ހެނދުނު އަވަހަށް ވަޒީފާއަށް ހޭލުމަށް ނުވަތަ މުހިންމު ފޯނު ކޯލެއްފަދަ ކަމެއް ޖެހިދާނެތީވެ ގިނަ މީހުންނަކީ އަބަދުވެސް ފޯނު ނިދާ ވަގުތުގައި ވީހާވެސް ކައިރީގައި އަތް ފޯރާ ފަށުގައި ބާއްވައިގެން ނިދާ ބައެކެވެ. އެހެންނަމަވެސް މިއީ ކިހާ ގެއްލުން ހުރި ކަމެއްކަން އިނގޭނަމަ އެކަން އެގޮތަށް ގިނަ ބަޔަކު ނުކުރާނެއެވެ. އަދި ވަކިން ހާއްސަކޮށް ގެންގުޅޭ ސްމާޓްފޯނު ޗާޖަށް ޖަހައިގެން ކައިރީގައި ބާއްވައިގެން ނިދުމަކީ މާ ގެއްލުން ހުރި ކަމެކެވެ.

ސިއްހީ އޮފިޝަލުން ވަނީ ފޯނު ޗާޖަށް ޖަހައިގެން ކައިރީގައި ބާއްވައިގެން ނިދުމަކީ ކެންސަރަށް މަގުފަހިވާކަމެއްކަމުގައި ބުނެ އެކަމާއި ދެކޮޅަށް އިލްތިމާސްކޮށްފައެވެ. ފޯނަކީ ރޭޑިއޯ ފްރީކުއެންސީ އެނާރޖީއެއް އޭގެން ބޭރުކުރާ އެއްޗެކެވެ. އޭގެ ސަބަބުން ސިކުނޑީގެ ކެންސަރ، އަދި ހަށިގަނޑުގެ އެހެން ގުނަވަންތަކުގައި ޓިއުމަރ އުފެދެންވެސް މެދުވެރިވެދާނެއެވެ.

ރޭޑިއޯ ފްރީކުއެންސީ އެނާރޖީއާއި މީހާގެ ސްޕާރމް ކައުންޓް ދަށްވުމާއި ގުޅުމެއް ހުންނަކަމަށްވެސް ބައެއް ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ. ފޯނު އޮން ކޮށްފައި ބާއްވާއިރު އޭގެން ޓަވަރުތަކަށް ފޮނުވާ ސިގްނަލްތައް ފޮނުވަނީ ހުރިހާ ދިމާލަކަށެވެ. އެގޮތުން އެ ސިގްނަލްތައް ކައިރީގައި އޮންނަ އިންސާނާގެ ހަށިގަނޑަށްވެސް ފޮނުވައެވެ. އަދި އެހެންވުމާއިއެކު އެ ރޭޑިއޯ ފްރީކުއެންސީގެ ނުރައްކާތެރި އަސަރު އިންސާނާއަށް ކުރުވައެވެ.

ވުމާއިއެކު ފޯނު ނިއްވާލާފައި ނުވަތަ އެއާޕްލޭން މޯޑަށް ލާފައި ނޫންގޮތަކަށް ކައިރީގައި ނުބޭއްވުމަށް ސިއްހީ ކަންކަމުގައި ތަޖުރިބާކާރުން ވަނީ ލަފާ އަރުވައިފައެވެ. އެނޫންގޮތަކަށް އަމަލުކުރާނަމަ މަދުވެގެން 2-5 ފޫޓު ދުރުގައި ފޯނު ބޭއްވުމަށް އެ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެންސަރު

    މިހާރު ކޮންމެ ކަމެއް ކުރިޔަސް ކެންސަރު ޖެހޭ ދޯ؟ ދުވެލިޔަސް އެއްޗެއް ކެޔަސް ކެންސަރު

  2. އަަހަރެން

    ތި ކެންސަރަކީ ހުޅަނގު މީހުންގެ އުޅުމުން ޖެހޭ އެއްޗެއް.