ކޮވިޑް-19 އާ ގުޅިގެން އިނގިރޭސި ވިލާތުގައި ފުރަބަންދެއް އިއުލާން ކުރުމުގެ 12 މަސް ދުވަސް ކުރިން ވަރީގެ ނިސްބަތް 23 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ނޫހަކުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސި ވިލާތުގެ ޖަސްޓިސް މިނިސްޓްރީގެ ރިކޯޑުތައް ދައްކާ ގޮތުގައި އެ ގައުމާއި ވޭލްސްގެ ކޯޓުތަކުން 11،284 ކައިވެންޏެއް ރޫޅާލާފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ މާޗް މަހާ ހަމައަށް ކޯޓު މެދުވެރިކޮށް ވަރިކޮށްފައި ވަނީ 91،609 މައްސަލަ ކަމަށްވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި މި އަދަދުތައް ވަރަށް ބޮޑަށް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ނަމަވެސް މިހާ ގިނަ ބައެއްގެ ކައިވެނި ރޫޅެން ދިމާވާ މައިގަނޑު ސަބަބެއް މިކަން ދިރާސާ ކުރި އިނގިރޭސި ވިލާތުގެ ޑެއިލީ މެއިލް އިން ނުބުނެއެވެ.

ޖަސްޓިސް މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ 2019-2020 ވަނަ އަހަރު ކުރި ވަރީގެ އަދަދު ތިން އިންސައްތަ އިތުރުވެފައިވާ އިރު، މިއީ މިދިޔަ 10 އަހަރާ ބަލާ އިރު ވަރަށް ބޮޑު އިތުރުވުމެއް ކަމަށެވެ.