ފޮޓޯޖެނިކްކަމަށް ނަން މަޝްހޫރު ޗެކް ރިޕަބްލިކްގެ ޒުލެއްގައި ދިރިއުޅޭ ރާމާމަކުނުގެ ބާވަތެއްކަމުގައިވާ މި ގޮރިއްލާއަކީ އެ ޒުލަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ވަރަށް މަގުބޫލު ޖަނަވާރެކެވެ. ސިލްވާރބެކް ގޮރިއްލާއެއްކަމުގައިވާ ރިޗާޑް އަކީ އިންސާނުންނެކޭ އެއްވަރަކަށް މޮޑެލް ކުރުމުގެ ހުނަރުވެރިކަމެއް ލިބިފައިވާ ޖަނަވާރެއްކަމުގައި ރިޗާޑްގެ ނެގިފައިވާ ފޮޓޯތަކުން ވަނީ ދައްކުވައިދީފައެވެ. ރިޗާޑް ކެމެރާއަށް ޕޯސްކުރާއިރު ގިނަ ފަހަރަށް ހީވަނީ ހަމަ އިންސާނެއް ހެންނެވެ.

ރިޗާޑް އަކީ އަށް ދަރިންގެ ބައްޕައެކެވެ. އަދި އޭނާ އަމަލުތައް ހުންނަ ގޮތުން އޭނާގެ ފޮޓޯ ނަގަން މީހުން އުޅޭކަން އޭނާއަށް އެނގޭކަމަށްވެސް ހީކުރުމަކީ ދޮގަކަށް ނުވާނެއެވެ. އާދަޔާޙިލާފް އެކި އެކި ޕޯސްތަކަށް ފޮޓޯ ނެގުމަށް ރިޗާޑް ލޯބިކުރާއިރު އޭނާ ޖައްސާ އާރުކާޓީތަކަކީ ޒުލަށް ޒިޔާރަތްކުރާ ގިނަ ބަޔަކު އޭނާގެ އެންކްލޯޝާރ ކައިރިއަށް އެއްވާ މައިގަނޑު އެއް ސަބަބެވެ.

ރިޗާޑްގެ ފޮޓޯ ނަގާތާ ދިހަ އަހަރުވެފައިވާ ލޫސީ ސްޓެޕްނިކޯވާ ބުނާގޮތުގައި ރިޗާޑް އުޅޭ ގޮތުން އޭނާ އިންސާނަކާއި ވަރަށް ވައްތަރެވެ. އޭނާގެ އާދަޔާޙިލާފް އަމަލުތަކުން އޭނާ ސޯޝަލް މީޑިޔާގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު ގިނަ ބަޔަކު ވަނީ އޭނާއަކީ ވަރަށް ރީތި ރާމާމަކުނެއްކަމުގައިވެސް ބުނެފައެވެ.

އަދި ގިނަ ބަޔަކު އޭނާގެ ފޮޓޯ ނެގުމަށް ލޯބިކުރާކަމަށްވެސް ވަނީ އާންމުވެފައެވެ. ރިޗާޑް އަކީވެސް އޭނާއަށް ޒުލަށް އަންނަ ފަތުރުވެރިންގެ ކިބައިން ލިބޭ ސަމާލުކަމަށްޓަކައި ކެތްމަދުވެފައިވާ ޖަނަވާރެއްކަމުގައި ޒުލުގެ އޮފިޝަލުން ބުނާއިރު އޭނާ އަބަދުވެސް ފޮޓޯ ނަގާއިރު ބަލަނީ އެންމެ ރީތިކޮށް ހުރެވޭތޯއެވެ. އެ ސަބަބުތަކަށްޓަކައި އޭނާއަކީ ޗެކް ރިޕަބްލިކްގެ ޕްރާގް ޒުލުގައި ދިރިއުޅޭ އެންމެ މަގުބޫލު ޖަނަވާރޭ ދެންނެވުމަކީވެސް ދޮގަކަށް ނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލުލޫ

    ކޮލްގެޓު އިސްތިހާރެއް ކުޅެލަން ރަނގަޅުވާނެ..

    12
  2. aarukaatee

    Aarukaatee mi bahuge maana bas fothun bellevun rangalhu furathama. Mi thanugai liyuntheriyaa beynun kuran ulhefa othy charukeys mi bahuge maanaiga kamah fennany.