ލެޖެންޑްރީ ބޮލީވުޑް ކޮރިއޯކްރާފާ ސަރޯޖް ޚާންއަށް އަށް ކާޑިއެޑް އެރެސްޓެއް ޖެހިގެން މަރުވެއްޖެއެވެ.

އޭނާ މަރުވެފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މަރުވިއިރު އޭނާގެ އުމުރަކީ 71 އަހަރެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މިދިޔަ މަަސް ތެރޭގައި އޭނާ ނޭވާލާން އުނދަގޫވެގެން މުމްބާއީގެ ގުރޫ ނަނަކް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށިއެވެ.

އޭނާ ފުރަތަމަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފެށީ ޖޫން މަހުގެ ފަހު ހަފްތާގައެވެ. އޭނާ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ކޮވިޑް-19 އަށް ޓެސްޓުކޮށްފައި ވެއެވެ. އެހެން ނަމަވެސް ނަތީޖާ ވަނީ ނައްސިވެފައެވެ.

ސަރޯޖްއަކީ ހިންދީ ފިލްމީ އިންޑަސްޓްރީގައި މަޝްހޫރު ކޮރިއޯގްރާފަރަކެވެ. އޭނާއަކީ ބޮލީވުޑްގެ މާސްޓާޖީގެ ގޮތުގައިވެސް ގިނަބަޔަކު ފާހަގަކުރެއެވެ. އޭނާ ވަނީ 2000 އަށްވުރެ ގިނަ ލަަވައަށް ކޮރިއޯގްރާފަރުކަން ކޮށްދީފައެވެ،

އޭނާ އެ ދާއިރާއަށް ނުކުމެފައި ވަނީ 1970 ގެ އަހަރުތަކުގައެވެ. އަދި އޭނަ މަޝްހޫރުކަން ހޯދީ 1980ގެ އަހަރުތަކުގައެވެ. އެއިރު އޭނާ ސްރީދޭވީގެ ލަވަތައް ޑައިރެކްޓްކޮށްދީފައި ވެއެވެ. އަދި ފަހުން މަދުރީ ގެ ލަވަތައްވެސް ޑައިރެކްޓްކޮށްދީގައެވެ.

މީގެ ތެރެއިން ސްރީދޭވީ ފެނިގެން ދިޔަ ހަވާހާވާއީ ލަވައަކީ އާއްމުންގެ މެދުގައި މަގްބޫލު ލަވައެކެވެ.

އޭނާ ވަނީ ބައެއް ފިލްމްތަކުގައިވެސް މަސައްކަތްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު