މިި ކިނބުލަކީ މިހާރު ޓިކްޓޮކްގެ ތަރިއެކެވެ. އެއީ މީހަކު ގެންގުޅޭ ކިނބުލެކެވެ. އެ މީހާ އެ ކިނބޫ އޮޅުކޮށްގެން ގެންގުޅާތާ މިހާރު ދުވަސްކޮޅެއް ވެފައިވާއިރު، އެ ކިނބުލާއެކު އޭނާ ހަދާ ޓިކްޓޮކް ވީޑިއޯއަކަށް އާއްމުންގެ ބޮޑު ސަމާލުކަމެއް ވަނީ ލިބިފައެވެ.

އެ ވީޑިއޯގައި ފެންނަނީ މީހަކު، އޭނާ އަމިއްލަ ދަރި ފަދައިން ކިނބޫ، އުރާލައިގެން ހުންނަ މަންޒަރެވެ. އެ ވީޑިއޯއަށް ހަތަރު ދުވަސް ތެރޭގައި 2.3 މިލިއަން ވިއުސް ލިބިފައި އެވެ.

ފްލޮރިޑާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެއީ ކިނބުލުގެ ބާވަތެއް ކަމަށްވާ އެލިގޭޓަރ އެކެވެ. ލުއި މޯރހެޑް ނަމަކަށް ކިޔާ މީހަކު އުމުރުން އެންމެ ހަ އަހަރުގެ އެ ކިނބޫ އޮޅުކޮށްގެން ގެންގުޅޭއިރު، އެ މީހާއަކީ ފްލޮރިޑާގެ ކީ ލައި ކޯއިން ކޯ ބީޗުގެ ވެރިޔާ ކަމަށެވެ.

މިހާރު ޓިކްޓޮކްގައި ދައުރުވަމުން އަންނަ އެ ވީޑިއޯއިން ފެންނަނީ މޯރހެޑް އެ ކިނބޫ މަޑުމަޑުން ނަގައިގެން އޭނާގެ ކީ ލައިމް ޕައި ޝޮޕް ތެރެއަށް ވަންނަ މަންޒަރެވެ. އެއް ބަޔަކު ބުނީ، އެ ކިނބުލާއި، މޯރހެޑް އާއި ދެ މީހުންގެ ގުޅުން ވަރަށް ރަނގަޅުކަން އެ ވީޑިއޯއިން އިނގޭ ކަމަށެވެ.

އެ ކިނބޫ ހުރީ ޔެލޯ ކުލައިގެ ޓީޝާޓެއްވެސް ލައްވާފައެވެ.

އެ ކިނބޫ މޯރހެޑްއަށް ފެނިފައި ވަނީ ފްލޮރިޑާގެ ފިޝް އެންޑް ވައިލްޑްލައިފް ޑިޕާޓްމެންޓްގެ ތެރޭގައި އަނިޔާ ލިބިފައި އޮއްވާއެވެ. އޭނާ އެ ކިނބޫ ސަލާމަތްކޮށް އެ ގެންގުޅެމުން ދަނީ ވަރަށް ލޯބިންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    މިދިވެހި ގައުމުގަވެސް އުޅޭނެ ބުއްޅަބެޔެއް ހަމަ ތިކަހަލަ ކިނބުލެއް އޮޅުކޮއްގެން ، އެސޮރުވެސް ޔެލޯ ކުލަދެކެ ވަރައްލޯބިވާނެ.

    17
    2