ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައި ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައިގައި, ތުހުމަތު ކުރެވޭ ބަޓްލަރުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

ކ. އަތޮޅުގައި އޮންނަ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ޖޫން ހަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިއެވެ.

އެ މައްސަލަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައިސް ރިޕޯޓްކޮށްފައިވާ އިރު ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅުމާއެކު ވަގުތުން އެ މައްސަލަ ބަލަން ފެށި ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ މި މައްސަލައިގައި ތުހުމަތު ކުރެވޭ 30 އަހަރުގެ ފިރިހެން މީހާ ފުރުން މަނާ ކުރުމުގެ އަމުރަކަށް ކޯޓްގައި އެދުނު ކަމަށެވެ.

އަދި ކޯޓުން އިއްޔެއިން ފެށިގެން އެ މީހާ ފުރުމުން މަނާ ކުރުމުގެ އަމުރެއް ނެރެދީފައި ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އެ މައްސަލައިގައި ބަޔާންތައް ނަގައި ސުންކު ނަގާފައިވާ އިރު މިހާރު އިންތިޒާރު ކުރަމުންދަނީ ނަތީޖާއަށް ކަމަށް ފުލުހުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވިނަމަވެސް މައްސަލަ ވީ އެންމެ ފުރިހަމައަކަށް ބަލާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދެއެވެ. އަދި މައްސަލަ ބަލަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައިި ޕްރޮފެޝަނަލް ކަމާ އެކު ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.

ޗައިނާ އަށް އުފަން ޒޫ ޔުޓިން ރޭޕް ކުރި މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާ އިރު، އެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ރިޓްޒް ކާލްޓަން ރިސޯޓުން ވަނީ ހާމަކޮށްފައެވެ.

އޮސްޓްރޭލިއާގައި ފަސް އަހަރު ދުވަހު ތައުލީމް ހާސިލް ކުރި އުމުރުން 26 އަހަރުގެ އަންހެން މީހާ ބުނެފައިވާ ގޮތުގައި އޭނާ ރޭޕްކޮށްފައި ވަނީ ރެއަކު، 3،000 ޑޮލަރު ހޭދަވާ ރިސޯޓުގައި މަސައްކަތް ކުރާ ބަޓްލާއެކެވެ.

އަންހެން މީހާ ބުނި ގޮތުގައި ރިސޯޓަށް އޭނާ ޗުއްޓީ ހޭދަ ކުރަން ދިޔައީ އެކަންޏެވެ. ރިސޯޓަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އޭނާގެ ފޯނު ހަލާކުވި ކަމަށް އަންހެން މީހާ ބުންޏެވެ.

އޭނ ބުނި ގޮތުގައި ކޮޓަރީގައި ހުރި ފޯނުން އާއިލާގެ މެމްބަރުންނަށް ނުގުޅޭތީ، އޭނާ ވަނީ އެ ވާހަކަ ރިސެޕްޝަނަށް ގުޅައި ހިއްސާކޮށްފައެވެ. އެ ވާހަކަ ރިސެޕްޝަންގައި ހިއްސާ ކުރުމުން، އެ ތަނުން ފޮނުވީ އަންހެން މީހާ އާ ރިސޯޓުން ދިމާވި ބަޓްލައެވެ. އެމީހާ އެ ކޮޓަރިއަށް ވަދެ، އޭނާ ރޭޕްކޮށްފައިވާ ކަމަށް ވެސް ކިޔައި ދީފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮރަލް

    ޕާސްޕޯޓް ހިފަހައްޓާ ބައެއް މީހުން ވ ފަސޭހައިން ފުރައިގެން ދެ އެވެ.

  2. އަހްމަދު

    ބަލަތިޔަމައްސަލައިގަ ޕާސްޕޯޓުހިފެހެއްޓީ ކޮންގައުމެއްގެމީހެއްގެތޯ؟ ހާދަހާސިއްރުންކުރިޔަށްގެންދާ މައްސަލަޔަކާ ވައްތަރޭ

  3. ޝިފްލީން

    ބަޓްލަރ ގެ ޕާސްޕޯޓް ހިފެހެއްޓި އިރު އަދިވެސް ބަޓަލަރަކީ އިންޑިއާ މީޙެއް ކަން ފޮރުވަން އުޅޭނެ ކަމެއްނެތް، އެޭނަ އަކީ އިންޑިއާ ގެ ކެރަލާ އިން މިދިޔަ އަހަރު ޖެނުއަރީ ގެ އެރިސޯޓަށް ގެނައި ބާމަން އެއް!! ވ ،ސަލާމް ފުލުސް މީހުން ނަށް..

  4. އަލީ

    ހަމަތިޔަހާ އިސްކަންދީގެންބަލަންވާނެ ސަފާރީ ރޭޕްކޭސްވެސް.

  5. ފޮޓޯތައް

    ދަތުރު ހިލޭ ކޮށްލަން ކުރި ކަމެއް