ސިޔާސީ ގޮތުން ބަލިވެ، ބާކީވާ ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން ސިމްޕަތީ ކާޑު ކުޅެ ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަމުންދާ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސިޔާސީ ގޮތުން ބަލިވެ، ބާކީވާ ކޮންމެ ފަހަރަކު ސަޕޯޓަރުންނަށް އޮޅުވާލަން ސިމްޕަތީ ކާޑު ކުޅެ، ސަރުކާރުގެ ބޮލުގައި ދޮގު ތުހުމަތުތައް އެޅުވުމަކީ ބައެއް ސިޔާސީ ބޭފުޅުންގެ ސަގާފަތަކަށް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެކަމަކީ ރައްޔިތުންނަށް ފަރިތަ ފެއިލްވެފައިވާ އުކުޅަކަށް ނޫނީ ދެން ނުވާނެ ކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ. އަލީ ޒާހިރު އެގޮތަށް ވިދާޅުވީ ސީދާ ކޮން ކަމަކާ ގުޅޭ ގޮތުން ކަން ސާފެއް ނޫނެވެ.

އެކަމަކު، ބެލެވޭ ގޮތުގައި އަލީ ޒާހިރު އެގޮތަށް ރައްދު ދެއްވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ގ. ކެނެރީގޭ ކައިރީގައި އާއި މެރީ ބްރައުން އަދި ޔާގޫތުގޭ ކައިރީގައި ބޮން ގޮއްވާލަން އުޅޭ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރަށް އެނގޭ ކަން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން (241 ކޮމިޓީ) އެކުލަވާލި ރިޕޯޓުން ހާމަވެފައިވާ ކަމަށް މަޖިލިހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނިކޮށެވެ.

ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ގައި ބޮމުގެ ވަރުގަދަ ހަމަލާއެއް ދިނީ ކެނެރީގޭ ކައިރިންނެވެ. ނަޝީދު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް މި ހަމަލާ ދިނީ ސައިކަލެއްގައި އައިޑީއެއް ހަރުކޮށްގެންނެވެ. މި ހަމަލާގައި ނަޝީދަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނާއި އިނގިރޭސި ވިލާތުގައި ފަރުވާ ހޯއްދެވިއެވެ. މިއީ ރާއްޖޭގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ބޮމުގެ ހަމަލާއެވެ.

މަޖިލިހުގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިންތިހާ އަށް ނުރައްކާތެރިވެފައިވާ ކަމަށެވެ. މާލޭގެ މަޖީދީ މަގުގައި ރަމަޟާން މަހެއްގެ ރޭގަނޑު 8:30 ހާއިރު ބޮމެއް ގޮވުމުގެ ކުރިން، އެ ބޮމުގެ މައުލޫމާތު ސީދާ ރައީސް ސޯލިހަށް ލިބިވަޑައިގެންފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ 241 ކޮމިޓީން ހެދި އިންކުއަރީގައި ސާފުކޮށް އެނގެން އެބައޮތް ކެނެރީގޭ ހުންނަ ގޯޅީގައި ސައިކަލެއް ބަހައްޓާފައި އެ ސައިކަލްގައި ބޮމެއް ހަރުކޮށްފައި ރައީސް ނަޝީދު ނުކުމެވަޑައިގަންނަވާ ގަޑީގައި އެ ބޮން ގޮއްވާލައިގެން ރައީސް ނަޝީދު މަރާލަން އުޅުނު ކަން ރައީސުލްޖުމްހޫރިއްޔާ އަށް އެނގިވަޑައިގަންނަވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައި،" ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދެވުމުގައި އެންމެ އިސްކޮށް އުޅުއްވާ ހަސަން ލަތީފް ވިދާޅުވިއެވެ.

"އެކަން އެކަންޏެއް ނޫން. މެރީ ބްރައުން ކައިރީގައި ބޮމެއް ގޮއްވާލަން އުޅުނު ކަމުގެ މައުލޫމާތު ވަނީ ލިބިފައި. އޭގެ އިތުރުން ޔާގޫތުގެ ކައިރީގައި ވެސް ބޮމެއް ބަހައްޓާފައި ގޮއްވާލަން އުޅުނު ކަން އެނގުނު، މިކަންކަމަކާ އަޅައެއް ނުލި،" އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ކަން ކުރެއްވި ހަސަން ލަތީފް ވިދާޅުވިއެވެ.

ނަޝީދަށް ހަމަލާދިން މައްސަަލައިގައި މިހާތަނަށް ނުވަ މީހެއްގެ މައްޗަށް މި ވަނީ ދައުވާ އުފުލައިފައެވެ. އޭގެ ތެރެއިން ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށް ކުށް ސާބިތުވެ، 23 އަހަރަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފައެވެ. އަދުހަމް ވަނީ ބޮމުގެ ހަމަލާ ދިން ކަމަށް ޝަރީއަތުގައި އެއްބަސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރަންރީނދޫލަޝްކަރު

    ބާކީ 3 މަސް އޮތީ ހެދޭވަރަކަށް ދޮގު ހަދާފަ ބަހައްޓާ..

