މަދުން ނޫނީ ކުރިން ނުފެންނަ އާދަޔާއި ޚިލާފު ބޮނޑެއް ޖޯޖިއާގައި އިތުރުވެ، އެޤައުމަށް އިތުރު ނުރައްކަލަކާއި ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

މިއީ "ފެންނަ ކޮންމެ އެއްޗެއް ކާލާ" ބޮނޑެއް ކަމަށް އެޤައުމުގެ ތަޖުރިބާކާރުން ބުނާއިރު، އެހެން ޖަނަވާރުތައް ވެސް މި ބޮނޑުގެ ޝިކާރައަކަށް ވަމުން އަންނަ ކަމަށް އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކުން ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ޖޯޖިއާގެ "ވައިލްޑް ލައިފް ރިޒޯޒެސް ޑިވިޝަން" އިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއީ ހަތަރު ފޫޓަށް ބޮޑުވެ، ވިހި އަހަރަށް ދިރިއުޅޭ ނުރައްކާތެރި ވައްތަރެއްގެ ބޮނޑެއް ކަމަށް އެ އިދާރާއިން ބުނެއެވެ. އަދި މި ބޮނޑުގެ ނުރައްކާ ބައެއް އެހެން ޖަނަވާރުންނަށް ކުރިމަތިވާއިރު، ޙިމާޔަތްކޮށްފައިވާ ކަހަނބާއި ކިނބޫފަދަ ޖަނަވާރުތައްވެސް ކާލާ ކަމަށް އެ އިދާރާއިން ބުނެފައި ވެއެވެ.

ހަމަ އެހެންމެ ގަސްގަހުގައި އަޅާ މޭވާ އާއި، ޕެޓް ފުޑާއި، ޖަނަވާރު އަޅާ ބިސްފަދަ ތަކެތިވެސް މި ބޮނޑު ކާލާ ކަމަށް ވެއެވެ. އާންމުން ދިރިއުޅޭ ސަރަޙައްދުތަކުންވެސް މި ވައްތަރުގެ ބޮނޑު މިހާރު ފެންނަމުން ދާއިރު، މިހާތަނަށް އޭގެ ފަރާތުން މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އިދާރާތަކާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ޖޯޖިއާގެ އިދާރާތަކުން މިހާރު ވަނީ އެޤައުމުގައި ދިރިއުޅޭ ފަރާތްތަކުން، މިފަދަ ބޮނޑެއް ފެނިއްޖެނަމަ ލަސްނުކޮށް އެކަން ކަމާއި ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އަންގާފައެވެ.

މީގެ ކުރިންވެސް މިފަދަ ބޮނޑު ޖޯޖިއާއިން ކޮންމެވެސް ވަރަކަށް ފެނެއެވެ. ނަމަވެސް ފާއިތުވެދިޔަ ދުވަސްތަކުގައި މި ބޮނޑު އެޤައުމުގައި ވަނީ އާދަޔާއި ޚިލާފަށް އިތުރުވާން ފަށާފައެވެ. ޖޯޖިއާގެ އިތުރުން ބްރެޒިލް އާއި ޕެރެގުއޭ އާއި އުރުގުއޭގެ އިތުރުން އާޖެންޓީނާގައިވެސް މިވައްތަރުގެ ބޮނޑު އުޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަގުލު ފިއްތި

    ކިނބުލަކާ ބޮޑައް ވައްތަ ރީ . ކިނބޫ އާއިލާގެ އެއްޗަކަށް ވާނީ

  2. ޢަހަރެން?

    ކަލޯ ބޮނޑާ، މި އުޅޭ ވިހަގަދަ ހަރުފަ ބުއްޅަބޭ ވެސް ކާލަބަލަ!!!

    14
    1
  3. Anonymous

    ތިޔަ ބޮނޑަށް ކިޔަނީ "ފެންނަ ކޮންމެ އެއްޗެއް ކާލާ"ތޯ؟
    ތިޔަ އެއްޗަށް ކިޔާ އަސްލު ނަން ނުޖެހީ އިތުރަށް މީހުން ބަލާފާނެތީތޯ؟

  4. އޮން

    ތިޔައީ ނަސީދަށް އަމާޒުކޮށް އިބޫ ފޮނުވި....

    1
    1