ރާއްޖޭގައި އެންމެ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ މީރާ މުހައްމަދު މާޖިދު މީސް މީީޑިއާއިން "ބްރޭކެއް" ނަގައިފިއެެވެ.

ސްކޫލް ދައުރުން ފެށިގެން ލަވަ ކިޔުމުގެ ހުނަރު އާއްމުންނަށް ދައްކާލި، މީރާ އެންމެ ބޮޑަށް ވިދާލީ އެހަނދާނުގެ ޝޯވތަކުންނެވެ. އޭނާއަކީ ރިސޯޓްތަކަށްވެސް މުއިޒިކް ޝޯވތައް ދެމުންގެންދާ އަދި އެތައް ފިލްމަކާއި، އަލްބަމްތަކަށްވެސް ލަވަ ކިޔާފައިވާ ފަންނާނެކެވެ. އަދި ރާއްޖޭގައި ބޭރުގެ ބައެއް ފަންނާނުންނައެކު ޕާފޯމް ކުރުމުގެ ފުރުސަތު މީރާއަށް ލިބުނެވެ. އަދި އޭނާއަކީ ޝޯވތަކުގައި އާއްމުކޮށް ލަވަ ކިޔާ ފަންނާނެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މީސް މީޑިއާގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންދާ މީރާ އެންމެ ބޮޑަށް އެކްޓިވްކޮށް އުޅެނީ އިންސްޓަގްރާމްގައެވެ. އަދި އޭނާގެ ޓިކްޓޮކްތަކަށްވެސް ގިނަ ބައެއްގެ ބޮޑު ސަމާލުކަމެއް ލިބެއެވެ. އާއްމުކޮށް އިންސްޓަގްރާމްގައި ފޮޓޯތައްވެސް އާއްމު ކުރާ މީރާ މީސް މީޑިއާއިން ބްރޭކެއް ނަގާކަން ހާމަކޮށް އާއްމު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މީސް މީޑިއާއާ ދުރަށް ދަނީ އަމިއްލަ ބައެއް ސަބަބުތަކާއި ހެދި ކަމަށެވެ.

އަދި އެނބުރި އަންނާނީ އެތައް ލަވައަކާއި، އެތައް ކޮންޓެންޓަކާއި އެކުގައި ކަމަށް މީރާ ބުނެފައި ވެއެވެ.

"ކޮންމެ ދުވަހަކުވެސް ތިދެމުންގެންދާ ސަޕޯޓާއި ލޮތްބަށް ޝުކުރުވެރިވަން". މީރާގެ އެ ޕޯސްޓްގައި ވެއެވެ.

މީރާ މީސް މީޑިއާއިން ދުރަށް ދަނީ ސީދާ ކޮން ސަބަބަކާއި ހެދިކަމެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ށުވޭސް

    މީރާގެ ފޮޓޯތައް ކޮބާ މީނަވެސް މީ ވަރަށްމަޝްހޫރުމީހެއްނު

    11
    2
  2. ކެނެރީ

    އަނެއްކާ ބަރަހަނާނުވެ ހުރެވޭތޯ ބަލާތި ކެނެރީގޭ ސޮރު ދައުވަތުދީފާނެ

    5
    2
  3. އަހުމިއްޓޭ

    ހމމމ. ދެން މިހާރު ސޯޝަލްމީޑިއާގެ ޝެއާރގެ އަގުތައްވެއްޓިގެން މާކްޒުކަބަރގްމެން ރޮނީ.

  4. ކޭ

    ދެން އަހަރެމެންގެ ޓެކްސް ދައްކާނެކަމެއް ނެތްދޯ.