ބަރަކާތްތެރި ރޯދަ މަހަކީ ދިވެހިންނަށް ހުރިހާ ގޮތަކުން ވެސް އަންނަ ވަރަށް ޚާއްސަ މައްސަރެކެވެ. މިއީ ވަރަށް ގިނަ ގޭގޭގެ ބަދިގެތެރެއަށް ތިޔާގިކަން އަންނަ ދުވަސްވަރެއްވެސް މެއެވެ. އެގޮތުން ޚާއްސަ ކެއުންތަކާއި ރަހަތަކުން ރޯދަ ވިއްލާ ވަގުތަށް ސުފުރާތައް ތައްޔާރުކުރުމަކީ ދިވެހިން ޒަމާނުއްސުރެ ފޯރިއާއެކު ކުރަމުން އަންނަ ކަމެކެވެ.

މި ފޯރީގައި ޖޯޝާއެކު ދިވެހި ފިރިހެންވެރިން ވެސް ބައިވެރިވެ، ރޯދަވީއްލުން ތައްޔާރުކުރުމަށް ގޭގައި އަންހެނުންނަށް އަތްގާތްކޮށްދީ އެހީތެރިވެދިނުމަށް ބަދިގެތެރޭގައި އުޅުމުގެ ނަމޫނާ ދައްކަމުން ދެއެވެ. އަދި ކެއްކުމާއި ތަފާތު އެކި ބާވަތްބާވަތުގެ ކެއުންތައް ތައްޔާރުކުރުމުގައި އެމީހުންނަށް ލިބިފައިވާ ހުނަރުން ގިނަ ބަޔަކު ހައިރާންކޮށް އާޝޯހު ވެސް ކުރުވަމުން ދެއެވެ.

ކަން މިހެން އޮތް އިރު، ދާދިފަހުން ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝެއިޚް އަލީ ޒައިދުވެސް ރޯދަވީއްލުމެއް ތައްޔާރު ކުރުމަށް ކުރެއްވި މަސަތްކަތަކަށް ގިނަ ބައެއްގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ.

މީސްމީޑީއާގައި ޝެއިޚް ޒައިދު ކުރެއްވި ޓްވީޓެއްގައި، ހަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ފޮޅި އެޅުއްވިކަން ހާމަކުރައްވާ، އޭނާ ވަނީ ފޮޓޯވެސް ޙިއްސާކޮށްފައެވެ. އެ ޓްވީޓުގައި ޝެއިޚް ޒައިދު ފޮޅި އަޅަން ބޭނުންކުރެއްވި ރެސިޕީވެސް ފޮލޯވަރުންނާއި ޙިއްސާކުރެއްވިއެވެ.

ޝެއިޚް ޒައިދު އަލަށް އެޅި ފޮޅީގެ ފޮޓޯ މީސްމީޑިއާގައި ދައްކާލާފައި ވާއިރު، އޭނާ ބުނެފައި ވަނީ ކަންދިމާކުރީ ހީކުރި ގޮތަކަށް ނޫން ކަމަށާއި، އެގޮތުން "ހަމަ ތަވަޔަށް ލާއިރަށް އަނދަނީ" ކަމަށް ޝެއިޚް ޒައިދު ވިދާޅުވެފައި ވެއެވެ. ޝެއިޚް ޒައިދު ކުރެއްވި ޓްވީޓާއެކު އާންމުކޮށްފައިވާ ފޮޓޯތަކުން އޭނާ އަޅާފައިވާ ހުރިހާ ފޮޅިއެއް އަނދާފައި ހުރި މަންޒަރު ފެނެއެވެ.

ނަމަވެސް އެ ޓްވީޓުގައި ޝެއިޚް ޒައިދު ވަނީ، އެ މަސަތްކަތާއި މެދު ހިތްހަމަޖެހިފައި ހުންނެވިކަން ހާމަކުރައްވާފައެވެ. މި ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވާއިރު، ޝެއިޚް ޒައިދުގެ ހިތްވަރަށް ގިނަ ބަޔަކު ވަނީ ތަޢުރީފު ކޮށްފައެވެ.

ޝެއިޚް ޒައިދު ފުރަތަމަ ފަހަރަށް އެޅި ފޮޅީގެ ވާހަކަ މީސްމީޑިއާގައި ޙިއްސާކޮށްފައި ވާއިރު، ރާއްޖޭގައި ބައެއް އެހެން ބޭފުޅުންވެސް މި ދުވަސްވަރު ރޯދަވީއްލުން ތައްޔާރުކުރުމަށް މިގޮތުން ކުރާ މަސައްކަތްތައް މީސްމީޑިއާގައި ޙިއްސާކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. އެނދިފޮޅި

    ފޮޅި އަނދާނެނޫންތޯ އޭ
    ފޮޅި ފޮޓޯ ނަގަންއުޅެންޏާ

    73
    5
    • ???

