ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި އެކަކީ އާމިނަތު ލަމްހާ ލަތީފެވެ. ރީތިކަމާއި އެއްވަރަަށް ފެޝަނަށްވެސް އެހާ ލޯބި ކުރާ ލަމްގެ އެ ރީތި އަޑު ދިވެހިންގެ ތެރޭގައި މަޝްހޫރެވެ. އޭނާއަށް ގިނަބައެއްގެ ބޮޑު ސަމާލުކަމެއް ލިބުނީ މޯލްޑިވިއަން އައިޑޮލްގެ ހޯސްޓެއްގެ ގޮތުގައި ފެނިގެން ދިޔަ ފަހުންނެވެ. އޭނާ އެހާ އަނގަވެސް ހަލުވިއެވެ.

ލަަވަ ކިޔުމުގެ ހުނަރާއި ޕްރެޒެންޓް ކުރުމުގެ ހުނަރުގެ އިތުރުން، ހެދުން އަޅާ ގޮތުންވެސް އާއްމުންގެ ބޮޑު ސަމާލުކަމެއް ލިބެމުން އަންނަ ލަމް މި ވަނީ ބައިސްކޯފްގެ ލޮކްޑް އަޕް ޝޯވގައި ލައްކަ ވާހަކައެއް ދައްކާފައެވެ.

އެ ޝޯވގައި ވާހަކަދައްކަމުން ލަމް ބުނީ ކުރާ ކޮންމެ ކަމެއް ވެސް ކުރަން ވާނީ ރަނގަޅަށް ކަމަށެވެ. އަދި ފުރަތަމަ އޭނާ ފެނިގެން ދިޔައީ އެހަނދާނުގައި ޝޯވއިން ކަމަށާއި، އޭގެ ޝޫޓިންގއަށް ގޮސްވެސް ހުރީ ވަރަށް ބޮޑަށް ބިރުގަނެފައި ކަމަށް ލަމް ބުންޏެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ލަމް - ފޮޓޯ: ލަމް ފޭސްބުކް

"އެ ހަނދާނުގެ ޝޫޓަށް ދިޔައިރު،... ލަމްއަކީ ކޮންމެ ޝޯވއަކަށް އެރިޔަސް ވަރަށް އަވަހަށް ނާވަސް ވާ މީހެއް، އެ ދުވަހުވެސް ހުރީ ވަރަށް ނާވަސް ވެފައި، ވަރަށް އަތް ދާހިތްލާ މީހެއް... އެއިރު ހުރީ ވަރަށް ލޯބި ގްލޯވްސްއެއް ލައްވާފައި އެކަމަކުވެސް ލޭސް ވީމަ، އެމަކު ދާ ތިކިތިކި ޖަހާ ހުރީ، އެހާވެސް ނާވަސް ވެފައި ހުރީ.". ލަމް އެ ޝޯވގައި ބުންޏެވެ.

ލަމް ބުނީ، އެކަން ފެނިގެން ދިޔައީ ސްޓޭޖަށް އެރުމުގެ ކުރިން ކަަމަށާއި،ސްޓޭޖަށް އެރިފަހުން އޭނާ ވަރަށް ބޮޑަށް ހަމައަކަށް އެޅުނު ކަމަށް ބުންޏެވެ.އަދި ކުރިން ލަވަ މުބާރާތްތަކުގައިވެސް ސްޓާޖަށް އަރަންދެން ހުންނާނީ ބިރުން ކަން އޭނާ ފާހަގަކުރިއެވެ.

އެހަނދާނުގައި ލަމް މިހާރުގެ ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު އާއެކު ކިޔާފައި ވަނީ އެދިގެން މިރޭ ދާނަމޭ ލަވައެވެ.

