އަހަރެމެން ތެރޭގައި ނޭނގި ނަމަވެސް ކުރެވޭ ވަރަށް ނުބައި ކަމެއް އޮވެއެވެ. އެއީ ކޮއްޅަށް ހުރެގެން ފެން ބުއިމެވެ. މިއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމް ދީނުގައިވެސް ބަޔާން ކޮށްފައިވާ ގޮތެއް ނޫނެވެ. އެއީ އެކަމުން އަހަރެމެންގެ ހަށިގަނޑަށް ނޭދެވޭ އަސަރުތަކެއް ކުރާތީއެވެ.

މިކަމުން ނޭދެވޭ އަސަރުތަކެއް ހަށިގަނޑަށް ކުރާކަން ސައިންސްވެރިން ކުރަމުންދާ ދިރާސާތަކުންވެސް ދަނީ މެދު ކެނޑުމެއް ނެތި ހާމަވަމުންނެވެ. މިގޮތުން ކޮއްޅަށް ހުރެ ފެން ބުއިމުން ހަށިގަނޑަށް ލިއްބައިދޭ ފައިދާ އަށް ވުރެން ބޮޑަށް ގެއްލުން ވެއެވެ.

މިގޮތަށް ފެން ބުއިމުން ފެންތައް ބަނޑު ތެރެއަށް ދަނީ އެއްވެސް ކަހަލަ ފިލްޓްރޭޝަން ބަޔަކާއި ނުލައި ވަރަށް ބާރު ދުވެއްޔެެއްގައެވެ. އަދި މިގޮތަށް ކަންތައް ކުރުމުން ގިނަ ފަހަރަށް ކަރު ހިއްކުންވެސް ފިލައިގެނެއް ނުދާނެއެވެ.

މީގެ އިތުރުން، މިހެން ފެން ބުއިމުން ހުޅުތައް ބޮޑުވުމަށް މަގުފަހިވެ، ހުޅުތަކުގެ މައްސަލަތައް ފަސޭހައިން ޖެހެން މެދުވެރިވެއެވެ. ސައިންސްވެރިން ވެސް ބުނަނީ ކާ އެއްޗެއްސާއި ފެން ހަށިގަނޑަށް އެތެރެ ކުރާއިރު ވީހައިވެސް ލަސް ލަހުން އެކަން ކުރުމަށެވެ.

އިސްލާމް ދީނުގައި ބަޔާން ކުރައްވާފައިވާ ކޮންމެ ކަމެއްގެ ފަހަތުގައިވެސް ހިކުމަތެއް ވެއެވެ. އެގޮތަށް އަމަލު ކޮށްގެން އަހަރެމެންނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ހާމަ

  ގިނަފަހަރަށް މިކަހަލަ ރަނގަޅު އާދަތައް އިސްލާމްދީނުގައި އޮތަސް އެއީ ވަރަށް ކުޑަކަމޭކޭހިތާ ފަރުވާކުޑަކޮށްލެވެނީ، އަދި އޭގެ ހިކުމަތަކީ ކޮބައިކަންވެސް ބަލާލުމަކަށް ޝައުގެއް ނުހުރޭ. ފުރިހަމަ މުސްލިމަކަށް ވުމަށްޓަކާ އިސްލާމްދީން ދަސްކުރުމަކީ ވަރަށް މުހިންމުކަމެއްގޮތުގައި ދެކެންޖެނީ، އަހަރެމެން ހެއްދެވި ފަރާތުން އަހަރެމެން އުޅެންވީގޮތާ ނޫޅެންވީގޮތް ވަރަށް ފުރިހަމައަށް ބަޔާންކޮށް ދެއްވާފައި ވުމެވެ.

  55
 2. ގުޑި

  ކަލޭ ނުބުއިމަ ނިމުނީނު

  4
  97
 3. ?

  ?

  35
  1
 4. ސަލާމް

  ކޮޅައްހުރެ ފެންބުއިން ރަސޫލާ ﷺ ވަނީ މީގެ އެތައްހާސް ގަރުނެއްކުރިން މަނާކޮށްފަ. ސައިންސްވެރިން ތިކަމެއް އެނގުމުގެ ކުރިން އެކަންވަނީ ރަސޫލާގެ ސުންނަތުގެ ތެރެއިން. ވަﷲ އައުލަމް

  28
 5. ޓައްޕު

  ކޮޅަށް ހުރެެން ފެން ނުބުއިމަށް މާތް ސާހިބާ އަލައިހިއްސަލާތު ވައްސަލާމް ވަނީ އިރުޝާދު ދެއްވާފަ ހުރިހާ ރަނގަޅު އާދައެއްވަނީ އިސްލާމްދީނުގައި

  24