ރޭޕް ކުރުމާއި ޖިންސީ ގޯނާ ކުރުމާއި ދެކޮޅު ކަމަށް ދިވެހި ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އިން ބުނެފިއެވެ.

އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓުތައް މެދުވެރިކޮށް ބުނީ މިފަދަ ކޮންމެ ކަމެއްގައި އެމްއެފްއޭ އިން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ.

އެ ޖަމިއްޔާއިން މިފަދައިން ބުނެފައި މިވަނީ ދެބެންގެ ދެދަރި ކޮއްކޮ ރޭޕް ކުރިކަމުގެ ތުހުމަތުތައް ކުރެވޭ ޖުމައްޔިލް ނިމާލްގެ މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. އެކަމުގެ ސަބަބުން އޭނާ މަސައްކަތް ކުރަމުން އައި ޑާކްރެއިން އެންޓަޓައިންމެންޓުން ބުނެފައިވަނީ، ޖިންސީ އަނިޔާއަށް ހިތްވަރު ނުދޭނެ ކަމަށެވެ. އަދި އޭނާ ވަނީ އެ ކުންފުނީގެ ހުރިހާ ކަމަކުން ވަކި ކޮށްފައެވެ.

ޖުމައްޔިލްގެ ރޭޕްގެ މައްސަލާގައި، ކުރިންވެސް ގިނަ މައުލޫމާތުތަކެއް ޑާކްރެއިންއަސް އެނގިފައި އޮތް ކަަަމަށް ރޭޕްގެ ޝިކާރައަކަށްވި ޒުވާނާ ބުނެއެވެ. އެ ޒުވާނާ މިގޮތަށް ބުނެފައިވާއިރު، އެ ވާހަކަތައް އޮއްބާލީ ކިހިނެއްކަމެއް ނޭނގެއެވެ. އެއިރު ޖުމައްޔިލްގެ ބާރާއި އޭނާގެ ބައްޕަގެ ބާރު ފިލްމީ ދާއިރާގައި ގަދައީއެވެ. ނަމަވެސް އެ މީހުންގެ ބާރު ކެނޑި އާއްމުންގެ ބާރު ގަދަވެ، ޑާކްރެއިންއަށް އެންމެ ފަހުން ޖެހުނީ ގޮތެއް ނިންމާށެވެ.

ޖުމައްޔިލް 2016 ވަނަ އަހަރު އޭނާގެ ކޮއްކޮ ރޭޕް ކުރި މައްސަލަ ފެންމަތީވީ މީގެ ދެދުވަސް ކުރިންނެވެ. އޭގެ ކުރިން އިތުރު އަންހެނަކު ވެސް ވަނީ ޖުމައްޔިލްގެ ޖިންސީ ގޯނާތައް ލިބުނު ކަމަށް ބުނެފައެވެ. އަދި އިތުރު ބައެއް މީހުން ވަނީ ޖުމައްޔިލްގެ ފަރާތުން ހުތުރު މެސެޖްތަކާއި ފޮޓޯތައް މީސް މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ލިބިފައިވާ ކަމަށް ބުނެފައެވެ.

ޖުމައްޔިލްގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ޓްވިޓާ އާއި އިންސްޓްގްރާމް އިން އޭނާ އަންފޮލޯކޮށް، ނުވަތަ ބްލޮކް ކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. އެގޮވާލުންތަކުގެ ސަބަބުން އެއް ދުވަސް ތެރޭގައި ގާތްގަނޑަކަށް 300 ވަރަކަށް ފޮލޯވާސް ޖުމައްޔިލަށް ޓްވިޓާ އިން ވަނީ ގެއްލިފައެވެ.

ޖުމައްޔިލް ކުޅެ، އަދި ސިނަމާތަކަށް ނާންނަ ފިލްމްތައް ބޮއިކޮޓް ކުރަން ވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލަން ފަށާފައެވެ. އެފަރާތްތަކުން ބުނާ ގޮތުގައި ޖުމައްޔިލްގެ ފިލްމުތައް ސިނަމާތަކަށް އަންނަ ނަމަ އެފިލްމުތައް ބޮއިކޮޓް ކުރަން ގޮވާލާ ކެމްޕޭންތައް އިތުރަށް ވަރުގަދަ ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައި ރިޖެކްޓް

    ކިތަންމެ ވަރަކަށް ދެކޮޅޭ ފަޅޮޅޭ ކިޔަސް ރޭޕް ކުރާ މީީހުންނަކީ ތިމާގެ މީހުންނަށް ވީމާ ހިމާޔަތްކުރާ ސިޔާސީ ފަރާތްތަކަށް ވޯޓުއަޅާ ސަޕޯޓްކުރަންޏާ، ފިލްމީ އެސޯސިއޭޝަނަސްއަށް ވިޔަސް އެހެން ބަޔަކަށް ވިޔަސް އެމީހުންނަކީ މުނާފިގުކަންމަތީ ރޭޕިސްޓުން ހިމާޔަތް ކުރާ ބައެއް. މިކަން ހަދާނުގައި ބަހައްޓާ.

  2. ކާފަ

    ޒިނެކުރުމޯ؟؟؟؟

    4
    1
  3. އެމަންޖެ

    ތީރޯބުހުތާނު ދޮގެއް.