އިތުރަށް އެ ޝޯވގައި ލަމް ބުނީ، އޭނާއަށް އެންމެ މީރުކޮށް ކައްކަން އިނގޭ ބައިވަރު އެއްެޗެހި ހުންނަ ކަމަށެވެ. އަދި ފިރިމީހާ މުއާ ލަމް ކައްކާ ޕާސްތާ މީރު ކަމަށް ބުނާ ކަމަށް ލަމް ބުންޏެވެ. އަދި ވަރަށް މީރުކޮށް ފޮނި އެއްޗެހިވެސް އޭނާ ހަދާ ކަމަށް ލަމް ބުންޏެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ލަމް - ފޮޓޯ: ލަމް ފޭސްބުކް

އަދި ސީރީސްއެއްގެ ގޮތުގައި އޭނާ އަށް އެންމެ ކަމު ދަނީ މަަނީ ހެއިސްޓް ކަމަށް ލަމް ބުންޏެވެ. ލަމް ވަނީ މަނީ ހެއިސްޓް ނުބަލާ ކުދިން އެ ބެލުމަށް ރެކޮމެންޑް ކޮށްފައެވެ.

ލަމް ބުނީ، ކޮންމެ އިންޑަސްޓްރީއަކަށްވެސް ފާޑު ކިޔާނެ ކަމަށާއި، އެ ފާޑުކިޔުންތައް އޭނާ ބަލައިގަންނަ ކަމަށެވެ.

އެ ޝޯވގައި އިތުރަށް ވާހަކަ ދައްކަމުން ލަމް ބުނީ، އޭނާގެ ސަމާލުކަން އެންމެ ބޮޑަށް ދާނީ ހިތްހެޔޮ ރަނގަޅު މީހުންނަށް ކަމަށެވެ. އަދި ވަރަށް ފްރެންޑްލީވެއްޖެޔާވެސް ދާނެ ކަމަށް ލަމް ބުންޏެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ ލަމް - ފޮޓޯ: ލަމް ފޭސްބުކް

ލަމް ބުނީ، އޭނާއަށް އެންމެ އަގުބޮޑު އެއްޗެހި ގަނެދީފައި ހުންނަނީ މައިންބަފައިންނާއި ފިރިމީހާ ކަމަށެވެ. ގަނެދީފައި ހުރި ތަކެތީގެ ތެރޭގައި ފޯނާއި، އަތް ދަބަސް އަދި އަގޮޓި ހިމެނޭކަން އޭނާ ފާހަގަކުރިއެވެ. އަދި މީގެ އިތުރުން، އޭނާ އަކީ ވަރަށް ގިނަ ދުވަސް ވަންދެން އެއްޗެހި ގެންގުޅޭ މީހެއްކަންވެސް ޝޯވގެ ތެެެރެއިން ލަމް ވަނީ ފާހަގަކޮށްފައެވެ.

"ލައިކްވާ އެއްޗެއްވެއްޔާމުން ވަރަށް ގިނަ ދުވަހު އޭތި އޮންނާނެ އަތުގައި، އޭގައި ލޯވަޅު އަޅާއިގެން ދިޔަޔަސް ލަމް އެ ގެންގުޅޭނެ އެގޮތަށް ބައިވަރު އެއްޗެސް ހުންނާނެ.. އިންނާނެ ހަރުވާޅެއް ވަރަށް ވަރަށް ގިނަ ދުވަސްވީ". ލަމް ބުންޏެވެ.

ލަމް ވަނީ ޝޯވގެ ތެރެއިން އެ ހަރުވާޅު ދައްކާވެސް ލާފައެވެ.

ލަމް ބުނީ، އެ ހަރުވާޅު އޭނާ ގެންގުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ ކަމަށެވެ. އަދި އެއީ ވަރަށް އަރާމު ވަރަށް މަޑު ހަރުވާޅެއް ކަންް ލަމް ފާހަގަކުރިއެވެ. އަދި އެއީ ނަމާދު ކުރަން ވެގެން މަންމަ ފެހި ހަރުވާޅެއްކަންވެސް ލަމް ފާހަގަ ކުރިއެވެ. އަދި އޭތި ކުރިން ލީ މަންމަ ކަމަށާއި، މިހާރު ބޭނުން ކުރަނީ ލަމް ކަމަށް އޭނާ ފާހަގަކުރިއެވެ. އަދި އެއީ އޭނާގެ ފޭވަރޭޓް ކަމަށް ލަމް ބުންޏެވެ.