      ފޮޅި އަނދާނެނު ފުއް ނާޅާ ފޮޅި ފިހެވޭތަ ??

      18
      8
      • ެކެކެ

        ކެރަމަލް ފޮޅި ފުށް ނާޅަ ފިހެވޭނެ. ވ މަޑު ގިނީގަ ބަހައްޓައިގެން އަޅުގަނޑު ފިހަން ކެރަމަލް ފޮޅި.

        28
  2. ސޭފުރޭނި

    Hehe

  3. ާސލ

    ކަންދެއްކުން

    14
    33
  4. ކިނބޫ

    ޖަޒީރާވަންތަ ފޮޅި... ހެހެ. ލޮލް

    18
    6
  5. ވ

    ތިކަހަލަ ފިރިއެއް ބޭނުންވަނީ، ނެތްތަ ޗާންސެއް، ދެ އަންބަށް ނަމަވެސް

    26
    5
  6. އަންބަރު

    މާޝާﷲ ވަރަށް ރަނގަޅު. ޒައިދު ތިއީ ހަމަ ނަމޫނާ ފިރިއެއް.

    23
    9
  7. އަންބަރު

    މާޝާﷲ ވަރަށް ރަނގަޅު. ޒައިދު ތިއީ ހަމަ ނަމޫނާ ފިރިއެއް. އަދި ރަނގަޅުވާނެ ، ދެން ފަހަރަކުން އުދުނުގެ ހުޅުކޮޅު ވަރަށް ކުޑަކޮށް ބަހައްޓާފަ އަޅައްޗޭ.

    31
    7
    • Anonymous

      މީހކާ އިނދެގެންއުޅޭތާ އެތައް އަހަރެއްވެއްޖެ. ފުރަތަމަ ފަހަރަށް

      11
      1
    • ތުނޑުހަސަނު

      މީހަކާ އިނދެގެން އުޅޭތާ އެތއް އަހަރެއްވެއްޖެ. ފުރަތަމަ ފަހަރަށް އަނބިމީހާއަށް އެތެރިވުމަށް ދެއްކުމަށްވިއަސް ކަމެއްކުރީ. މީހަމަ ނަމޫނާ އެއް.

      11
      1
  8. މުރަނަފަރީދާ

    ޢޭ ކޮށްކޯ މަވެސް ހެލްޕެއް ވަށްޓާލީމުސް އަންގާލައިގެން އުޅުނު ނަމަ އެދިނޔަކަ ނުދިނީމުސް

  9. ާަަައަބުދުﷲ

    ފޮޅީގެވާހަކައެންނޫއެބުނަނީ މަރުދަންޖެހިގެންގެނާ
    ސަރުކާރުގެ ބޭތިލްމާލުހުސްކޮއްފިޔޭ ނަމަހީވެސް
    ހިންހަމަޖެހޭ ލާދީނީފޮޅިނައަދާތީ

    14
    2
  10. ހުސޭނުބޭ

    ޝައިޚަށް ޓެކްޓިކް ނޭގެނީ! އެސްޓިއޯއިން ހުދު ނިޕޮން ފެއިންޓްދަޅެއް ގަނެގެން ގެނެސް ފޮޅި ހުދުވަންދެން ދަވާދުލާ! އޭރުން އެހެން މީހުންނަކަށް ނޭގޭނެ!

    7
    2
  11. ޙަސްން

    ދީނީ އިލްމު ވެރިން ދަރުސް ދޭނީ. ފޫޅި އަޅާނީ އެއް ނޫން

    10
    40
  12. ޢާދޭސް

    މި ނާޤާބިލް ލާދީނީ ސަރުކާރު ގެނައުމަށް ޒައިދުމެން ކުރި މަސައްކަތަކީވެސް ހަޔާތުގައި އެޅުއްވި ފޮޅިއެއް ،

    33
    2
  13. ދަރަނި ދަންތުރަ

    ދެން އަންނަ ރޯދަމަހު ރަނގަޅުވާނެ ހިއްވަރުކުރަށްވާ...

    23
    1
  14. ޒަންޖަބީލު

    އަނބިމީހާއަށް އެހީތެރިވާނަމަ ފޮޅި މިއަދު ނައަދާނެ.