    43
    2
    • Anonymous

      އިންޝާ ﷲ ހަމައެކަނި 3 މަސް. އޭގެފަހުން ތި އެންމެ ނެތި ހިނގައިދާނެ. ﷲ ގެ ރަޙްމަތްފުޅުން.

      23
      1
  2. ޑައެލޯގް

    ސިމްޕަތީކާޑާއި ، ދީނީކާޑާއި، ކިތާބީހެކިކާޑާއި، ގެއްލުނުމަރާއި ގޮތްނޭގޭމަރުހޯދުމުގެ ކާޑާއި، ސްޓިކާނުޖަހަންބުނިކާޑާއި، ޖޫރިމަނާނުކުރަންބުނިކާޑާއި ލޯނުނުނަގަންބުނި ކާޑާއި، ކޯޓުމިނިވަން ކުރަންބުނިކާޑާއި، އެމްއެމްޕީއާރުސީގެ ފައިސާހޯދަންބުނިކާޑާއި، ސިޔާސީމަގާމް ގިނަނުކުރަން ބުނިކާޑާއި، ޒީރޯޓޮލަރެންސްކާޑާއި އަދިވެސް ބައިވަރު ކާޑުތައް ގެންގުޅެނީ އަލީޒާހިރާއި އަދާލަތާއި އިބޫއެވެ.

    51
    3
  3. އިސްޢާފް ސަލީމް

    ނާޤާބިލުކަމާއެކުވެސް ސިޔާސީ ގޮތުން ކަލޭ ތި މަޤާމަށް ގެނައީ ނަޝީދު ، އިންޑިޔާ ، ޝަރީފްގެ މަސައްކަތުން ޞާލިޙަށް ވެރިކަމަށް އާދެވުމުން. ޞާލިޙަށް ޓިކެޓް ދިނީ ސީދާ ނަޝީދު! ޞާލިޙަކީ ދިވެހިން ދަންނަ މީހެއްނޫން! އޭރު ކަލެޔަކީ ދެރުފިޔާ އެއްތަނެއްގައިއޮއްވައި ނުފެނިހުރި މަގުތަކުގައި ލާހޫރޭ ގަމީހެއް! މިއަދު މަޤާމުގެ ޖާހަށްޓަކައި ކާންދިންއަތުގައި ދަތްއަޅާ ވީދިޔަސް ކަލެޔަށްވެސް އޮތީ ހުރަގެ! އިރާދަކުރެއްވިއްޔާ މިދުވަސް ދާދި އަވަހަށް ދިވެހިން ދެކޭނެ! ބާރަށް ހަޅޭލަވާފަ ބަހައްޓާ! މަޤާމު ދިފާޢުވާނީ އޭރުން!!!

    41
    2
  4. ޗަކޮއި

    އަލީ ޒާހިރޫ… ކަލޭހީކުރަނީ ތާ އަބަދައް ޗޯރޭ ގެ ލޮލުގައި އަނދުން އަޅުވައިގެން ހުތް ފިތައިގެން ޅޮސްއުދޯލީގައި ބައިންދައިގެން ތިޔަ އަދާލަތު ސޭކުންނަށް ، ތިޔަ މަގާމުތަކުގައި ބަގުޑިބައްދައިގެން އުޅެވިދާނެކަމަށް ހެއްޔެވެ. ﷲ އިރާދަކުރެއްވިއްޔާ ބަަކީ އޮތީ ހައެއްކަމަހެވެ. އިންޝާ ﷲ ، އޭގެ ފަހުން ތިޔަބައިގަނޑު ބޮޑުވެގެން ވާ ބަލިކުރުމަކުން ބަލިކުރައްވައި ، ތިޔަ ހުރިހާ ބައިގަނޑު އިންސާފުކުރިމައްޗަށް ގެންނާންމެވެ.

    34
    3
  5. ސޫއޫދު

    ތިއޮޑިތިއޮށްދަނީއަޑިއަށް މުގުލައްވެ ތައްޔާރުވޭ ހަންޖާނަގާގެން ޖޫންޖުލާބޯމަތިވަނީ މިހާރުވެސް މާރިޔާލުގެބަނޑުފެނުއެޅެމުންދުވަނީއަޑުފައްކުރިން ގުނބުއިވެނީ ކަނޑުއޮޅިވިއްކާ ރައްޔިތުންގެ އަތުންކޮތަޅުންޓެކުސްނަގާ އުދަރެސްހަޑިވެ ޗޯރުން ގޮވާއަޑުގަދަވަނީ ދެންވެސްމާތިރިވެ މަތިކިބަޔައްއަރާތިބޭ އޮޑިފަރައްއެރުމުން ނަގާގޮޅިއައްލާންދެން މިހާރުމިއޮތީނިމިފަ ކިރުފެންކުލާގަފަޅުމަތިފެވިފައޮތީފަހަރިމެން ފިލަންދުއްވާގަންފިނަމަ މުރަކަތައްވެޓި ދެފާހަލާކުވާނީ ޗޮއިސްއަކީ ގޮޅިކަން ޔަގީން 2024

