މަޑަގަސްކަރައަކީ ދުނިޔޭގެ އެންމެ ބޮޑެތި ރަށްތަކުގެ ތެރެއިން ހަތަރުވަނަޔަށް އެންމެ ބޮޑު ރަށެވެ. މަޑަގަސްކަރައަކީ ސްޕެއިންއާއި ތައިލޭންޑް އަދި ޖަރުމަންވިލާތް ފަދަ ބޮޑެތި ގައުމުތަކަށްވުރެންވެސް ސަރަހައްދީގޮތުން ބޮޑު ގައުމެކެވެ. މަޑަގަސްކަރަ އަކީ އެހާމެ ބޮޑު އާބާދީއެއްވެސް އޮންނަ ގައުމެކެވެ. 25 މިލިއަނެއްހާ މީހުން މަޑަގަސްކަރާގައި ދިރިއުޅޭއިރު އެ ގައުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެ ގައުމުގައި އަންހެނުންނާއި ފިރިހެނުންވެސް ލައި އުޅެނީ އެއްކަހަލަ އަންނައުނުކަމެވެ. ލަމްބާ ނަމަކަށްކިޔާ އެގައުމުގެ ސަގާފީ ހެދުމަކީ އެގައުމުގައި އަންހެނުންނާއި ފިރިހެނުންވެސް އާންމުކޮށް ލައި އުޅޭ އެކި ޑިޒައިންތަކަށް ހެދިފައިވާ އެއްޗެކެވެ.

ދެން މަޑަގަސްކަރައިގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ހުސް އަތާ ތަޅާފޮޅުމެވެ. އެ ގައުމުގައި އެއީ ކުޅިވަރެއްގެ ގޮތުގައި ކުރެވޭ ކަމެކެވެ. އެ ގައުމުގެ އެންމެ މަގުބޫލު އެއް ކުޅިވަރަށް އެކަންތައް ވެފައިވާއިރު ކައިރީގައި އޮންނަ ފަރަންސޭސިވިލާތުގެ ރީޔޫނިއަން ރަށުގައިވެސް އެއީ އާންމުކޮށް ކުރެވޭ ކަމެކެވެ. މަޑަގަސްކަރައަކީ އެގައުމުގެ ބޮޑު ސަރަހައްދުގެ ސަބަބުން ކަނޑުފޭރޭ މީހުން އާންމުކޮށް އެ ރަށަކަށް އަރައި އުޅޭ ރަށެކެވެ. އެ ރަށުގެ ސަހަރާތަކުގައިވެސް ކަނޑުފޭރޭ އެތައް ބަޔަކު ވަނީ މަރުވެގެން ވަޅުވެސްލެވިފައެވެ.

މަޑަގަސްކަރަ އަކީ މިހާރު ފަތުރުވެރިކަން ފެތުރިފައިވާ ރަށެކެވެ. އެހެންނަމަވެސް އެއީ ދުނިޔޭގެ އެންމެ ހިތާމަވެރި އެއް ގައުމެވެ. ވޯލްޑް ހެޕިނެސް ރިޕޯޓްއިން ދައްކުވައިދިންގޮތުގައި މަޑަގަސްކަރައަކީ ދުނިޔޭގައި 10 ވަނަޔަށް އެންމެ ހިތާމަވެރި ގައުމެވެ. އެ ލިސްޓުގެ އެއް ވަނައިގައި އެންމެ އުފާވެރި ގައުމުގެ ގޮތުގައި އޮތީ ޑެންމާކްއެވެ.

މަޑަގަސްކަރައަކީ ދުނިޔޭގެ އެހެން ތަންތަނުން ނުފެންނަ ދޫނި ސޫފާއި ސޫފީގެ އިތުރުން އެކި ކަހަލަ ޖަނަވާރުތައްވެސް ދިރިއުޅޭ އާދަޔާޙިލާފް ރީތިކަމެއް ގުދުރަތީގޮތުން ލިބިފައި އޮންނަ ގައުމެކެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ރެޓޭ

  މިރާއްޖޭގަވެސް. ބޮޑެތި ފިރިހެނުން މާތާހިރު ކަމަކަށް ވެގެން ބޮލަށް ހުޅި ޖަހާ، ކަންފަތުގަ މުދިލާ.

  29
  6
  • ކުކުޅުހާ

   އަދި ބައެއްފަހަރު އަންހެނެއްކަމެއް ފިރިހެނެއްކަމެއް ވަކިނުވޭ.

   29
   3
  • ކެޓޭ

   މިރާއްޖޭގެ އަންހެންކުދިން (ސަޅިބިޓުން) ނަށް މާ މަގްބޫލު ގޮތެކޯ އެއީ.

   26
   9
 2. ?

  ކުޑަކުދިންނޯ؟؟

  17
  2
 3. ވަސްކޮޑަގާމާ

  މަޑަގަސްކަރައިގެ ކެޔޮވެސް ވަރަށް ފަލަވެފަ ދިގުވެސް ވާނެ!

  6
  1