ރާއްޖޭގެ ރިސޯޓެއް ކަމަށްވާ ދަ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑްގައި ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައިގައި, ރޭޕްގެ ޝިކާރައަކަށްވި އަންހެން މީހާ އާއި އަދި ތުހުމަތު ކުރެވޭ މީހާގެ ފޮރެންސިކް ނަތީޖާ ނުލިބޭ ކަމަށް ފުލުހުން ބުނެފިއެވެ.

ކ. އަތޮޅުގައި އޮންނަ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު ރޭޕް ކުރި މައްސަލައެއް ޖޫން ހަ ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިއެވެ.

ރޭޕްގެ ޝިކާރައަކަށްވި އަންހެން ފަތުރުވެރިޔާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މައްސަލައިގައި އިންސާފް ހޯދައިދިނުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް އައިސް ރިޕޯޓްކޮށްފައިވާ އިރު ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅުމާއެކު ވަގުތުން އެ މައްސަލަ ބަލަން ފެށި ކަމަށެވެ.

އަދި އެ މައްސަލައިގައި ބަޔާންތައް ނަގައި ސުންކު ނަގާފައިވާ އިރު މިހާރު އިންތިޒާރު ކުރަމުންދަނީ ނަތީޖާއަށް ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވި މައްސަލަ ވީ އެންމެ ފުރިހަމައަކަށް ބަލާނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ދެއެވެ. އަދި މި މައްސަލަ ބަލަމުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައިި ޕްރޮފެޝަނަލް ކަމާ އެކު ކަމަށް ފުލުހުން ބުންޏެވެ.

ޗައިނާ އަށް އުފަން ޒޫ ޔުޓިން ރޭޕް ކުރި މައްސަލައިގެ ތަހުގީގު ފުލުހުން ކުރަމުންދާ އިރު، އެ މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށް ރިޓްޒް ކާލްޓަން ރިސޯޓުން ވަނީ ހާމަކޮށްފައެވެ.

އޮސްޓްރޭލިއާގައި ފަސް އަހަރު ދުވަހު ތައުލީމް ހާސިލް ކުރި އުމުރުން 26 އަހަރުގެ އަންހެން މީހާ ބުނެފައިވާ ގޮތުގައި އޭނާ ރޭޕްކޮށްފައި ވަނީ ރެއަކު، 3،000 ޑޮލަރު ހޭދަވާ ރިސޯޓުގައި މަސައްކަތް ކުރާ ބަޓްލާއެކެވެ. ބަޓްލާ ވަނީ އޭނާ ހުރި ރިސޯޓުގެ ކޮޓަރި އާއި ރިސޯޓުން ލިބޭ ހިދުމަތްތައް ކިޔައި ދީފައެވެ.

ފޯނު ހަލާކުވެ، ފަތުރުވެރިޔާ އަށް ރިސޯޓުން ދިމާވީ ހިތްދަތި ތަޖުރިބާއެއް!

އަންހެން މީހާ ބުނި ގޮތުގައި ރިސޯޓަށް އޭނާ ޗުއްޓީ ހޭދަ ކުރަން ދިޔައީ އެކަންޏެވެ. ރިސޯޓަށް އައިތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް، އޭނާގެ ފޯނު ހަލާކުވި ކަމަށް އަންހެން މީހާ ބުންޏެވެ.

ޒޫ ބުނި ގޮތުގައި ކޮޓަރީގައި ހުރި ފޯނުން އާއިލާގެ މެމްބަރުންނަށް ނުގުޅޭތީ، އޭނާ ވަނީ އެ ވާހަކަ ރިސެޕްޝަނަށް ގުޅައި ހިއްސާކޮށްފައެވެ. އެ ވާހަކަ ރިސެޕްޝަންގައި ހިއްސާ ކުރުމުން، އެ ތަނުން ފޮނުވީ އަންހެން މީހާ އާ ރިސޯޓުން ދިމާވި ބަޓްލައެވެ. އެމީހާ އެ ކޮޓަރިއަށް ވަދެ، ޒޫ ރޭޕްކޮށްފައިވާ ކަމަށް ވެސް އޭނާ ކިޔައި ދިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަހްމަދު

    ތިޔަފޮރެންސިކު ރިޕޯޓުހީއެއްނުވޭ ލިބޭނެހެނެއް ލިބުނަސް ތިޔަދިމައެއްވެސްނުވާނެ

  2. ބުއްޅަބެ

    ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ހުޅުމާލޭގައި މުޅި ސަރަހައްދު ބަންދު ކޮށްގެން ފާހަގަ ކުރި ޙަބަރު މިހާރު ކޮބާ؟