    23
    3
  6. އަހްމަދު

    އަލިޕީ އަލިޕީވެސްތީފާހަގަޖެހިފައިވާމީހެއް މިސަރުކާރުތެރެއިން ޖުޑިޝަރީއަށް އުނދުޅިބާނައި އެންމެނުބައިބައިކުޅޭ މީހަކީއަލިޕީ ﷲގެހެޔޮރަހްމަތާއެކު އަލިޕީވެސް އިންސާފުގެކުރިމަށްޗަށް ހާޒިރުކުރެވޭނެ އިންޝާﷲ

    28
    2
  7. މުހައްމަދު

    ވޯތުން ތިކަން ކަލެއަށް ރައްޔިތުން ދައްކާލުން އޮތީވަރަށް ކާރީގާ.

    28
    2
  8. އަދުހަމު

    މިހާރު އެމްޑީޕީގަ އޮތީ އަދާލަތު އަދީ ޑީއަރޕީގެ ބާރު

    14
    1
  9. Anonymous

    އަލިފޫތު ދެން އޮތީ 4 މަސް

    13
  10. އެލެކްސް

    އަލީ ޒާހިރު އޭވިއޭޝަން ސެކިއުރިޓީމީހުން ލައިގެން އަންނި ގޮއްވާލަން އުޅުނު ވާހަކަ ދައްކާ އެކަމުގައި މާރިޔާ ބައިވެރި ވިކަމަށް ބުނޭ، އެމްސީގެ ކޮއްކޮއެއްގެ ހިއްސާ ވެސް ވާކަމަށް ބުނޭ،

    11
    1
  11. ހުސޭނުބޭ

    3 މަސްދުވަސް ބާކީ އޮތީ. ގެރެންޓީ ހަމަވީމާ ގޮނޑަށް އެއްލާލާނެ!

    17
    1
  12. ޥެޓްރަން

    ތަސައްރަފު ނުފުދޭ ކުދިން ގައުމުގަ ހިނގާ ބޮޑެތި ކަންކަމުގެ ތެރެއަށް އަނގަބާނާހެދުން ރަނގަޅެއްނޫން.

    14
    1
  13. އަބްދޫ

    އަލީޒާހިރު މިފަހަރު ތިޔަ ހެއްދެވި ތެދެއް . ވެރިކަން ކުރަންނޭގި 16.5 ބިލިއަން ޓީ ބިލް ވިއްކާ ދަރަނި ނަގާފަ ފިނޭންސއަށް 2.5 ބިލިއަނ ބިލްޖަމާކޮށްފަ . ސިވިލްސާވިސްއަށް 800 މިލިއަން މުސާރަނުދީ ހިފަހައްޓާފަ ބިދޭސީންގެ ޑިޕޮޒިޓް 1.2 ބިލިއަން ނަގާފަ އަތޮޅުތަކާ ރަށްރަށުގެ ރައްޔިތންގެ 20 ބިލިއަނއްހާރުފިޔާ ބޭނުންކުރެވުނީ ގޮތް ހުސްވެ 5.2.12 ދުވަހު އިއުލާންކުރީ ގާނޫނުއަސާސީ ވަނީ ހުއްޓިފާކަމަށް .ދިޓީވީ ގެ ފަލަސުރުހީގަ ވެސް އޮޔް ދެން ލިއުނީ ގާނޫނުއަސާސީ ގަޑުބަޑުކޮށް ބާރުތައް އަތަށް ނެގީކަމަށް ގާނޫނުއަސާސީ އުވާލުމުން ރައީސުލްޖުމަހޫރިއްޔާގެ މަގާމްވެސް އުވޭނެ. އެހިސާބުން ޑިކްޓޭޓަރަކަށް ވެވި ހަދާނެގޮތް ނޭގުމުން ފުލުހުންނާ ސިފައިންނަށް ގައިރުގާނޫނީ އަމުރުކުރަންފެށީ މި ނަސީދަށް ހީވެފަ އޮތީ އެލާޓްވީމަ މި އިމަރޖެންސީ އިއުލާންކުރެވުނީކަމަށް އެހެންވެ ގާނޫނީ އިމުން ނިކުމެގެ ބަގާވާތެއް ގެނެސްގެން އުޅެނިކޮށް ބަގާވާތް އަތުން ދޫވެގެން އިސްތިއުފާދިނީ .އެކަންވެސް އެޅުވީ އެހެން ބައެއްގެ ބޮލުގަ .މީނަ ކަންކުރީމަ ވާގޮތަކުނ އަބަދުވެސް އެހެން މީހުންގެ ބޮލުގަ އަޅުވާފަ ސަލާމަތްވާނެް އުޅެގަންނާނެ. ރިޒްވާނާއި އަފަރާސީމް އަށް މިވަނީ ވެސް މިފަދަ ގޮތަކަށް ނޫންބާ؟

    5
    2
  14. ކަރަން

    ބުރޯ އެކާޑުން ހަގީގަތުގައިވެސް ސިމްޕަތީ ވެއްޖެ. އިބޫ އަކީ ހާދަ ޖަނަވާރު މީހެކޭ.