މީސް މީޑިޔާ ބޭނުންނުކުރާ މީހަކު ނުހުންނާނެ ބުނުމުންވެސް ގޯހަކަށް ނުވާނެއެވެ. ރައްޓެހިންނާއި އާއިލާ މީހުންގެ އިތުރުން ގިނަބަޔަކު ބޭނުންކުރާ މީސް މީޑިޔާއަށް ކެއުުމުގެ ކުރިން ފޮޓޯ ލުމަކީ އާންމުކަމެކެވެ. އަދި ހާއްސަކޮށް އިންސްޓަގުރާމް ކުރާކަން ފާހަގަކޮށްލެވެ.

ކާއެއްޗެހީގެ ފޮޓޯ މީސް މީޑިޔާއަށް ލާނަމަ ފަލަވާނޭ ބުނުމުން ގަބޫލުކުރަން ދަތިވާނެއެވެ. އެކަމަކު މިއީ ހަޤީޤަތެވެ. މީސް މީޑިޔާއަށް ފޮޓޯލަނީ ގިނަބަޔަކަށް ދެއްކުމަށް ނުވަތަ ގިނަ ލައިކް ހޯދުމަށެވެ.

ސްމޫތީ ތައްޓަކަށްވުރެ އޯޓްތައްޓަކަށް ދޮންކެޔޮލާއި ޗޮކްލެޓްފަދަ ތަކެތިއަޅާ ޒީނަތްތެރިކޮށްލުމުން ލިބޭ ލައިކް ގިނަވާނެއެވެ. އަދި ލައިކްގިނަ ކުރުމަށް ހަމައެއް ލަމައެއް ނެތި ކާންޖެހޭ މިންވަރަށްވުރެ ގިނައިން އެއްޗެހި އަޅާ ފޮޓޯނަގައެވެ. އަދި އެންމެ ޕޭންކޭކް އަަކަށްވުރެ ބައިވަރު ޕޭންކޭކްލައިފައި ސްޓޯބެރީކޮޅެއްއަޅީމަ މީހުންގެ ލޯތަށް އަޅައިގަންނަލެއް އަވަސްކަން ފާހަގަކޮށްލެވެ.

ކާތަށި ރީތިކޮށްލަން އަޅާ ތަކެތި ވަކި މިންވަރެއްނެތި އެޅުުމުން އެ ތައްޔާރުކޮށްލެވެނީ ފައިދާކުރި އެއްޗެހިން ކެލޮރީސް ގިނަ ކާނާއެކެވެ. މީހާ ފަލަވުމަށް ދިމާވާ މައިގަނޑު ސަބަބަށް ވަނީ މިހެންވެއެވެ.

ހެލްތް ބުލޮގަރު އަމަންޑާ މެއިކްސްނާ ބުނިގޮތުގައި ބަރުދަންލުއިކޮށް ހުންނަން ބޭނުންވާނަމަ ކާއެއްޗެހި ބޭނުންކުރަންޖެހޭ މިންވަރު ރަނގަޅަށް ދެނެގަންނަންވާނެ ކަމަށެވެ. އަދި އިންސްޓަގުރާމުން ފެނިގެންދާ ތަފާތު ކެއުމުގެ "ޓްރެންޑްތައް" ފެނުނު ނަމަވެސް އެތަކެތި ހުންނަނީ ކެއުމުގައި ބޭނުންކުރަންޖެހޭ ވަރަށްވުރެ އިތުރަށްކަމަށް އަމަންޑާ ބުންޏެވެ.

އެހެންކަމުން ގިނަ ލައިކް ހޯދުމުގެ ގޮތުން ހުންނަންޖެހޭ ވަރަށްވުރެ އިތުރަށް ތައްޓަށް އަޅާ ތަށި ރީތިކުރުމުގެ ބަދަލުގައި އެއެއްޗަކުން ހަށިގަނޑަށް ފައިދާ ލިބޭ މިންވަރަށް ކެއުމަށް އަމަންޑާ ބުނެފައި ވެއެވެ.