީޓެއިލްކޮށްވެސް މި ޕްރޮޑަކްޓު ވިއްކަމުންނެވެ.