ފައިސާ ހޯދަން ކޮންމެ ފަދަ މަސައްކަތެއްވެސް ކުރާނެ ބަޔަކުވެސް ތިބޭނެއެވެ. ކުރެވެނީ ރަނގަޅު އަދި ބޭނުންތެރި މަސައްކަތެއް ނަމަ އެއީ މައްސަލައެއް ނޫނެވެ. މި އަންހެން މީހާއަކީވެސް ތަފާތު މަސައްކަތެއް ކޮށްގެން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ މީހެކެވެ. އޭނާއަށް ހަފްތާއަކު 600 ޑޮލަރު (9،216ރ) ހޭދަ ލިބެއެވެ.

އޮސްޓްރޭލިއާގެ ޓިކްޓޮކް އިންފްލުއެންޒާއެއް ކަމަށްވާ އެމިލީ ބްރޯގަން ބުނާގޮތުން އޭނާއަށް ހަފްތާއަކު 9،000 ރުފިޔާ ލިބެނީ މުއްސަނދިންގެ އަލަމާރިތައް ރީތިކޮށްދީ ކަންކަން ކޮށްގެންނެވެ.

ބްރިސްބޭން މީހުން އެމީހުންގެ ފޭސްބުކް ގުރޫޕްތަކަށް ގޮސް އެމިލީގެ ހާއްސަ ހިދުމަތްތައް އިޝްތިހާރުކޮށްފައިވާއިރު، އޭގެ ތެރޭގައި ކަޕަޑްތައް އިންތިޒާމުކުރުމާއި އަލަމާރި އަދި ޕެންޓްރީ ފަދަ އެއްޗެހިތައް އިންތިޒާމް ކުރުމެވެ.

މިއާއެކު އޭނާއަށް އެތައް މުއްސަނދި އަންހެނެއްގެ ހުށަހެޅުންތައް އޮހިގެން ދިޔައެވެ.

ލަންޑަންގައި ދިރިއުޅޭ އެމިލީ އޭނާގެ ޓިކްޓޮކް އޯޑިއަންސަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ "އަހަރެންގެ އޯސީޑީ ހުރޭ. އިންތިޒާމްތައް ކުރަން އަހަރެން ވަރަށް ލޯބިވޭ، ލަންޑަނަށް ބަދަލުވުމުގެ މި ހުވަފެން އެބައޮތް، އެކަމުގައި އެހީވާން ބޭނުންނަމަ އަހަރެންގެ ބޭނުން ހިފާ. އަހަރެން އެކަމަށް ނަގަނީ ގަޑިއަކު 50 ޑޮލަރު" ކަމަށެވެ.

އޭނާ މިކަމުގައި ބޮޑަށް އެހީވަނީ މުއްސަނދި މަންމައިންނަށެވެ. އޭނާގެ އަގާއި ގުޅޭގޮތުން ފާޑު ކިޔާ ތަފާތު ވާހަކަތަކެއް ދެއްކި ނަމަވެސް، އޭނާއަށް އޮތް ޑިމާންޑް ކުޑައެއް ނޫނެވެ. ގަޑިއިރަކަށް އޭނާއަށް 50 ޑޮލަރު ދީގެން މަސައްކަތް ކުރުވާ އެތައް މަންމައިން އެބަ ތިއްބެެވެ. އަދި އޭނާ އަބަދުވެސް ބުކް ކޮށްފައި ހުންނަ ކަަމަށްވާއިރު، މިއީ އޭނާގެ ރަސްމީ ވަޒީފާގެ ވަކިން އޭނާއަށް ލިބޭ ފައިސާ ތައް ކަމަށް ބުނެފައި ވެއެވެ.