ބައިސްކޯފުން ގެނެސްދޭ ލޮކްޑައުން ޝޯވއަށް އާއްމުންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ. އެ ޝޯވގެ އެޕިސޯޑްތައް މި ރޯދަ މަހު ކޮންމެ ދުވަހެއްގައި ނެރެމުންދާއިރު، އެ ޝޯވގެ 25 އެޕިސޯޑް މިހާތަނަށް ވަނީ ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ޙުއްތު

    ތިހަރުވާޅު ދާރުލް އާސާރަށް،ލާންފެނޭ

    98
    2
    • ފުތު

      ލިޔަސް ކާކު ނިކުމެގެން ބަލަން ދާނީ މިއޮއްފަދަދުވަސްވަރ?

      70
      3
  2. މާމަ

    އެހެން މީހުންވެސް ބަލާލަން ނިކަން ތިހަރުވާޅެއް ދައްކާލަބަލަ

    69
    4
  3. ނުޖެހޭނެ

    ނުޖެހޭނެ ދައްކާކަށް

    37
    20
  4. ދިދަ ދަނޑި

    ހަރުވާޅު ދައްކާލިނަމަ ޤަބޫލު ކުރެވުނީސް.. މިގޭ ހަތަރު ފާރަށްވެސް ވެދާނެ 50 ހަކަށް އަހަރު..

    82
    1
  5. މޮޔަ

    ނުކުރާނަން ގަބޫލެއް ދެން ހުރޭ

    44
    5
  6. މަރީ

    ބޮޑު ހަރުވާޅު.

    21
    1
    • އިގޭ

      ފަލަ ހަރުވާޅު

      10
  7. ބޯގޯސް

    އޭގެ ކައްގަނޑު ފަޅާގެން ގޮއްސައޮތީމަ ނުދައް ކަން ތިޔައުޅެނީ

    36
    1
  8. ބޭބޭ

    ބޭބެވެސް ތި ހަރުވާޅު ލާން ހިތްވެއްޖެ.

    28
    5
  9. ފަލަޑޭ

    މަޑިޗަކުން ޗައްޕާސް

    24
    5
  10. މުއާ

    ފޭމް އަށް އުޅޭ ގޮލައެއް

    19
    3
  11. ލޮލް

    ޗީޑި

    29
    2
  12. ޑޮން

    ހޮޑު ލަވަނީ.....

    19
    1
  13. ޙެހެހެހެހެހެހެހެހެ

    އެކަމް މިހާރު މަންޖެއަށް ތިހަރުވާޅު ނުލެވޭނެހެން މަށަށް ހީވަނީ..ބާރު ކަމުން ލާން އުޅެފިއާ ރޮދި ދާނެ...

    31
    2
  14. ޯބޯޖަލީލު

    ތި ހަރުވާޅު ސުމެއްނު އަހަރެން ގެންގުޅޭ މުންޑު 30 އަހަރު ވެއްޖެ ވަރަށް ރީތި މަޑުމަޑު މުންޑެއް ރިސޯޓެއްގައި އުޅޭ ރަށްޓެއްސަކުދިން މުންޑެއް އަދިވެސް ވަރަށްޗާލު ކަނޑު އަޑީގެ މަންޒަރުތަށް އެމުންޑުގައި ހުރީ

    21
  15. އެޑިޓް

    ތިހަރުވާޅު ނޫނީ ނެތީތަ ތިހާދުވަސް ވީ އެއްޗެއް..! ބަލަ ވިހޭން ސުރެން ހުރި އެއްޗެހި ކޮބާ؟

    17
    1
  16. ޟާނު

    ކޮންމެކަމެއް ރަގަޅަށްކުރާތީވެ ފަލައީ ކަންނެއްކަމުންދޯ ރަގަޅަށްކުރާނަމަ ހިކިލަންވީނުން

    11
    7
  17. ތޮން

    ކޮބާ މަގޭ ކޮމެންޓު. ޖަހާކަށް ނުކެ ރުނު ދޯ.

  18. ާދގހ

    ދެން ހަރުވާޅުގައި ސޫޕް ހަދާލަންވީނުދޯ.