އެތަށް ސަތޭކަ ކުޑަކުދިން ތަކެއް ކަތިލާފައިވާ ސަރަހައްދެއް ޕެރޫ އިން ފެނިއްޖެއެވެ.
ޕެރޫގެ މި ސަރަހައްދުން 140 އަށްވުރެ ގިނަ ކުޑަކުދިން ކަތިލާފައި ހަށިތަށް ފެނިފައިވާއިރު އާކިއޮލޮޖިސްޓުންނަށް އެ ކުދިންގެ ހަށިތައް ފެނިފައިވަނީ ޕެރޫގެ މިހާރުގެ ޒަމާނީ ސިޓީއެއްކަމުގައިވާ ޓްރުޖިލޯ އިންނެވެ.
ކަތިލާފައިވާ ހަށިތަކުގެ ތެރޭގައި 18 މަހުގެ ކުޑަ ކުދިންވެސް ތިބި ކަމަށް ތަހުލީލުތަކުން ވަނީ ދައްކާފައެވެ.
އެ ކުދިން މަރާލާފައިވަނީ މީގެ ގާތްގަނޑަކަށް 550 އަހަރު ކުރިން ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. ކުދިންގެ ކަށިތައް ދިރާސާ ކުރި ކުރުމުން، އެ ކުދިންގެ ކަށިތަކުގައި ޒަހަމްތަކެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން މިއީ މިހާތަނަށް މިހާ ގިނަ އަދަދެއްގެ ކުދިން ކަތިލާފައި ވަނިކޮށް ފެނުނު ފުރަތަމަ ފަހަރެވެ.
ފެނުނު ކުދިންގެ މޭ ކަށިގަނޑަށް ގެއްލުންދީފައިވާކަން ފާހަގަ ކުރެވޭ ކަމަށާއި އެކުދިންގެ ހިތް ނަގާފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.
2011 ވަނަ އަހަރުވެސް ވަނީ މިކަހަލަ ސަރަހައްދެއް ޕެރޫއިން ފެނިފައެވެ. ބެލެވޭ ގޮތުން މިއީ ގަދީމީ ޒަމާނުގެ ގަބޫލުކުރުން ތަކުގެ ތެރެއިން ހިންގާފައިވާ ގަތުލުއާންމެކެވެ.
ސުބުޙާނަﷲ
މިހާރު ވެރިކަމުގަ މިހިރަ މީހާ އެމްޑީޕީ މީހުންގެ ދަރިންނަށް ތިކަހަލަ އަނިޔާވެރި ގޮތްތަކެއް ނުހަދާނެއޭ ބުނަން ދަތި!
ބިރުވެސް ގަނޭދޯ...
ތީ ކަލޭމެންގެ ރިީދޫހުންސަރުކާރުގަ ކަންތަށް ކުރާނެ ގޮތް ކުރިން ކަންކުީވެސް އެފާޑަށް
މުހައްމަދު ނަޝީދު ވަރަށް އުފާވާނެމުސްލިމުކުދިބަޔަކަށްތިހެން ހަދައިފި ނަމަ