ރަޝިޔާއަށް ނިސްބަތްވާ އެލެނޯރާ ކޮންޑްރެޓްޔުކްއަކީ މީގެ އަހަރުތަކެއް ކުރިން އޭނާގެ ގާތުން ކައިވެންޏަށް އެހީ މީހެއްގެ ފަރާތުން އެސިޑްގެ ހަމަލާއެއް ލިބިގެން މުޅި މީހާގެ ސިފަ ހުތުރުވެފައި ހުރި މީހެކެވެ. އޭނާ އެކަމާއި ވަރަށް ބޮޑަށް ހިތާމަ ކުރިއެވެ.

ނަމަވެސް މިހާރު އޭނާއަށް ވަނީ އެ ހިތާމަތަކުން އަރާގަނެވިފައެވެ. އެލެނޯރާއަކީ 1998 ވަނަ އަހަރު ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގައި ބައިވެރިވެ، އެމުބާރާތުން ރަނައަޕް ވެސް ލިބުނު މީހެކެވެ. އޭނާއަށް އެ ރީތިކަމުގައި މާގިނަ ދުވަހު ނުއުޅެވުނެވެ. އޭނޭގެ ގަޔަށް ޖެހީ ސަލްފިޔުރިކް އެސިޑެވެ.

އެކަމާއި ހެދި އޭނާގެ 200 އޮޕަރޭޝަން މިހާރުވެސް ވަނީކޮށްފައެވެ. އެތައް ފައިސާއެއް ހަރަދުކޮށްފިއެވެ. އޭނައަށް ހަމަލާ ލިބުނުއިރު އުމުރަކީ 18 އަހަރެވެ.

އެ ހަމަލާގައި އޭނާގެ ލޮލުގެ ފެނުން ލިބުނީ ހަމަކިރިޔާއެެވެ. އަދި އޭނާގެ އަނގަޔަށްވެސް އެސިޑްގެ ހަމަލާ އަމާޒްވިއިރު، އޭނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.

މިދިޔަ އަހަރުތަކެއް ކުރިން ފަށައިގެން އޭނާއަށް ލިބިފައި ހުރިތަކަށް އަނިޔާތަކަށް އެތައް އޮޕަރޭޝަނެއް ކުރަން އޭނާ ވަނީ ފަށާފައެވެ. ކުރިން ހުރި އޭނާގެ ރީތި ސިފަ ލިބޭތޯއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެލެނޯރާއަށް ހަމަލާދިން މީހާ ވަނީ ހަމަލާއެއްގައި މަރާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު