ކުޑަކުދިން ދެކެ އަހަރެމެން އެންމެން ވެސް ވަރަށް ލޯބިވެއެވެ. އެހެންކަމުން ކުޑަކުއްޖަކަށް ދެރަގޮތެއް ވާމަންޒަރު ބަލަން އަހަރެމެން އެއްވެސް މީހަކަށް ފަސޭހައެއް ނޫނެވެ. މިހާރު މީސް މީޑިއާގައި ދަރުވަމުންދާ ވީޑިއޯއެއް ފެނިފައި އެންމެން ވެސް ނޭވާ ހިފަހައްޓާލަން ޖެހެނީ އެހެންވެގެންނެވެ.

ކަަޒަކިސްތާންގެ އުމުރުން 35 އަހަރުގެ ލަރީސާ އޮރިންބަރަސޯވާ ކުޑަ ކުއްޖަކު މަސާޖް ކުރަން ކަމަށް ބުނެ ހަދާލާ ގޮތުން ހީވަނީ ދެންދެންމެ އެކުއްޖާ އަސް ބޮޑު އަނިޔާއެއް ވެދާނެ ހެންނެވެ.

އަތާއި ފަޔާއި އަދި އެންމެ ފަހުން ކަރުވެސް "އަނބުރާލަނީ" އެއްވެސް ބިރެއް ނެތިއެވެ.

ލަރީސާ ބުނާ ގޮތުން އޭނާ އަކީ މަސާޖް ކުރުމުގެ ދާއިރާގައި 11 އަހަރު މަސައްކަތް ކޮށްފައިވާ ވަރަށް ބޮޑު ތަޖުރިބާކާރެކެވެ. މިގޮތައް މަސާޖް ކުރަނީ ކުޑަ ކުއްޖާ ނުކުޅެދުންތެރިކަމުން ސަލާމަތް ކުރަން ކަމަށް އޭނާ ބުނެއެވެ. ތުއްތު އިރު މިގޮތައް މަސާޖް ކުރުމުން ނުކުޅެދުންތެރިކަމުން ސަލާމަތް ވާނެ ކަމަށް އޭނާ ބުނެއެވެ.

https://www.youtube.com/watch?v=Wn7n2aAges8

މިފަދަ މަސާޖަކަށް ބެލެނިވެރިންގެ އަތުން ލަރީސާ 3000 ކަޒަކިސްތާން ޓެންކް ނަގައެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ ގާތްގަނޑަކަށް 140 ރުފިޔާ އެވެ. މިމަސާޖް 10 މިނެޓާއި 15 މިނެޓާއި ދެމެދުގެ ވަގުތަކަށް ކުރިއަށް ގެންދެއެވެ.

ވީޑިއޯ އާންމު ވުމާއި އެކު ލަރީސާ އާއި އޭނާ އާއި ހަވާލުކޮށްގެން ދަރިން މަސާޖް ކުރުވާ މައިންބަފައިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަހަ

    ވަަަަަަރަށް ފައްކާ މަސާޖެއްތީ.

  2. ނަމަނަމަ

    ބޮޑެތިއަންހެނުންގެ ވެސް ތިކަހަލަ މަސާޖު ކުރަން ފެނޭ!!

  3. ހަދީޖާ

    މަގޭ މަންމަވެސް ދަރިފުޅު މަސާޖުކުރަން ދަސްކޮށްދިން.. ތިކަހަލަ ސްޓެޕްތަކެއް ހަމަ.. އެކަމަކު ތަފާތަކީ ދަރިފުޅު އޮންނަނީ އުނގުގައާއި ފައިމަތީގަ ބާއްވާފަ.

  4. އަލީ

    ނަޝީދުއަށް ތިކަހަލަ މަސާޖެއް ދޭންވީ. އޭރުން އެސޮރުގެ އެހުންނަ މޮޔަކަން ކެނޑޭނީ.

  5. މީ

    ސުބުހާނަﷲ