ޔޫއޭއީގައި ދިރިއުޅެމުން އަންނަ އުމުރުން 14 މަހުގެ އަންހެން ކުއްޖަކު ކާން އިން ޗިޕްސް ކޮޅެއް ކަރުގައި ތާށިވެގެން މަރުވެއްޖެއެވެ. އެ ކުއްޖާ މަރުވެފައި ވަނީ އިއްޔެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ ކުއްޖާގެ ކަރުގައި އެ ޗިޕްސްކޮޅު ތާށިވުމުން އެ ކުއްޖާ އުޅުނީ ނޭވާވެސް ނުލެވިގެންނެވެ. އެ ޗިޕްސް ކޮޅު ތާށިވީ ކަރުގެ ވައިނޮޅީގައި ކަމަށް ވެއެވެ.

"ވަގުތުން އެ ކުއްޖާގެ މައިންބަފައިން މަސައްކަތް ކުރި އެ ކުއްޖާ ސަލާމަތް ކުރުމަށް، އަދި އެ ކުއްޖާ ގޮވައިގެން ކައިރި ހޮސްޕިޓަލަށްކަށްވެސް ދިޔަ".

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުން ވަގުތުން އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދިޔައެވެ. އެއިރުވެސް އެ ކުއްޖާގެ ހާލު ސީރިއަސްއެވެ.

"އެ ކުއްޖާގެ މައިންބައިން އެ ކުއްޖާ ނޭވާ ލާތޯ ބެލުމަށް ބުރަށީގައިވެސް ޖެހި، އެކަމަކު ނުވޭ

އެ ކުއްޖާ ސަލާމަތް ކުރުމަށް ޑޮކްޓަރުންވެސް ވަރަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެ ކުއްޖާއަށް ފަަރުވާދެމުން ދަނިކޮށް ވަނީ މަރުވެފައެވެ.

އެ ކުއްޖާ މަރުވެފައި ވަނީ، އޮކްސިޖެން ނުލިބި ގިނައިރު ވަމުން ކަމަށް ވެއެވެ.

އަދި މިހާރު އެ ކުއްޖާ ވަނީ ވަޅުލާފައެވެ.

2018 ވަނަ އަހަރު ތެރޭގައި ވެސް މިފަދަ ހާދިސާއެއް ހިނގިއެވެ. އުމުރުން ދެ އަހަރުގެ ކުއްޖެއްގެ ކަރުގައި ތާށިވީ މޭބިސްކަދުރު ކޮޅެކެވެ.

ޑޮކްޓަރުން ވަނީ މިފަދަ ކަންކަމާއި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށް ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު