ޖަރުމަންވިލާތުގެ ރައްޔިތަކު އޭނާގެ ލޯބިވެރިޔާއާއި ބްރޭކްއަޕްވުމަށް ފުލުހުންގެ ފަރާތުން އެހީއަށް އެދެފިއެވެ.

ޖަރުމަންވިލާތުގެ ރައިންލޭންޑް ނަމަކަށްކިޔާ ސަރަހައްދެއްގައި ދިރިއުޅެމުންދިޔަ އެ 34 އަހަރުގެ މީހާ ވަނީ އެންމެ ފުރަތަމަ އެކަމުގައި ފުލުހުންނަށް ގުޅުމަށްފަހު މައުލޫމާތު ދިނުމަށް ދެކޮޅު ހަދައިފައެވެ. އެހެންނަމަވެވެސް އެންމެ ފަހުން ޑިއުޓީގައި އިން އަންހެން އޮފިސަރަށް މައުލޫމާތު ކިޔައިދެމުން އެމީހާ ވަނީ އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ އެއްވެސް ގޮތަކަށް ނޭނގޭކަމަށާއި އަދި އޭނާއާއިއެކު ބްރޭކްއަޕް ވާން ބޭނުންވާކަމަށްވެސް ކިޔައިދީފައެވެ.

އެހެންނަމަވެސް އެކަންކުރުމަށް އޭނާ ހާސްވެ ބިރުގަންނަކަމަށް އެމީހާ ކިޔައިދިންއިރު އޭނާ ވަނީ ޑިއުޓީގައި އިން އޮފިސަރުގެ ކިބައިން އެކަން ކޮށްދިނުމަށް އެދި އެހީއަށް އެދިފައެވެ. ޑިއުޓީގައި އިން އޮފިސަރު އޭނާގެ ހައިރާންކަން ފޮރުވުމަށްފަހު އެމީހާއާއި ހަމަޖެހިގެން ވާހަކަދެއްކިއިރު އޭނާ ވަނީ އެމީހާއަށް ދިގު މުއްދަތަކަށް އެކުގައި އުޅެމުން އައި ދެމީހަކު ދުރުވުމަށް ކުރެވިދާނެ އެތައް ކަމެއް ކިޔައިދީފައެވެ.

އަދި ސީދާ ސީދާ ބްރޭކްއަޕްވުމަށް އޭނާއަށް އެހީތެރި ނުވެވޭނެކަމަށް ކިޔައިދިންއިރު ޑިއުޓީ އޮފިސަރު ވަނީ އެ ކިޔައިދިން ގޮތްތަކަކީ އޭނާއަށް އެހީތެރިވެވެން އޮތް ހަމައެކަނި ގޮތް ކަމަށްވެސް ބުނެފައެވެ. އެ ހުރިހާކަމެއްވެސް ހާމަވެފައި މިވަނީ ފުލުހުންގެ ރިޕޯޓްއަކުންނެވެ. އަދި ދެ ފަރާތުގެ ދެމެދުގައި ދެކެވުނު ވާހަކަތަކުގެ މާ ގިނަ ތަފްސީލެއް ހާމަވެފައިނުވާތީވެ ބްރޭކްއަޕްވުމަށް ފުލުސް އޮފިސަރު ދިން މައުލޫމާތެއްވެސް ހޯދޭ ގޮތް ވަނީ ނުވެފައެވެ.

އެހެންނަމަވެސް މިއީ ޖަރުމަންވިލާތުގެ ފުލުހުންނަށް ލިބިގެންދާނެ އެންމެ އާދަޔާޙިލާފް އެއް ފޯން ކޯލްކަމަކީ ކަށަވަރު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަހަށްދޭބަލަ

    އޮއޮއޯ ބްރޭކް އަޕް ވާންވީމާ ފުލުހުންނަށް ގުޅީ ތަމެން ތިޔާއީ މެސޮކިސްޓެކޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ލޯބީގެ ދުނިޔެ އަށް ކޮލިފައި ނުވެއޭ ތަމެން މަހަށް ދޭބަލަ ދެން. މަހަށް މަަހަށް މަހަށް ދޭބަލަ.