މިހާރު މިއީ ޓެކްނޮލޮޖީގެ ޒަމާނެވެ. އެޒަމާނުގެ މީސް މީޑިޔާގެ ދުވަސްވަރެވެ. މައިގަނޑު ގޮތެއްގައި ކޮންމެ ކަމެއްވެސް، މީސް މީޑިޔާއާ ކޮންމެވެސް ވަރަކަށް މި ވަނީ ގުޅި ލާމެހިފައެވެ. ގޭތެރޭގެ ކަންތައް ކަމުގައިވިޔަސް އަދި މަސައްކަތާއި ގެއިން ބޭރުގެ ކަންތައް ވިޔަސް މެއެވެ.

އެގޮތުން، އިންޑިޔާގެ ހައިދަރުއާބާދުގެ ފުލުހުން މިހާރު ޓްރެފިކް އިންޒާރުތައް ދެމުންދަނީ މީސް މީޑިޔާ ބޭނުންކޮށްގެންނެވެ. މިކަން އައު ހަރުފަތަކަށް ގެންގޮސްގެން ކުރަމުންދާއިރު، އެފަރާތްތަކުން މީސް މީޑިޔާ މެދުވެރިކޮށް އެމީހަކަށް ކުރަނީ ޕްރައިވެޓް މެސެޖެއް ނޫނެވެ. ޓްވިޓަރ ގައި އެކަން ހާމަ ކުރަނީއެވެ. އަދި އެވެސް "މީމް" ތަކާ އެކުގައެވެ.

ހައިދަރުއާބާދު ފުލުހުންގެ ޓްރެފިކް ޑިވިޜަނުގެ ޓްވިޓަރ އެކައުންޓުން އެކި ފަރާތްތަކަށް "ޕޮޒިޓިވް" ކޮށް އިންޒާރު ދީފައި ހުރި ގިނަ ފޮޓޯތަކެއް އަޕްލޯޑުކޮށްފައިވެއެވެ. ހަމައެހެންމެ، ބައެއް ފަހަރު ފޮޓޯތަކާއެކު ބައެއް ތަފާސްހިސާބުތަކާއި ރިކޯޑުތައްވެސް ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، ގުޅޭ އަދި އާއްމުންގެ މެދުގައި މަޝްހޫރު މީމްވެސް ހިމަނާފައިވެއެވެ.

އެފަރާތްތަކުން މިހެން ކަންތައް ކުރަމުންދާއިރު، ފުލުހުން ޓްވިޓަރ ގައި ބުނެފައިވަނީ ބޮޑެތި މައްސަލަތައް ޓްވިޓަރ މެދުވެރިކޮށް އެންމެންނަށް އެންގި ކަމުގައިވިޔަސް، ބަދަލެއް ނުގެނެވޭނެކަމަށް ޤަބޫލު ކުރާކަމަށެވެ. އަދި މަގުމަތީގެ ޤަވާއިދުތަކަށް ބޯ ނުލެނބުމަށް ބަދަލެއް ގެނެވޭނީ އެންމެ އެކުގައި މަސައްކަތް ކޮށްގެންކަމަށްވެސް ބުނެފައިވެއެވެ. ހަމައެހެންމެ، މަގުމަތީގެ ޙާދިސާއެއްގައި ގެއްލިގެންދާ ކޮންމެ މީހަކީ އެމީހެއްގެ އާއިލާގެ އިތުރުން، ޤައުމުންވެސް ގެއްލިދާ މީހެއްކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    ހޫނ މާމޮޅު ކަންތައްތަކެއް ދައްކާކަށްކޮންމެހެން އުޅޭނެކަމެއްނެތް ތިޔަހާ މޮޅިއްޔާ ތިޔަ ގައުމުގައި ހިނގަމުން އެދާ ކުޑަކުދިން ރޭޕްކުރުމުގެ ނުބައި ޖަރީމާ ހުއްޓުވަބަލަ.