އިންޑިއާގައި މީހެއްގެ ބަނޑުން، ފޯނު ޗާޖު ކުރުމަށް ބޭނުންކުރާ ކޭބަލެއް ނަގައިފިއެވެ.

ނޫސްތަކުގައި ބުނެފައިވާ ގޮތުން، އުމުރުން 30 އަހަރުގެ އެ ފިރިހެން މީހާ ހޮސްޕިޓަލަށް ދިޔައީ ބަނޑުގައި ރިއްސާ ކަމުގެ ޝަކުވާއާއެކު އެވެ. އެކަމާއި ގުޅިގެން އެންމެ ފުރަތަމަ ހެދި ޓެސްޓުތަކުން އޭނާއަށް މާބޮޑު މައްސަލައެއް ދިމާވެފައިވާކަން ފާހަގަ ނުވުމުން، ބޭސް ދިނުމަށްފަހު ފޮނުވާލީ އެވެ.

އޭނާ ފަރުވާ ހޯދި ހޮސްޕިޓަލުގެ އޮފިޝަލަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، ބަނޑުގައި ރިއްސާތީ އޭނާ އޭގެ ފަހުން އަނެއްކާވެސް ހޮސްޕިޓަލަށް ގޮސް، ވެގެން އުޅޭގޮތް ކިޔައިދީފައިވާ ކަމަށާއި، އެގޮތުން "ވާގަނޑެއް" އަނގަޔަށް ލައިގެން އުޅެނިކޮށް އޮޅިގެން ދިރުވާލެވުނީ ކަމަށް އޭނަ ބުނެފައިވާ ކަމަށެވެ.

އެއާއެކު ހޮސްޕިޓަލުން ހެދި އެކްސްރޭއަކުން އޭނާގެ ބަނޑުގައި އެފަދަ އެއްޗެއް އޮތްކަން ހާމަވެފައި ވެއެވެ. އަދި އެ ވާގަނޑު އޮތީ އޭނާގެ "ބްލެޑާ" ތެރޭގައި ކަމަށްވެސް އޮފިޝަލުން ނޫސްތަކުގައި ބުނެފައި ވެއެވެ.

"ހޮސްޕިޓަލަށް ދެވަނަ ފަހަރު އައިސް ވެސް އޭނާ މަސައްކަތް ކޮށްފައި ވަނީ އޮޅުވާލަން. ފަރުވާ ލަސްވި ސަބަބަކީ އެއީ. ކަން ހިނގި ގޮތް ކިޔައިނުދީ ގިނަ ދުވަސްވީ ނަމަ އޭނާގެ ފުރާނައަށްވެސް ނުރައްކާވީސް" ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައި ވެއެވެ.

މިކަމާއި ގުޅިގެން ހޮސްޕިޓަލުން ވަނީ އޭނާގެ ސާޖަރީއެއް ކޮށް ކާމިޔާބުކަމާއެކު ބަނޑުގައި އޮތް ފޯނުގެ ކޭބަލް ނަގާފައެވެ. އަދި މިހާރު އޭނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށްވެސް އޮފިޝަލުން ނޫސްތަކުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    މި ސަރުކާރު މީހެއްދޯ އޮލުގެންވާގަނޑެއްވިއްޔަ ދިރުވާލީ

    6
    1