ޕާކިސްތާނުގެ އެކްޓަރ އަދި ލަވަކިޔުންތެރިޔާ އަލީ ޒަފަރު, އެގައުމުގެ ކުޅަދާނަ އަންހެން ލަވަކިޔުންތެރިއެއް ކަމަށްވާ މީޝާ ޝާފީއަށް ޖިންސީ ގޯނާ ކުރިކަމަށް ބުނެ މީޝާ މީސްމީޑިއާގައި ދެއްކި ވާހަކައާއި ގުޅިގެން އަލީ ޒަފަރުގެ ކިބައިން މާފަށް އެދުމަށް މީޝާއަށް ނޯޓިސް ފޮނުވައިފިއެވެ.

މީޝާ އޭނާގެ ޓްވިޓަރ އެކައުންޓްގައި ކުރި ޓްވީޓެއްގައި ބުނެފައިވަނީ އަކީ ޒަފަރަކީ ވަރަށް ކުރިން ފެށިގެންވެސް ދަންނަ މީހެއް ކަމަށެވެ. އަދި ކައިވެންޏެއްކޮށް ދަރިންވެސް ލިބުނު ފަހުން ޒަފަރުގެ އެކި ފަހަރު މަތިން އޭނާއަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމަށެވެ.

މީޝާގެ އެ ޓްވީޓުގައި އެބުނާ ވާހަކަތަކަށް ޒަފަރު ވަނީ އިންކާރުކޮށްފައެވެ. އެގޮތުން ޒަފަރު ބުނީ އޭނާއަކީ އާއިލީ ޒިންމާ ނަގައިގެން އުޅޭ މީހެއް ކަމަށާއި އެފަދަ ބޭއަދަބީ ކަމެއް އޭނާ ދުވަހަކުވެސް ނުކުރާނެ ކަމުގައެވެ.

އަދި އަލީ ޒަފަރުގެ ގާނޫނީ ޓީމުން ވަނީ މީޝާއަށް އެ ޕޯސްޓް ޑިލިޓް ކުރުމަށް އެދި ސިޓީއެއްވެސް ފޮނުވާފައެވެ. އެ ސިޓީގައިވާ ގޮތުން ދެ ހަފްތާ ތެރޭގައި އެ ޕޯސްޓް ޑިލިޓް ނުކޮށްފި ނަމަ މީޝާ އާއި ދެކޮޅަށް ދައުވާ ކޮށް އޭނާ އަލީ ޒަފަރަށް 100 ކްރޯޑް ރުޕީސް ދޭން ޖެހޭނެއެވެ.

މީޝާ ކޯޓަށް ހާޒިރުވުމަށް ނޯޓިސް ދީފައި މިވަނީ އެ ޕޯސްޓް ޑިލިޓް ނުކުރާނެ ކަމަށް ބުނެ އަލީ ޒަފަރުގެ މަށްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުތަށް އަލުން ކޮށްފައިވަނިކޮށެވެ.

އަލީ ޒަފަރަކީ ޕާކިސްތާނު ފިލްމުތަކުގެ އިތުރުން ބޮލީވުޑްގެ ބައެއް ފިލްމު ތަކުގައިވެސް އެކްޓް ކޮށްދީފައިވާ ކުޅަދާނަ އެކްޓަރެކެވެ.