ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސް އެންމެން އިންޓަނެޓް މެދުވެރިކޮށް ގުޅުންތައް ބަދަހި ކުރަން ބޭނުން ވެފައި ވަނިކޮށް އެމެރިކާގެ ނިއުޔޯކުން އިތުރު ފިޔަވަޅެއް ކުރިއަށް އަޅައިފިއެވެ. އޮންލައިން އެޕްލިކޭޝަންތައް މެދުވެރިކޮށް ކުރާ ކައިވެނި ތަކަކީ ޤާނޫޫނީ ބާރު ލިބިފައިވާ ސައްހަ ކައިވެނިތަކެއް ކަމަށް ނިއުޔޯކުގެ ގަވަރުނަރު މިހާރު ވަނީ ނިންމަވާފައެވެ.
ނިއުޔޯކްގެ ގަވަރުނަރު އެންޑްރޫ ކޯމޫ ނެރުއްވި ޤަރާރެއްގައި ވިދާޅުވީ އޯޑިއޯ-ވީޑިއޯ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ކުރާ ކައިވެންޏަކީ ނިއުޔޯކުގެ ސަރުކާރުން ބަލައިގަންނަ ޤާނޫނީ ގޮތުން ސައްހަ ކައިވެނިތަކެއް ކަމަށާއި އެކައިވެނިތަކަށް ކައިވެނީގެ ސެޓްފިކެޓް ލިބިގެންދާނެ ކަމަށެވެ.
"ވަކި ދުވަހެއްގައި ކައިވެނި ކުރަން ބޭނުންވެ އެކަމަށް އެތައް އަހަރެއް ވަންދެން ތައްޔާރު ވަމުން އައި މީހުންނަށް މިހާރު ދިމާވެފައިވާ ހާލަތުގެ ސަބަބުން ކައިވެނި ނުކުރެވުން އެއީ ގަވަރުނަރެއްގެ ހައިސިއްޔަތުން ކޫމޯ ބަލައިގަންނަ ކަމެއް ނޫން. އެހެންކަމުން ޒޫމް ނުވަތަ އެފަދަ އެހެން އެޕްލިކޭޝަނެއް ބޭނުން ކޮށްގެން ކުރާ ކައިވެނި ތަކަކީ ވެސް ސައްހަ ކައިވެނިތަކެއް ކަމަށް ވަނީ ނިންމާފައި." ގަވަރުނަރުގެ ތަރުޖަމާން ވިދާޅުވިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ބައެއް ކައިވެނިތަކުގައި މެހެމާނުން ވަނީ ވީޑިއޯ ކޯލް މެދުވެރިކޮށް މީގެ ކުރިން ވެސް ބައިވެރިވެފައެވެ. އެފަދަ ކައިވެނިތައް ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށް ވެސް ވަނީ އައިސްފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި މިހާރު ދިމާވެފައިވާ ހާލަތުން ދުނިޔެ ސަލާމަތްވެ އާއްމު ހާލަތަކަށް ރުޖޫއަ ވެވޭނީ 2021 ވަނަ އަހަރު އެވެ. އެހެންކަމުން ކައިވެނި ކުރުން ފަދަ ކަންކަމަށް މިހާރު ވަނީ ކޮންމެވެސް ހައްލުތަކެއް ހޯދަން ޖެހިފައެވެ.
ކަލޭމެންތީ ކައިވެނި ނުކޮށްވެސް ބޭނުންހާ ގޮތަކަށް އުޅެމުން ދާ ބައެއްނު ! ދެން ކައިވެނި ނުކުރެވުނަސް ހާސްވާނެ ކަމެއް ނެތެއްނު !
ޥަކި ބަޔަކު ވަކި ގޮތަކަށް އުޅޭކައް ނޫން ދުނިޔެ އައް ފޮނުއްވީ
މިކޮން ބީތާތަކެއް ހަލާލު ހަރާމް ކަނޑަ އަޅަން.. އިލާހީ ގާނޫނު އެންމެ ފުރިހަމަ