ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސް މީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އިންސްޓަގްރާމްގައި ކުރިއަށް ގެންދިޔަ ގިވްއަވޭ ނިމުނު ނަމަވެސް އެގިވްއަވޭ އާއި ގުޅޭ ގޮތުން ދައްކާ ވާހަކަތައް ނިމޭ ގޮތެއް ނުވިއެވެ. މިހާރު އެންމެ ބޮޑު މައްސަލައަކީ ފާޒިލް ހަދިޔާތައް ދިނީ ވުޖޫދުގައި ނެތް މީހަކަށް ކަމަށް ބައެއް ފަރާތްތަކުން ކުރާ ތުހުމަތުތަކެވެ.

ފާޒިލް އިއުލާން ކޮށްފައިވާ ގޮތުގައި އިނާމު ލިބުނީ އައިޝަތު ޝަރުމީލާ ކިޔާ މީހަކަށެވެ. ނަމަވެސް ސުވާލު އުފައްދާ މީހުން ބުނާ ގޮތުގައި ޝަރުމީލާގެ ނަމުގައި އިން އިންސްޓްގްރާމް އެކައުންޓަކީ ފޭކް އެކައުންޓެކެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އެއީ ފާޒިލްގެ ކޮންމެވެސް ބައިވެރިވުމެއް އޮވެގެން ހިންގާ ފޭކް އެކައުންޓަކަށް ވުން ގާތެވެ.

ޝަރުމީލާ އަކީ ކާކުތޯ ދެނެގަންނަން އެތައް ބަޔަކު ވަނީ އެހެން މީހުންގެ އެހީތެރިކަމަށް އެދިފައެވެ. ބައެއް މީހުން އިންސްޓްގްރާމް ސްޓޯރީތަކުގައި ވެސް ޝަރުމީލާގެ މިއުޗުއަލް ފްރެންޑެއް ހުރި ނަމަ އެކަން އަންގައި ދިނުމަށް އެދިފައިވެއެވެ. ބައެއް މީހުން ފޭސްބުކްގައި ދިގު ޕޯސްޓްތައް ލިޔަމުން ދާއިރު އަނެއް ބަޔަކު ގެންދަނީ ޓްވިޓާގައި ވެސް ޝަރުމީލާ ފެނޭތޯ އަތްފުނާ އަޅަމުންނެވެ. ނަމަވެސް އަދި ޝަރުމީލާގެ އެއްވެސް ޚަބަރެއް ނުވެއެވެ.

ގިވްއަވޭގައި ފާޒިލް ދިން ހަދިޔާ ތަކުގެ ތެރޭގައި މެކްބުކް އެއާ ގޯލްޑަކާއި، 512 ޖީބީގެ އައިފޯން އެކްސް އެސްއެއް އަދި އެއާޕޮޑެއް ހިމެނެއެވެ. މީގެ އިތުރުން ގިފްޓް ހެމްޕާގައި މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ވިކްޓޯރިއާ ސީކްރެޓްސް، ގޫޗީ، ޖޯރޖިއާ، އަރްމާނީ، ޑިއޯރ ފަދަ ބްރޭންޑްތަކުގެ ތަފާތުތަކެތި ވެސް ވަނީ ދީފައެވެ.

ޝަރުމީލާ އަކީ "ފޭކެއް" ކަމަށް ބައެއް މީހުން ބުނި ނަމަވެސް އެކަން ދޮގު ކުރާ ބަޔަކު ވެސް އެބަތިއްބެވެ. އެފަދަ މީހުން ހެއްކެއްގެ ގޮތުގައި ދައްކަނީ "ސަން" އޮންލައިނަށް ޝަރުމީލާ ދީފައިވާ ކަމަށް ބުނާ އިންޓަވިއު އެކެވެ. ފާޒިލްގެ ހަދިޔާތައް ލިބުމުން ޝަރުމީލާގެ އިހްސާސްތައް އެނޫހަށް ވަނީ ކިޔައި ދީފައެވެ.

