ލަވަކިޔުންތެރިން ކަމަށްވާ މީރާ މުހައްމަދު މާޖިދު އާއި އޭނާގެ ފިރިމީހާ އަބްދުﷲ ފާލިހްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ނަމަވެސް ކޮވިޑް-19 އަށް ކުރި ޓެސްޓްގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެއެވެ. ކޮވިޑް-19 އަށް ޓެސްޓް ކޮށްފައި ވަނީ ފާލިހް އެވެ. ނަމަވެސް މީރާ ވެސް ވަނީ އޭނާ ވެސް ބަލިވެ އުޅޭކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ.

ފާލިހް ކޮވިޑް-19 އަށް ޓެސްޓް ކުރިތާ ހަފްތާއެއް ވެގެން ދިޔައިރު ވެސް ނަތީޖާ ލިބިފައި ނުވާތީ ދެމަފިރިން ވަނީ އެކަމުގެ ކަންބޮޑުވުން އިއްޔެ ޓްވިޓާގައި ހިއްސާކޮށްފައެވެ. ފާލިހް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަށް ޓެސްޓް ކުރިތާ ހަފްތާއެއް ވެގެން ދިޔައިރު ވެސް ނަތީޖާ ނުލިބޭ ކަމަށެވެ.

ހުން އައިސް ކެއްސަމުން ދާކަމަށާއި، އަލާމާތްތައް ގޯސް ނުވި ނަމަވެސް ޓެސްޓްގެ ނަތީޖާ ލިބުން ލަސްވާތީ ފާލިހް ކަންބޮޑުވުން ފާޅުކުރިއެވެ.

މީރާ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ފިރިމީހާ ބަލިވެ އުޅޭތާ މިހާރު ދެހަފްތާ ވެއްޖެ ކަމަށާއި، މިހާރު އޭނާ ވެސް ބަލި ވެއްޖެ ކަމަށެވެ. ނަތީޖާ ލިބޭނީ ކޮންއިރަކުންތޯ މީރާގެ ޓްވީޓްގައި ސުވާލު ކޮށްފައި ވެއެވެ.

މީރާ އާއި ފާލިހް ޓްވީޓް ކުރިތާ ގިނައިރުތަކެއް ނުވަނީސް މީރާގެ ބައްޕަ މުހައްމަދު މާޖިދު (މެޒޯ މޯޑް) ކުރި ޓްވީޓެއްގައި ވަނީ ޓެސްޓްގެ ނަތީޖާ ނައްސި (ނެގެޓިވް) ވެފައިވާކަން ކަށަވަރު ކޮށްދީފައެވެ. މެޒޯ މޯޑް ބުނީ ޓެސްޓްގެ ނަތީޖާ ހޯދަން އެންމެ ފަސޭހަ ގޮތަކީ ޓްވީޓް ކުރުން ކަމަށެވެ. މެޒޯ މޯޑް ބުނީ ނަތީޖާ ލިބުނީ ފާލިހް ޓްވީޓް ކުރިތާ 14 ގަޑިއިރު ފަހުން އަދި މީރާ ޓްވީޓް ކުރިތާ ދެގަޑިއިރު ފަހުން ކަމަށެވެ.

ކޮވިޑް-19 އަށް ޓެސްޓް ކުރަން އެޗްޕީއޭ އިން ނަގާ ޓެސްޓްތަކުގެ ނަތީޖާ ލަސްވެގެންނާއި، އެޗްޕީއޭގެ ބައެއް ނިންމުންތަކުގެ ސަބަބުން ވަރަށް ގިނަ މީހުން މީސް މީޑިއާގައި ދަނީ ޝަކުވާ ކުރަމުންނެވެ. ޓްވީޓް ކުރުމުން، ނުވަތަ ފޭސްބުކްގައި ގިނަ ބައެއްގެ ސަމާލުކަމަށް މައްސަލަ ގެނައުމުން ބައެއް ފަހަރު ވަރަށް އަވަހަށް މައްސަލަ ހައްލުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލޮލްލް

    ފައިސާ އަކީ މީހާ ތަހުޒީބް ކޮއްދޭ ކަމެއް ނޫންކަމުގެ ހެކި

    14
  2. ސީރާ

    ބޭކާރު ޑްރާާމާއެއް ދޯ ތިކުޅެވުނީ އެންމެފަހުން ނެގަޓިވް ވީ. ކިތަންމެ މަޝްހޫރަސް ގަވާއިދުގެ ތެރެއިން ދެއްތޯ ޤައުމެއްގަ ކަންކަން ހިނގަންވާނީ

    4
    1
  3. އާދަނު

    މީރާ ، އޯ ޔޭ ، އޯ މައި ގޯޑް ، ކަމޯން ، އައި ފީލް ސޯ ގުޑް

    3
    1