ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ބޮލީވިޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން މި ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ޕަންވެލް ފާމް ހައުސް ކުނި ކަހާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށްފައެވެ.

ގްރޭ ޓީޝާތަކާއި، އެއާ ގުޅޭ ސޯޓެއް ލައިގެން ހުރި ސަލްމާން ގޭތެރެ ކުނި ކަހަމުން ދިޔައިރު، އޭނާގެ ރަހުމަތްތެރިޔާ ޖޫލިޔާ ވަންތޫރްވެސް އެ ވިޑިއޯގައި ފެނިގެން ދެއެވެ. އޭނާ ވެސް އެތަން ކުނި ކެހުމުގައި ސަލްމާންގެ ސްޓާފުންނާއެކު ހަރަކާތްތެރިވެފައި ވެއެވެ.

https://www.instagram.com/p/CBDrtrMgz5s/?utm_source=ig_embed

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަބަންދުކޮށްފައިވާ މި ދަނޑިވަޅުގައި ސަލްމާންގެ ފާމް ހައުސްގައި އޭނާއާއެކު، ބަތަލާ ޖެކޮލިންވެސް އުޅެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ސަލްމާންގެ އާއިލާ މީހުންވެސް އުޅެމުން ދެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ދާދިފަހުން އިންޑިއާގެ މުމްބާއީ ކައިިރިއަށް އެރި ތުފާން ނިސާގާގެ ސަބަބުން ސަލްމާންގެ ޕަންވެލް ޕްރޮޕާޓީއަށް ވަނީ ގެއްލުން ތަކެއް ލިބިފައެވެ. އަަދި އެ ފޮޓޯތައް މީސް މީޑިއާގައި އޭނާ އާއި ޖޫލިއާވެސް ވަނީ ހިއްސާކޮށްފައެވެ.

ސަލްމާންގެ ފިލްމީ މަސަައްކަތްތަކަށް ބަލާއިރު، އޭނާ އެންމެ ފަހުން ނެރެފައި ވަނީ ލަވައެކެވެ. އީދާއި ގުޅުވައިގެން އޭނާ ނެރުނު ބާއި ބާއީ އެ ލަވައަށް މާ ބޮޑު ސަމާލުކަމެއް ލިބިފައެއް ނުވެއެވެ.

އަދި މީގެ އިތުރުން. އޭނާ ދަނީ ކޮވިޑް-19އާ ގުޅިގެން އިންޑިއާގައި އިއުލާނުކޮށްފައިވާ ފުރަބަންދާއި ގުޅިގެން ހާލުގައި ޖެހެމުންދާ ދުވަހު މުސާރައަށް މަސައްކަތް ކުރާ މީހުންނަަށާއި،އެހެން ބައެއް އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.