ނަމަވެސް އެއީ ވެސް ޝަރުމީލާގެ ނަމުގައި އެހެން މީހަކު ދިން އިންޓަވިއުއަކަށް ނުވާނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

ޝަރުމީލާގެ ބަހެއްގެ އިންތިޒާރުގައި ތިބި އެންމެ ވެސް މިހާރު އެދިއެދި ތިބީ އެންމެ ކަމަކަށެވެ. އެއީ ފާޒިލް ދިން ހަދިޔާތަކާއި އެކު އޭނާ އެންމެ ކުޑަމިނުން އިންސްޓްގްރާމްގައި ސްޓޯރީއެއް އަޕްޑޭޓް ކޮށްލުމެވެ. ޝަރުމީލާގެ ނަމުގައި ހިންގަމުން ގެންދަނީ ފޭކް އެކައުންޓެއް ނޫންކަން ސާބިތު ކޮށްދިނުމާއި އެކު މިބަހުސް ނިމޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. ކަލޯ

    ލޮލް. ތިޝަރުމީލާގެ ފޮޓޯއެއް ވެސް ޖަހާލަން ނުކެރުނު

    74
  2. ކަޓޭ

    ސުބުހާނަﷲ ތިއީ އަންހެނެއްތަ. ފަހު ފޮޓޯ ފެނުމުން މަޝްހޫރު ފެހުންތެރިއާ ހަނީ މަތިން ހަނދާންވީ .
    މިދިޔަ އަހަރު ފިލްމީ އެވޯޑު ދިނުމުގެ ހަފްލާއެއްގައި ވެސް ތިކަހަލަ މަންޒަރެއް ފެނުނު
    . އެމައްސަލަ މީޑިއާގައި ވަރަށް ހޫނުވި. ޢެކަމަކު އެފަހަރު އަންހެނެއް ފިރިހެން ކޯޓު ފަޓުލޫނާއި ބޫޓުގައި .

    43
    18
    • XD

      ބަލަ އެއީ މީމް އެކޭ ޝަރުމީލާއެއް ނޫނޭ.

      69
      4
    • ޢިލްމު ފެތުރުމަކީ ސުންނަތެކެވެ

      އެއީ ހަދާފަ ހުރި ފޮޓޮއެއް، އިނގިރޭސިބަހުން އެކަހަލަ ހެއްވާ މަޖާ އެޑިޓްތަކަށް ކިޔަނީ ‘މީމް’

      58
    • ސަރުމީލާ

      ކަލޯ އެއީ އެޑިޓެއް. ލޮލް

      52
      2
    • ނަން

      ?????

      26
      1
    • ނިފޫ

      ވިސްނާލާ މިވެސް ވޯޓު ލުމުގެ ހައްގު އޮންނަ މީހެއް

  3. ފިޓް ފާޒިލް

    އިޓްސް ނޮޓް މީ އަޅެ!!!

    28
  4. ޅަތީފާ

    ހާދަ މުސްކުޅި ސޮރެއް މިއޮއްހާދުވަހު ތުނބުޅި ކަޅުކޮއްގެން ތުއިވާން ދޯއުޅުނީ ލޮލް ކޮބާހޭ ސަރުމީލާ

    39
    2
  5. ހިޔާލު

    މާތްކަލާކޯ މިސޮރު އުޅޭ ވައްތަރެއް! އަންހެން ހެދުމެއްގައި ލަދުވެސް ނެތް

    20
    19
    • ވާނުވާ

      ޢެެއީ ހަދާފައިން ފޮޓޯއެއް. ލޮލް

      14
      2
  6. ބޯބުރާންތި

    އެއްޗިއްސާހެދި އުޅުނަސް މީ ދެން ބޮޑުވަރެއް....ދުނިޔެ ދޯ ހުރިހާ ވެސް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއްޗަ ކީ ކަލޭނޭ....ދެން މަގޭ އައިޕީ ހޯދަން ވަގުތު ނޫހަށް ދޭ؟

    24
    1
  7. ނިގަރ

    ނިގަރ

    18
    5
  8. މޮހޮނު

    ލޮލް، އަތައް ގޮވީ

    20
  9. ކާފީ

    މީގެން ދޭހަވަނީ ތިމާގެ ނެއްފެންވަރު ދައްކާފި ކަމެވެ.

