ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ވާހަކަތަކުން މީސްމީޑިއާ ވަނީ ފުރިފައެވެ. އެ ބަލިން ސަލާމަތްވުމަށް ކިތަންމެ ނުރުހުނަސް އިޖުތިމާއީ ގައިދުރުކަން ފަރިތަކުރުން މިއަދު ވަނީ މަޖުބޫރުވެފައެވެ. ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު އޮތީ ދުނިޔޭގެ އެހެން ބައެއް ގައުމުތަކާ ދާދި އެއްގޮތަށެވެ.

މިއީ މީގެ ދުވަސްތަކެއް ކުރިން މީސްމީޑިއާގައި ފެންނަމުން ދިޔަ ދެ ވާހަކައެވެ. ހާސްކަމާއި މާޔޫސްކަން ގެނުވާ ޚަބަރުތަކުން މީސްމީޑިއާގައި ފުރިފައި އޮތަސް، މީގެ ދުވަސްތަކެއް ކުރިން ފެނުނު މަންޒަރު ވަރަށް ތަފާތެވެ. މިފަހަރު ފެނުނީ ދިވެހި ފަންނާނުންގެ ކުޅަދާނަކެމެވެ.

އިމާ މުހައްމަދު ރިޔާޒް ކުރަހާފައިވާ ކުރެހުމެއް :ފޮޓޯ މީސްމީޑިއާ

ފޭސްބުކްގައި ކަރަންޓީން އާޓްޕޯސްޓިންގެ ނަމުގައި ހިންގަން ފެށި ގްރޫޕާ އެކު ފޭސްބުކުން ފެންނަނީ ހިތްގައިމުކަމެވެ. ތަފާތު އެކި ހުނަރުތަކުން ދިވެހިން އެ ގްރޫޕް ފުރާލި އިރު، އާދަޔާ ޚިލާފް އެތައް ހުނަރެއް ފެނިގެންދާ މައިދާނަކަށް މި ޕޭޖް ވަނީ ވެފައެވެ. މީގެ ކުރިން ފަންނާނުންގެ ވާހަކަ ދެކެވެނީ އާއްމުކޮށް އެކިކަހަލަ ފެއާތަކުގައެވެ.

މަހުރޫސް އިސްމާއިލް ޝަފީގް ފޮޓޯގްރެފީ އަދި އެޑޯބް ފޮޓޯޝޮޕް މެދުވެރިކޮށް ކުރަހާފައިވާ މާނަފުން ކުރެހުމެއް: ފޮޓޯ މީސްމީޑިއާ

އާއްމުކޮށް އެފަދަ ފެއާތަކުގައި ބައިވެރިވެވެނީ ފަންނާނުންގެ ތެރެއިން ނަގާ ކިޔާ މަދު ބަޔަކަށް، ނުވަތަ ފުރަ މާލޭގައި ދިރިއުޅޭ ފަންނާނުންނަށެވެ. އަދި މަސައްކަތުގެ ވައްޓަފާޅި ހުންނަ ގޮތުން އެފަދަ ފެއާތަކުގައި ބައިވެރިވުމަކީ ބައެއް ފަންނާނުންނަށް ފަސޭހަކަމަކަށް ނުވެއެވެ. އަނެއްބައި ފަހަރު އެފަދަ ފެއާއެއްގައި ބައިވެރިވާން އެކަށީގެންވާ ވަރަށް ހުނަރު ހުރިކަން ޔަގީން ނުވާތީ ބައިވެރި ނުވާ މީހުންވެސް މަދެއް ނޫނެވެ.

https://www.youtube.com/watch?v=OAjw4l24Kt8&feature=youtu.be&fbclid=IwAR06BwXR_6k8FgwW6VJpI_ax3umdj07PU3iv9s9iz2qOGGWM72WhZf6ROM4

އެކަމަކު ކަރަންޓީން އާޓްޕޯސްޓިންއަށް ބަލާލުމުން އެނގޭ ކަމަކީ ދިވެހިންގެ ހުނަރުގެ ތެރެއިން އާއްމުކޮށް ފެންނަން ހުރީ "މަލަމަތިން" ފެންނަ މަދު ހުނަރުވެރިއެއްގެ މަސައްކަތް ކަމެވެ. އެ ޕޭޖްގައިވާ ޕޯސްޓްތައް ބަލަން ފެށުމުން ހުއްޓާލާ ހިތެއް ނުވެއެވެ. އެއްބައެއްގެ ރީތިއަޑުން ކިޔާފައިވާ ލަވަތައް ގުގުމަނީއެވެ. އަނެއް ބަޔަކު ކުރެހުމާއި، ޑިޖިޓަލް ކުރެހުމާއި، އަތްތެރި މަސައްކަތްތައް ހިއްސާކުރަނީއެވެ. ނުވިތާކަށް ކެއްކުމުގެ ވައްޓަފާޅިވެސް އެހާމެ ފުރިހަމައެވެ. މިކަހަ ކިތަންމެ ހުނަރެއް މި ގްރޫޕުން ފެންނާން އެބަހުއްޓެވެ. އަނެއް ބަޔަކު ފޮޓޯ އާއި ވީޑިއޯ ހިއްސާކުރަނީއެވެ. އެކަކަށް ދޫކުރާނެ އަނެކަކު ނެތެވެ. ހައްތަހާވެސް ހުނަރުން ފުރިގެންވާ ފަންނާނުންނެވެ.

ތިރީގައި މި ވަނީ މި ގްރޫޕްގައި ހުރި ބައެއް މަސައްކަތްތަކެވެ.

އަބްދުﷲ ތައުފީގް ތައްޔާރުކޮށްފައިވާ ތާސްބައެއްގެ ބައެއް ގަނޑުތައް: ފޮޓޯ މީސްމީޑިއާ
މުހައްމަދު މިސްބަލް ކުރަހާފައިވާ ކުރެހުންތަކެއް: ފޮޓޯ މީސްމީޑިއާ
އައިޝަތު އައިކާ ހަސަން ހަލީލްގެ މޭކަޕްގެ ހުނަރު: ފޮޓޯ މީސްމީޑިއާ
އަހުމަދު ޝައިހާން ކުރަހާފައިވާ ކާޓޫންތަކެއް: ފޮޓޯ މީސްމީޑިއާ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙުއްތު

    ކޮބާ އަޅުގަނޑު ކުރެހި ފޮޓޯތައް.

    5
    2
  2. ދޮންބެ

    މި ދެން ކޯނޗެއް.....

    12
    6
  3. ޔާޔާ

    ހެޔޮނުވާނެ. ޢާދޭސްކޮށްފަ ބުނަން.
    މުސްލިމުންނަށްވީތީވެސް މުސްލިމުން އުޅޭ
    ގޮތަށް އުޅެބަލަ.

    24
    9
    • ބަކަރި

      ހެޔޮނުވާނެ. މީ އިސްލާމް ދީނާ ޚިލާފް ވާ ކަމެއްގަ. ފުކެއް ބޮޑުވަރު.

      5
      2
  4. މީކައިލް

    ވާއު އައި ޑޯންޓް ތިންކް Sheasce ގެ ކުރެހުންތައް ވަގުތު ނޫހުގެ ޓްރެންޑަށް އަންނާނެކަމަށްވެސް. ??

    5
    4
  5. ނަޒާހަތު

    މިކަހަލަ ދީނުގަ ހަރާމަކަންްކަމަކީ ގަޔައްބާރުލާފަ އިރައިރާފަ ނޫސްތަކުގަ ލިޔަންވި ވާހަކަތަކެއްނޫން

    6
    1