ފެތުމަކީ ހަށިގަނޑަށް އެންމެ ފައިދާހުރި އެއް ކަސްރަތެވެ. އެކަމަކު އެކަން ކުރަންވެސް ވަކިން ހާއްސަ ރަނގަޅު ވަގުތުތަކެއް އޮވެއެވެ. އެގޮތުން ދުވަން ދާންވެސް ރޭގަނޑުގެ ގަޑި އޮންނަ ފަދައިން ފެތުމަށްވެސް ވަކިން ހާއްސަ ރަނގަޅު ގަޑިއެއް އޮންނަ ކަމަށް އެތައް ދިރާސާއަކުން ވަނީ ދައްކުވައިދީފައެވެ.

ފެތުމަށް އެންމެ ރަނގަޅު ވަގުތަކީ މެންދުރު ފަހުގެ ގަޑިތަކެވެ. އެއީ މަސްތަކުގެ ފިނިހޫނުމިން އެންމެ މައްޗަށް ދާ ވަގުތުކަމުގައި މި ވަގުތު ވާތީއެވެ. މަސްތަކުގެ ފިނިހޫނުމިން މަތިވާވަރަކަށް މީހާގެ މެޓަބޮލިޒަމް އަދި ހަކަތައިގެ މެޓަބޮލިޒަމް މިންވަރުތަކަށްވެސް އަސަރުކުރުވައެވެ. އެކަމުގެ ސަބަބު ސައިންސްވެރިން ހޯދާފައިވަނީ އިންސާނާގެ ބައިލޮޖިކަލް ގަޑިންނެވެ. އެއީ އިންސާނާގެ ދުވާލާއި ރޭގަނޑުގެ ރިތަމް ކަނޑައަޅައިދޭ ކަމެކެވެ. އެކަމުގެ ސަބަބުން މީހާގެ އެތައް އަމަލަކަށް އަސަރުކުރުވާ ކަމަށްވެސް ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ.

ބައެއް ފަރާތްތަކުން ބުނާގޮތުގައި ފެތުމުގެ ކުރިން ވާމް އަޕް ކަސްރަތުތަކެއް ކުރުމުން މިކަން ހައްލުވެގެން ދެއެވެ. އަދި އެހާ ހިސާބުން ކޮންމެ ވަގުތެއްގައި ފަތަން ދިޔުންވެސް މައްސަލައަކަށް ނުވެ ހިނގައިދާނެއެވެ. އެހެންނަމަވެސް އެއީ މުޅިން ހަގީގަތެއް ނޫނެވެ. އެގޮތުން މީހާގެ ކެއުން ހުންނަ ގޮތާއި ނިދުން ހުންނަ ގޮތުންވެސް މީހާގެ ހަށިގަނޑު ފެތުމުގެ ބުރަ ކަސްރަތަށް ތައްޔާރުވާ މިންވަރަށް އަސަރުކުރުވައިފާނެއެވެ.

ހެނދުނު ގަޑީގައި ފެތުމަކީވެސް އޭގެން ތަފާތު ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އެގޮތުން ހެނދުނު ފަތަންދާ މީހުންނަށް މުޅި ދުވަހާއި ކުރިމަތިލުމަށް ހަކަތަ ލިބިގެންދާނެއެވެ. އަދި ހެނދުނުގެ ވަގުތަކީ އާންމުކޮށް މީހުން މަދު ވަގުތަކަށްވުމުން ކަސްރަތުކުރަންވެސް ފަސޭހަވެގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރިހާކުރާބެހޭ ސައިންސްވެރިޔާ!

    ތި ވާހަކަ މުޅިއަކުން ރަގަޅެއްނޫން! މިހާރުގެ ގިނަ. ދިރާސާތަށް ހުންނަނީ ވިޔާފާރިއަށް މަގުފަހިވާގޮތަށެވެ. ހޮސްޕިޓަލެއް ހިނގާނީ ގިނަ ކަސްޓަމަރުން ލިބިގެންނޭ ބުނާ ބީދައިގައެވެ. މިހާރުގެ ގިނަދިރާސާތަކަށް ލެނބުނުވަރަކަށް ދިރިއުޅުމުގެ ދަތިކަން ކުރިމަތިވާނެއެވެ.

    • ހައްހާ....ތިނަމަށް މަގޭ ސަލާމް....ތިސައިންސް ވެރިޔާއާއި ބައްދަލު ކޮށްލަން ބޭނުން...އެއީ އަދި ދުވަހަކުވެސް އަޑުނާހާ ވައްތަރެއްގެ ސައިންސްވެރިއަކަށްވީމަ.