    28
    1
  10. ކާފޫރު ހަސަން

    މިކަހަލަ މައްސަލަތައް ފުލުހުން ބަލައި ދޭންޖެހޭނެ. އަސްލު މީ ވަރަށް ބޮޑު މައްސަލައެއް.

    28
    2
    • ޝަރުމީލާ

      ކައެއަށް ވި ގެއްލުމަކީ ކޮބާ؟

      3
      28
  11. ޝަރުމީލާ

    ކޭ ޖޭވީ ދޯ???????????

    14
    1
  12. ލޮލް

    ފާޒިލް ވަރަށް ރަނގަޅަށް ދަންނަން. ފޭކް ފޮލޯވާރސް ގަނޭ އޭނަ. ގިވް އަވޭ ވެސް ފޭކް

    26
  13. ދަރަނި ދަންތުރަ

    ދުނިޔެ ރަންވެގެން ކަލޭމެން އުޅޭ ފާޒިލް ކަލޭމެން ގުބޯ ހައްދަނީ..

    23
  14. އިންސްޓަ ބޮޓް

    ފާޒިލް ކައެ ކިހިނެއް ތި ހެދީ އަޅެ ?
    އަލުން ގުރުއަތު ލާންވީނު

    11
  15. އިޙްސާން

    ޝަރުމީލާ ދޫކޮށް ޤުރުއާ ން ކިޔާ އާޔަތްތަކުގެ މާ ނަ ދެ ނެގަ ނެ އެޔާ އެއްގޮތަށް ޢަމަލުތައް ބައްޓަ ން ކުރު ން ތި ޝަރުމީލާ ގެ ހަޤީޤަތް ހޯދުމުގައި ވަގުތު ބޭކާރުކޮއްލުމަށް ވުރެ ބުއްދިވެރި.....
    ތިމާޔާއި ނުބެހޭ ކަ ންތައް ދޫކޮއްލުމީ އިސްލާމްކަމުގެ ރިވެތި ކަމުގެ ތެރެއި ން ވާ ކަމެއް.......ތިކަހަލަ ބިދުޢަވެރި ޝައިޠާ ނާ ގެ ގޭމުތައް މިހާރު ން މިހާރަށް ހުއްޓާލާ....
    ފޮލޯވަރު ން ގި ނަ ކޮއްގެ ން ޒާތީ ތަޢައްސުބާއި އެސްފީ ނާ ޖެހި ނަފްސާ ނީ ބަލިމަޑުކަމެއްގެ ތެރެޔައް ދިއު ން ނޫނ ންގޮތެއް ނުވާ ނެ .....ވާހަކަ ދެ ން ޖާހިލު ނންނ ނަށް ......އަދިވެސް އެއްވާހަކަ ބު ނެފާ ނަން

    12
    1
    • މީރާ

      އަމިއްލަގެއެއް ހުރޭ ދޯ؟

      6
      1
  16. އަސްތާ

    އަހަރެންވެސް ފިޓުފާޒިލުގެ ކަންތަކާ ފުރަތަމަ ދެކޮޅު. އެކަމަކު ލޫކަސް ޖަލީލު އޭނާޔާ ޖެހިގަން ތަން ފެނިފަ މިހާރު ސައްކު ވެއްޖެ. ވެދާނެ ފާޒިލުގެ އަގު ވައްޓާލަން ލޫކަސްމެން ގުރޫޕު ދިން ލަނޑކަށްވެސް. ލޫކަސް ކައިރިވެއްޖިއްޔާ އެކަހަލަ ކަމަކާ ވައްތަރީ.

    1
    3
  17. ސާހިދު

    މީ ސިކުޑި ހަމަޖެހޭ ބައެއްތަ

    3
    1
  18. ފިޓު

    ކަލޯ އަތަށް ގޮވީތަ؟ހަހަހަ

  19. ޑަބްލިއު ޑަބްލިއު އީ

    އެ ޝަރުމީލާއޭ ކިޔާ މަންޖެ އުޅެނީ ޖޯން ސީނާ މެންގޭގަޔޯ. ޖޯން ސީނާމެންގެ ހޯދަބަލަ އޭރުން ތެދެއްދޮގެއް އެނގިދާނެ ދޯ.

    2
    1