    19
    1
  15. މޯޑު

    ޝެއިޚް އުނދުނުގެ ގިނި މާ ގަދަކަމަށް އަޅުގަނޑަށް ފެންނަނީ ، ގިނި މަޑު ކޮށް ލެއްވިނަމަ ވަރަށް ފަށްކާވީސް ،
    ހިއްވަރަށް ހަމަ އައްސަރިބަހާ ސާބަސް
    ماشاء الله

    27
    • އަހްމަދު

      ތިބުނީ އަންހެނުން ރުޅިގަދަ ވާހަކަތޯ؟

      4
      2
      • ޙ

        ???

  16. މުޙައްމަދު

    ﻛُﻠُﻮاْ وَاﺷْﺮَﺑُﻮ وَﻻَ ﺗُﺴْﺮِﻓُﻮاْ

    10
  17. އަޙްމަދް

    މީވެސް ދެން ޚަބަރެއްތަ!
    ރިޕޯޓަރަށް ކޮވިޑުގެ އަސަރުކުރީތޯ؟

    8
    1
  18. ގިނިމަޑު

    ޝެއިޚް އުނދުނުގެ ގިނި މާ ގަދަކަމަށް އަޅުގަނޑަށް ފެންނަނީ ، ގިނި މަޑު ކޮށް ލެއްވިނަމަ ވަރަށް ފަށްކާވީސް ،
    ހިއްވަރަށް ހަމަ އައްސަރިބަހާ ސާބަސް
    ماشاء الله

    17
  19. رياض

    ޝެއިޚް އުނދުނުގެ ގިނި މާ ގަދަކަމަށް އަޅުގަނޑަށް ފެންނަނީ ، ގިނި މަޑު ކޮށް ލެއްވިނަމަ ވަރަށް ފަށްކާވީސް ،
    ހިއްވަރަށް ހަމަ އައްސަރިބަހާ ސާބަސް
    ماشاء الله تقبل الله مناومنكم

  20. އުޚްތީ

    އަޅޭ??? ހާދަ ލޯބިއޭ. ޢެކަމު ފޮޅި ފެނިފަ މަ ބިރުގަތީ

  21. އަހްމަދު

    މީހިތްވަރެއްނޫން. މީދެއްކުންތެރިކަން. ކިތަންމެ ކިތަންމެ ފިރިހެނުންނެއް ގޭގައި ކެއްކުމުގައި ބައިވެިވފޮޅިވެސްފިހޭ. ކާށިވެސްގާނާ. އެމީހުން ފޮޓޯލައިގެން މީޑިޔާގައި މަޝަހޫރުވާކަށްނޫޅެ.

    9
    5
  22. ޒަބާދުކުޑޭ

    މީހިތްވަރެއްނޫން. މީދެއްކުންތެރިކަން. ކިތަންމެ ކިތަންމެ ފިރިހެނުންނެއް ގޭގައި ކެއްކުމުގައި ބައިވެިވފޮޅިވެސްފިހޭ. ކާށިވެސްގާނާ. އެމީހުން ފޮޓޯލައިގެން މީޑިޔާގައި މަޝަހޫރުވާކަށްނޫޅެ. އެކަކު ކޮންމެސް ކަމެއްކޮށްފާ ފޮޓޯއެއް ލާއިރަށް އަނެކަކު އޭގެ ފޮޓޯއެއް ލެވޭތޯބަލާނެ. މީ ރާމާ މަކުނުވެސް ކަންތައް ކުރާގޮތް. އޭއްޗަށް ފެންނަގޮތަށް މިހަކު ކަމެއް ކުރީމާ ހަމައެގޮތަށް އެކަންކުރަން އުޅޭނެ.

    9
    4
  23. އައްޑޫ ކޮއްޔާ

    ކެމްބްރިޖް ޔުނިވަސިޓީއަށް ގޮސް ފޮޅި އެޅުމުގެ ދާއިރާއިން ޕީއެޗްޑީ ނަންގަވާ

    7
    3
  24. Anonymous

    ޝޭޚެކޭ ކިޔާފަ ސޭކެއްތަ
    މިފަދަ އެއްޗެހި ހިއްސާ ކުރުން ލާއިގުވެގެން ނުވޭ

    8
    11
  25. ފޮޅިމާލިމީ

    އަދުގެ ސަރުކާރަކީވެސް ޒައިދުމެން ތިގޮތަށް އެޅި ފޮޅިއެއް ދެއްތޯ

    8
    7