އޭޑީކޭ ކުރިމަތީގައި ދެ ޓިކްޓޮކް ތަރިން ތަޅައިގަތުމަށްފަހު، މިހާރު ޓިކްޓޮކްގައި ކުރިއަށްގެންދާ ލައިވްއެއްގައި މީހުން މަރަން ގޮވާލައިފިއެވެ.

ޓިކްޓޮކްގައި ނެށުމުގެ ހަރަކާތްތައް ދައްކަމުންދާ ސޫއްޓެ އާއި ރަމިއްޓޭ މާލޭގެ އޭޑީކޭ ކުރިމަތީގައި ތަޅައިގަންނަ މަންޒަރު ފެންނަ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާއްމު ވެފައެވެ.

އޭގެ ފަހުން މިހާރު ޓިކްޓޮކްގައި ބައެއް މީހުން ލައިވްއަކަށް ވަނީ އަރައިފައެވެ. މި ލައިވްއަކީ ޝާހިލް ނަމަކަށް ކިޔާ މީހެއްގެ ލައިވްއެކެވެ. މި ލައިވްގައި އެކި ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކަމުންދާއިރު، ދެ މީހުންވެސް ޖެހި ކަމަށްވެސް ލައިވްގައި ވާހަކަ ދެކެވިގެން ގޮސްފައި ވެއެވެ.

އަދި ޓިކްޓޮކް އެންމެން އެއްގަލަކަށް އަރަން ގޮވާލާފައި ވެއެވެ.

އެ ވާހަކަތަކުގެ ތެރެއިން އެކަކު ވަނީ ދެރައީ މަރާނުލުމުން ކަމަށްވެސް ބުނެފައެވެ. އަދި ތަޅައިގަނެފި ނަމަ އެކަކު މަރުވާން ޖެހޭނެ ކަމަށްވެެސް ބުނެފައިވާއިރު، މަރުކަޒަށް ގެންދަން ޖެހޭ ވަރު ކުރަން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މިރޭ ޓިކްޓޮކް ދެ ތަރިން ތަޅައިގަތީ ކޮން މައްސަލައަކާއި ގުޅިގެންކަން ސާފެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކޮންސްޓޭ

    މިވެސް ދެން ހަބަރެއް؟

    17
    2
  2. އަޝްރަފް

    ރާއްޖޭގެ ޓިކްޓޮކްގެ ސްޓާރުން ތެރޭގައި އުޅެނީ މުޅިންވެސް ސްޓާރުންނަށް ވާންއުޅޭ އަންހެންދުޅާ ފާޑުގެ ފިރިހެނުން. ފާޑުފާޑުގެ އަންހެންދުޅާ ނެށުންނޫނީ ނުފެނޭ. މިއީ ޓިކްޓޮކްގެ ބޭނުން ރަގަޅުގޮތުގައި ބޭނުންހިފަނީ ނޭގޭބައެއް. ބޭރުގެ ދުނިޔޭގައި ޓިކްޓޮކްގެ ބޭނުންކުރަނީ މަސައްކަތްތަކެއް ދަސްކޮށްދޭން. ރާއްޖޭގައި ޓިކްޓޮކްގެ ބޭނުންކުރަނީ މުޅިން ގޯސްކޮށް

    26
    2
  3. ދިދަ ދަނޑި

    ތަރިންނޯ.. ބޯބުރާންތިން އެއީ..

    27
    1
  4. ވގތ އނވސޓރ

    މި ހަބަރު ލިޔުން މީހަކު އަންގާލަދިނުން އެދެން.

    10
    3
  5. ބުނެބަލަ

    ތަރި އެކޭ .ލޮލް

    10
  6. ކޮސް

    ޓިކްޓޮކުން އެނގުންކަމަކީ މީހުންގެ މަސްކެއުމާ ހަސަދަލުމުގައި ދިވެހި ފިރިހެނުން ކުރީގައި އުޅޭކަމޭ

    11